ހއ. މޮޅަދޫއަށް ލައްވެފައިވާ މަސްބޯޓެއް ނީލަން ކިޔަން މޮޅަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 22 ފެބުރުވަރީ 2020 ވަނަ ދުވަހު އެރަށު އިރު އުތުރު ފަޅުތެރެއަށް ލައްވެފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާކަމަށެވެ.

Ad
rt

މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

އެކައުންސިލް ގެ އިޢުލާނުގައި ބުނެފައިވަނީ، ނީލަންފެށޭ އަގަކީ 2000.00ރ (ދެހާސް ރުފިޔާ) ކަމަށެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 500.00 ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ބޯޓު ގަތުމަށް، ހުށަހަޅުއްވާ ސިޓީގައި އިޢުލާނު ނަންބަރާއި، ހުށަހަޅާފަރާތުގެ ފުރިހަމަނަން އައިޑީކާޑު ނަންބަރު މޯބައިލް ފޯނު ނަންބަރު އަދި ބޯޓު ގަތުމަށް ހުށަހަޅާ އަގު ދިވެހި ރުފިޔާއިން ބަޔާންކުރަންވާނެ ކަމަށް އެކައުންސިލް އިން ބުނެފައި ވެއެވެ. އަދި ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ސިޓީއާއެކު ހުށަހަޅުއްވުމަށް އެދެއެވެ.

މަސްބޯޓު ލައްވެފައިވާ ސަރަހައްދުން ނަގާފައިވާ ބޯޓުގެ ފޮޓޯއެއް އިޢުލާނާއި އެކު އެކައުންސިލުން ވަނީ އާންމުކޮށްފަ އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި އެ އިދާރާގެ ނަންބަރު: 6500031 ފޯނަށް ގުޅުއްވުން އެދެ އެވެ.