ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ މަގުތަކުއި ތާރުއެޅުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، އޭބީސީ ފަށަލަ އެޅުމާއި، ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އެ ރަށުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތ...
އަޙްމަދު ވަހީދު
ރިސޯޓް ހަދަން ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 2013 ވަނަ އަހަރު ސަރުކާރުން ދޫކުރި ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ އެތަން އަތުލީ […]
އަލީ އާދިލް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވައިލީ، އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިން ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމ...
ޝިއުނާ އާދަމް
އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީއިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީއާއެކު ޕާޓްނަޝިޕެއްގާއިމުކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފިއެވެ. ވީއާރް ކެފޭގައި މިއަދު ބޭއްވި އެ އިވެންޓުގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީއެއާފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓްވުމުގެ ތަޖުރިބާކޮށްފައެވެ. އަދި އެ އިވެންޓްގައި އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ދަރިވަރ...
އަޙްމަދު ވަހީދު
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމީ ކެމްޕޭން ”ކޯވިޑް-19 ދިފާޢު” ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 56 […]
ޔުމްނާ ޢަލީ
ހާލުގައި ޖެހުނު ޔޮޓެއް ސަލާމަތްކުރުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުނު މި ޔޮޓަކީ ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓް “ލަގާން” ކަމަށެވެ. މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މައލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު ކަމަށް […]
ޝިއުނާ އާދަމް
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. މިއަދު ކުރިއަށްދާ މަޖިލިސްގެ ޖަލްސާގައި އެ ނަންތައް ވަނީ، ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް އޮފީހުން، ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ފުރުޞަތު ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު...
ޔުމްނާ ޢަލީ
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […]
ޖަލްވާން ޖާދުﷲ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފިއެވެ. ކުމުންދޫ ކައުންސިލުގެ ދުރުރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފައިވަނީ 30 މާޗް 2021 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަހައްދުގެ، އެ ކައުންސިލުން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުމުންދޫއަށާއި އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ސައީދު އަހުމަދެވެ....
އިބްރާހިމް ޚަލީލް
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މި މަޝްރޫއު ފެށުމަށްސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއު ދަށުން، 24،335 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައިބޭރުތޮށި ލުމުގެ އިތުރުން، 56 މީޓަރުގައި ގްރޮއިންސް...
އަޙްމަދު ވަހީދު
”އޮފް ޑިއުޓީގައި” މޫދަށް މަސްހިފަން ގޮސް އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާ ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ލާންސް ކޯޕްރަލް ހުސައިން ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑްގެ ޑައިވަރުންނަށް ކަނޑުއަޑިން ފެނިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުގެ 12 މީޓަރު އަޑިންނެވެ. ފާރިޝްގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދޫ އަށް ދަތުރު ކުރަމުންދާ ކަމަށް އެ […]
ޖަލްވާން ޖާދުﷲ
”އޮފް ޑިއުޓީގައި” މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސައިން ފާރިޝް ގެއްލިފައިވާ ކަމަށެވެ. އެ ހަތަރު ސިފައިން ވެސް މޫދަށް ގޮސްފައި ވަނީ ”އޮފް ޑިއުޓީ”ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ގެއްލުނު ލާސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސްފިއެވެ. މި ސްޓޮކާއެކު މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް 9.50ރ. އަށް އަދި އަލުވި ކިލޯއެއް 9ރ. އަށް ލިބޭނެއެވެ. އަދި އެ ކުންފުނިން ބިހުގެ އަގު އުޅެނީ 1.40ރ. އަށެވެ. އެސްޓީއޯއިން މިތަކެތި ވަކިން ވިއްކުމުގެ އިތުރުން ހޯލްސޭލްވެސް ކުރާނެއެވެ. އެގޮތުން ހޯލްސޭލްކޮށް ފިޔާ ބަސްތާއެއް 200ރ. އަށް ލިބޭއިރު އަލުވި ބަސްތާއެއް185ރ. އަށް އަދި ބިސް ކޭހެއް 265އަށް […]
އަޙްމަދު ވަހީދު
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ހިލޭ ކިޔަވައިދޭ ކޯހެކެވެ. މި ކޯހުގެ ޖާގައިގެ ޢަދަދަކީ 60 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ. މި ކޯހުގައި ދެވޭ 60 ޖާގައަކީ، އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ އަދި އޮންލައިންކޮށް ކިޔެވުމަށް 30 […]
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ “ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިގޮތަށް މިފަދަ ބަދަލެއް ގެނެވިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ...
ޔުމްނާ ޢަލީ
ތިލަދުންމަތި ތަކަންދޫއާއި ވަށަފަރުގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމާއި ޕަމްޕިންގ މެއިން ނެޓްވޯކް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ މި ދެ ޕްރޮޖްކްޓުގެ މަސައްކަތް މިހާރު ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. އެމްޑަބްލިއުއެސްސީން ބީލަން ފޮތެއް ލިބޭނީ 500ރ. އަށެވެ. އެ ކުންފުނިން ބީލަން ފޮތަށް ފައިސާ...
އަޙްމަދު ވަހީދު
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން އީސީއިން ވަނީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކެންޑިޑޭޓުން ނުވަތަ ކެންޑިދ...
ޝިއުނާ އާދަމް
ދިވެހި މަސްވެރިކަން މާކެޓް ނުކުރުމަކީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި، ޗޮކްލެޓްގެ އިންޑަސްޓްރީގައި ފެރާރޯ ޗޮކްލެޓްއަށް އެ ދަރަޖަ ލިބުނީ މާކެޓް ކުރެވުމުން ކަމަށާއި، އެ ބީދައިން ދިވެހި މަސްވެރިކަމުން ބާނާ މަސް ވެސް މާކެޓްކޮށް ފެރާރޯ ޗޮކްލެޓްފަދަ މަގުބޫލު އެއްޗަކަށް ދިވެހިން ބާނާ މަސްވެސް ހަދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު […]
އަލީ އާދިލް