މިހާރު ގެންގުޅޭ މާސްކުތަކަށްވުރެ ފަސެހަ އާ މާސްކުތަކެއް ހެދުމަށް އެމެރިކާގެ ސަރުކާރުން މުބާރާތެއް ފަށައިފިއެވެ. “މާސްކް އިނޮވޭޝަން ޗެލެންޖު”ގެ ނަމުގައި ފެށި މި މުބާރާތުގައި 500،000 ޑޮލަރުގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފައެވެ. މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި މަހުގެ 21ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެމެރިކާއިން ބުނާގޮތުގައި އާ މާސްކު ޑިޒައިންތަކާއެކު ގިނަ ބައެއްގެ ޝަކުވާތަކަށް ހައްލު ލިބޭނެއެވެ. މިހާރު ބޭނުން ކުރާ މާސްކު ތަކުގެ ސަބަބުން ކަންފަތުގައި ރިއ...
އަޙްމަދު ވަހީދު
އިންޑޮނޭޝިއާއަށް ކުރާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މި ކާރިސާގައި ގިނަ އަދަދެއްގެ މީހުން މިހާރުވެސް ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ. އެ ގައުމުގެ ރެސްކިއު ސާވިސްތަކުން ދަނީ މި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މަރުވި މީޙުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް 2000އެއްހާ މީހުން ވަނީ އިންޑޮނޭޝިއާގެ އިރުމަތީ ޓިމޯރ ރަށްތަކަކުން […]
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ “ކޮވިޝީލްޑް” ވެކްސިންގެ ދެ ވަނަ ޑޯޒް ޖައްސަވާފައި ވަނީ މިއަދު އެވެ. ރައީސް ވެކްސިން ޖެއްސެވީ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ކުރިޔަށްދާ ވެކްސިން ސެންޓަރަށް ވަޑައިގެންނެވެ. ވެެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ފުރަތަމަ ވެކްސިން ޖެހިތާ 8 ހަފްތާވެފައިވާ ފަރާތްތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ކޮވިޑްގެ ބަލިމަޑުކަމުން ސަލާމ...
އަލީ އާދިލް
ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތު ފަންޑަށް ދިއްދޫގެ ދެ މުއައްސަސާއަކުން އެހީތެރިވެއްޖެ އެވެ. މިގޮތުން ފެނަކަ ދިއްދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރައަށްވާ 6315 ރުފިޔާއެ ފަންޑަށް ހަދިޔާ ކޮށްފައެވެ. އެ ފައިސާ ފެނަކަ ދިއްދޫ ބުރާންޗުގެ ފަރާތުން ހަވާލުކޮށްދެއްވީ […]
ޙުސައިން ޝަހުދީ
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މިއަދު މާޅޮހުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެއިސްވެރިންނާއި،މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، މާޅޮސް ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 335,24 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަ...
އަޙްމަދު ވަހީދު
މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ”ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު”ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ސަފާ ޝަރީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓްގައި ސަފާ ޕޮލިސް ބޯޑަށް އައްޔަނުކުރަން ފެންނަކަމަށް 34 މެމްބަރަކު ވޯޓު ދެއްވި އެވެ. ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް ކުރިމަތިލާން ދެވަނަ ފުރުސަތެއް ހުޅުވާލުމުން ސަފާގެ އިތުރުން އަހްމަދު އުސައިދު ހަސަނާއި، ހައްވާ ރީނާ ހަސަނާއި،...
އަލީ އާދިލް
ވ. ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލއިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގައެވެ. މި މަޝްރޫއުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 11306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 198 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ރޭޑިއޮލޮޖީގެ ޑިޕްލޮމާ ކޯހެއް ތައާރަފު ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މެއި މަހުގައި ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ފުރަތަމަ ބެޗުގައި 20 މީހުންނަށްފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ކޯސް ފެށުމަށް ބޭނުންވާ ލެބޯޓްރީ އާއި ޓްރެއިނިން ސެންޓަރު ވެސް މިހާރި ވަނީ ގާއިމް ކޮށްފައެވެ. މި ސެންޓަރު ހަދާފައިވަނީ […]
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކައިރީ ބެލެނިވެރިންނާއި، ދަރިވަރުން މަޑުކޮށްލާއިރު ހިޔާ ލިބޭފަދަ 3 ތަނެއް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހަަދައިދީފިއެވެ. މިގޮތުން އެ ކްލަބްގެ މެންބަރުން ހިލޭ ސާބަހަށް ކޮށްފައިވާ އެ މަސައްކަތުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުން ސްކޫލްކައިރިން ތިން ތަނެއް ވަނީ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި މުދައްރިސުންނަށް ވެސް ހިޔާލިބޭނޭހެން ހިޔާކޮށްދީފައެވެ. މި ތިން ތަންވެސް ހިޔާކޮށްފައި ވަނީ ދަގަނޑު ހޮޅިން އޮނިގަނޑުހަދައި، ޓިނުން ހިޔާ...
