ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ޚިދުމަތް ހޯދާ މީހުންނަށް، އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.
މި ޚިދުމަތާއެކު އެ ހޮސްޕިޓަލްއިން ޚިދުމަތް ހޯދާ މީހުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެއެެވެ.
ކޭއާރުއެޗްއިން ވިދާޅުވީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ފަސޭހައަށްޓަކައި އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް އެ ހޮސްޕިޓަލްގެ ޚިދުމަތްތައް މިއަދު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މި މޯބައިލް ކިއު ސިސްޓަމްއާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެދުވެރިކޮށް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރުތައް ބަލާލުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.
''މިއީ އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް މިހާ ބޮޑު ހޮސްޕިޓަލެއްގައި ހިދުމަތް ދޭން ފެށުނު ފުރަތަމަ ފަހަރު. އަދި އަޅުގަނޑުމެންގެ ހޮސްޕިޓަލުގެ ފަރާތުން ފޯރުކޮށްދީފައިވާ ހިޔާލުގެ މައްޗަށް ބިނާކޮށް އިތުރު ފީޗާތައް މިހާރު މި ސިސްޓަމްއަށް ވަނީ އިތުރު ކުރެވިފައި.'' ކޭއާރުއެޗްއިން ވިދާޅުވިއެވެ.
މި ކިއު ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އަދި އިތުރު ފީޗާތައް އިތުރު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން އެއްވެސް ހިޔާލެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ކޭއާރްއެޗްގެ ފޭސްބުކް ޕޭޖަށް ނުވަތަ އެ ހޮސްޕިޓަލްގެ މޯބައިލް ނަންބަރު 7887799އަށް އެ މެސެޖަކުން އެ ހިޔާލެއް ހިއްސާ ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް ހިދުމަތް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރު ބަލާލުމުގެ ފަސޭހަ ހަމަޖެއްސުން
އިތުރު ފީޗާތައް ހިމެނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ހިޔާލު އިންބޮކްސް ކުރައްވާ ނުވަތަ 7887799 އަށް މެސެޖް ކުރައްވާ
ޑައުންލޯޑް ކުރެއްވުމަށް:https://t.co/BoQvmSCFjJ pic.twitter.com/OfM4lKOjEo— Kulhudhuffushi Regional Hospital (@KRHmv) March 28, 2021
ކޭއާރުއެޗްއަކީ ފަހުގެ ތާރީޚެއްގައި އަތޮޅުތަކުން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަކީ އުތުރުގެ މައި ހޮސްޕިޓަލް ކަމަށްވެފައި، އެ ހޮސްޕިޓަލުން ވަނީ ގިނަ އާ ޚިދުމަތްތަކެއް ތަޢާރުފްކޮށް، ޚިދުމަތް ހޯދާ މީހުންނަށް ގިނަ ފަސޭހަ ތަކެއް ހޯދައީ، ހިދުމަތް ހޯދާ މީހުންގެ އިތުބާރު ބޮޑު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!