“އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު” އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ބަހުސް ފަށައިފި އެވެ. ދައުލަތުގެ ލިޔެކިއުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގައެވެ. ޤާނޫނު ނަންބަރު 4/70ޖ. “އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެ...
އަލީ އާދިލް
ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތު ފަންޑަށް ލިބުނު ފައިސާ ފަޞީލްގެ ޢާއިލާއާއި ހަވާލުކޮށްފިއެވެ. މިގޮތުން މިޑްލް ސްޕޯޓްސް ކުލަބުން ވަނީ ފަޞީލްގެ ޢާއިލާއަށް 96،526.75 އަދި 81 ޔޫއެސް ޑޮލަރު ހަވާލުކޮށްފަ އެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ފަޞީލްގެ ޢާއިލާއަށް މި ފައިސާ […]
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއަދު ވަޑައިގަތީ 22 މެމްބަރަކު ކަމަށާއި ސަލާމް ގައި 22 މެންބަރުން ތިއްބެވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ދެ މެމްބަރުން ތިއްބެވި އިރު ކަރަންޓީނުގައި 3 މެމްބަރަކު ތިއްބެވި ކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގެންވީ އެ މެމްބަރުންގ...
އަލީ އާދިލް
މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް 55 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މި ކުރެހުމަކީ ޕިކާސޯގެ ޒުވާން އިރުގެ ލޯބިވެރިޔާ، މެރީ ޓެރެސާ ހާއްސަކޮށްގެން ކުރެހި ކުރެހުމެކެވެ. މި ކުރެހުމުގައި ފެންނަނީ އޭނާގެ ލޯބިވެރިޔާ ކުޑަދޮރެއްގެ ކައިރީގައި އިށީންދެލައިގެން އިންނަ މަންޒަރެވެ. ޕިކާސޯ މި ކުރެހުން ތައްޔާރުކޮށްފައިވަނީ 1932 ވަނަ އަހަރުގައެވެ. އެއީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭރު އޭނާއަށް 50 އަހަރެވެ. މި ކުރެހުން ވިއްކާލަން ބާއްވާ ނީލަން […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ގެއްލުންދީފައިވާކަމަށް ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ. ހއ. ޙޯރަފުށީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓްސަލް ދަނޑުގެ ޓާފް ހަލާކޮށްލާ ގެއްލުން ދީފައިވާކަމަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. “ހޯރަފުށި ފުޓްސަލް ދަނޑުގެ ޓާފް ހަލާކު ކޮށްލުމަކީ ޒުވާނުންނަށް ދިން ބޮޑު ގެއްލުމެއް، އެކަހަލަ ވިޔާނުދާ ކަންކަމުން ދުރުވުމަށް އިލްތިމާސްކު...
އަލީ އާދިލް
ބްރަޒިލުން ކޯވިޑް-19 ފެނުނު ފަހުން ފުރަތަމަ ފަހަރަށް އެ ބަލި ޖެހިގެން އެއް ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެ ގައުމުން ކޯވިޑް ޖެހިގެން 4،195 މީހުން މަރުވިއެވެ. މިއާއެކު އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 366،000 އަށް އަރައިފައެވެ. ބްރަޒިލްގައި ކޯވިޑް މަރުތައް ގިނަވިނަމަވެސް އެ ގައުމުގެ ސަރުކާރުން ވައިރަސް […]
އަޙްމަދު ވަހީދު
ވޯޓްލާން މަރުކަޒަށް ދަނީީ “ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ” ނުބަލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ. ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށެވެ. ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ […]
އަލީ އާދިލް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސީއެސްއާރުގެ ދަށުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން މިމަސައްކަތް ފަށާފައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިއްޔެގަ އެވެ. މިމަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަންނާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އާއި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވަނީ ވައިވެރިވެލައްވާފަ އެވެ. ޔުމް...
އިބްރާހިމް އަސްވާޤް
1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު (12،500 ޕަކެޓް) ކަދުރު ހަދިޔާ ކޮށްފައިވާއިރު، މި އަހަރު މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި 1441 ވަނަ އަހަރު ރާއްޖޭގައި އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) މީހުންނަށް، ކޮންމެ މީހަކަށް […]
އިބްރާހިމް ޚަލީލް
ނ އަތޮޅުގެ ދެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މިއަދު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތާއި އެ އަތޮޅުގެ މަނަދޫ ބަނދަރުގެ މަސައްކަތެވެ. މި ދެ މަޝްރޫއު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާާސްޓްރަކްޗަރގ...
އަޙްމަދު ވަހީދު
ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ. ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ގުޅިގެން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ “ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް” ގެ ނަމުގައި ލޯންޗް ކުރެވޭ މި ޕްރޮޖެކްޓް އިފްތިތާޙް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބ...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުންއެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްއެވެ. އަދި ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން...
އަޙްމަދު ވަހީދު
އެންމެ އިސްކަމެއް ދޭނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ ރޭގައި އެރަށުގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ އިންތިހާބު ވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުން ކަމަށެވެ. އަޅުގަނޑުމެންގެ ކައުންސިލެއްގެ...
އާއިޝަތު ރަފާހް ޢަލީ
ތިލަދުންމަތި ބާރަށު ނެރު ފުން ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިންއޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. ޑިޒައިން އެން...
އަޙްމަދު ވަހީދު
މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ތަރައްގީކުރާ މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މުލަކުގަައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ފައްޓާވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މުލަކުގެ ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. މުލަށް...
އަޙްމަދު ވަހީދު
މ. މުލީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ އަމަލީ މަސައްކަތް (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ. މީމު އެއާޕޯޓުގެ ނަމުން ނަން ދީފައިވާ މި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ 28 ގައެވެ. މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ފެށުމަށް މުލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ދިއްގަރު ދާއިރާގެމެމްބަރު އިކްރާމް […...
އަޙްމަދު ވަހީދު
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ފަހު ވަގުތު ޑެމްބެލޭ ކާމިޔާބުކުރި ލަނޑުން ބާސާ މޮޅުވެއްޖެއެވެ. ބާސެލޯނާގެ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތު ލިބި ބޭކާރުވެފައެވެ. މިގޮތުން ވަޔަޑޮލިޑްގެ ކެނަން ކޮޑްރޯ ބޮލުން ފޮނުވާލި ހަމަލާ ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، […]
އިބްރާހިމް ޚަލީލް
އިންތިހާބެއް އައިސް ބޯމަތިވީއެވެ. އެއް ޖަގަހާގައި ޖަހާ ލަވައަށް ވުރެ އަނެއް ޖަގަހާގައި ޖަހާލަވައިގެ އަޑު ބާރެވެ. ތަފާތު މީހުންގެ ޕޯސްޓަރުތަކުން ފާރުތަށް ފުރެނީއެވެ. އެކިއެކި ކުލަކުލައިގެ ދިދަފަތިތަކުން މަގުތަށް ހިޔާވަނީއެވެ. ތަފާތު ވަޢުދުތަކުގެ އަޑުތައް ވެސް ހަމަ އެހާމެ ގަދައެވެ. މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ދުވަހަށް ވީއިރު، މިއީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އެންމެ ފޯރީގައި ކެމްޕެއިން ކުރައްވަމުން އަންނަ ދުވަސ...
އިބްރާހިމް ޚަލީލް