ޙުސައިން ޝަހުދީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެ ނަމުގައި އެ އާއިލާއިން ނޮޅިވަރަމްގެ ދެ މުއައްސަސާއަކަށް އެހީތެރިވެއްޖެއެވެ. މިގޮތުން އިމްރާންގެ ޢާއިލާއިން، އެ މަރްޙޫމްގެ ނަމުގައި 55 އިންޗީގެ 6 ޓީވީ ނޮޅިވަރަން ސްކޫލަށް ވަނީ ހަދިޔާ ކޮށްފައެވެ. ސްކޫލްގެ ފަރާތުން މި ޓީވީތަކާއި [...
އިބްރާހިމް ޚަލީލް
އަވަށްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ތަޢާރަފްކުރެވި, މުޅި ކޮމިއުނިޓީއާއެކުގައި ޚިދުމަތް ދެވެން ފެށުމުން އެއީ މިހުރިހާ މައްސަލަތަކަށް ބޮޑު ފަރުވާއެއް ގެނެސްދޭނެ އުޖާލާ އަލިކަމަކަށް މަގުދައްކައިދޭނެ ގޮތެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މަތިވެރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާ...
އިބްރާހިމް އަސްވާޤް
ހއ. މޮޅަދޫއަށް ލައްވެފައިވާ މަސްބޯޓެއް ނީލަން ކިޔަން މޮޅަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 22 ފެބުރުވަރީ 2020 ވަނަ ދުވަހު އެރަށު އިރު އުތުރު ފަޅުތެރެއަށް ލައްވެފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާކަމަށެވެ. މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ. އެކައުންސިލް ގެ އިޢުލާނުގައި ބުނެފައިވަނީ، ނީލަންފެށޭ އަގަކީ...
އިބްރާހިމް އަސްވާޤް
ހއ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމުން އެ ޢިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެލާ ރަށު ކައުންސިލުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައި ވެއެވެ. އެމަރުކަޒުން މި މަސައްކަތް ކުރިއަށް ދާގޮތް ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ މިތަން […]
އާއިޝަތު ރަފާހް ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ބްރައިޓަންއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައި އެ ޓީމަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުނައިޓްޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑުން 58 އިންސައްތަ ބޯލްޕޮޒިޝަން ހިފަހައްޓާފައިވާއިރު އެ ޓީމުން ވަނީ […]
އިބްރާހިމް ޚަލީލް
ޕާޓީ ފިކުރުގައި ހައްދުފަހަނަ އެޅުމަކީ މި ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ދިވެހިންގެ ދީނީ ފިކުރާއި، ޤައުމީ ފިކުރަށްވުރެ ވެސް މިހާރު ޕާޓީގެ ފިކުރު ބޮޑެވެ. ފެންނަމުން އަންނަނީ ބޮޑުވަމުން އަންނަ މަންޒަރެވެ. މި ވާހަކަ އަނެއްކާ ވެސް މި ދައްކަން ޖެހެނީ އިންތިހާބެއް ބޯމަތިވެގެން އަންނަ ވަގުތަކަށް ވާތީއެވެ. އަތޮޅާއި ރަށް 5 އަހަރުގެ މުއްދަތަށް އަނެއްކާ ވެސް ހިންގާނެ ބަޔަކު އިސްކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާ ވަގުތަކަށް […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ އޭބީސީ ފަށަލަ އެޅުމުގެމަސައްކަތް ފަށައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ. މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް ބާއްވާ، “ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު” ގެ ނަމުގައި ވެބިނަރ އެއް ފަށައިފި އެވެ ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާއި ބެހޭގޮތުން ހިންގާ ވެބިނަރ ފަށާފައިވަނީ މިއަދު އެވެ. މި ވެބިނަރގެ މަޤްޞަދަކީ ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކޮށް، ހަރުކަށިފިކުރުގެ ނުރައްކަ...
އަލީ އާދިލް
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގައި ވިދާޅުވީ، އަދިވެސް ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ކަމަށާއި، އަދި އެންމެ ފުރަތަމަ އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ. އަދި އެ ނުރައްކާ ކުޑަކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް […]
ޖަލްވާން ޖާދުﷲ