ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މުބާރާތުގެ ޗެމްޕިއަންކަން ލައިކަން ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވޮލީ ޓީމް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ.

Ad
rt

މުޅި މެޗުގައި ވެސް ލައިކަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް ލައިކަން ގެންގޮސްފައިވަނީ (25/21، 25/12، 25/23) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިކަންގެ ޖޯޒީ ނަމްބަރު 11 ފާތިމަތު ޖޫޒާންއެވެ.

ފައިނަލު މެޗު ނިމުމުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:

މަރިޔަމް އަޒީފާ – ނޮޅިވަރަންފަރު ލައިކަން

އައިޝަތު އިބާދާ – ކުމުންދޫ ސްޕޯޓްސް ކުލްބް

ފާތިމަތު ސަމާހް – ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ

އައިޝަތު އަރީކާ – ޓީމް ނައިވާދޫ

ފާތިމަތު ޖޫޒާން – ނޮޅިވަރަންފަރު ލައިކަން

އައިމިނަތު ރާޝިދާ – ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކުމުންދޫ ސްޕޯޓްސް ކުލަބު ހޮވިފައިވާއިރު މުބާރާތު ގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ.