މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1700 ވަނަ ޞަފްޙާ

ފުލުހުންނަށް ދަރުސްއެއް ކުރިއަށް ގެންގޮސްފި

ފުލުހުންނަށް ދަރުސްއެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސްއެއް ބާއްވައިފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ދަރުސް އަކީ ”އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން” މި ނަމުގައި ކުރިއަށް ގެންދިޔަ ދަރުސް އެކެވެ. މިދަރުސް ދެއްވީ އައްޝެއިޚް އިލްޔާސް ޖަމާލްއާއި، އައްޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ދަރުސްގައި މައުލޫމާތު...

އިބްރާހިމް އަސްވާޤް
ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ހޯރަފުށީގެ މަގު ހެދުމުގެ  މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މުސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. މި މަޝްރޫއު އެމްޓީސީސީއާ ހ...

އަޙްމަދު ވަހީދު
ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މި މަމަޝްރޫއަށް 41.36 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ. ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކެނދިކުޅުދޫ ދާއިރާގެމެމްބަރު އަހުމަދު އީސާ އާއި އެ ރަށުގެ ކައުންސިލް ރައީސް އާދަމް ސަމީރެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލި...

އަޙްމަދު ވަހީދު
މާލޭ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް މުޢިއްޒުގެ "ގާޑަން ޕްލާޒާ" މަޝްރޫޢު!

މާލޭ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް މުޢިއްޒުގެ "ގާޑަން ޕްލާޒާ" މަޝްރޫޢު!

މާލޭ ސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން “ގާޑަން ޕްލާޒާ” ނަމުގައި ހިންގުމަށް ހުށަހެޅުމަށް ނިންމަވާފައިވާ މަޝްރޫޢުގެ ޚުލާސާ މައުލޫމާތު ހާމަކުރަށްވައިފިއެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު، މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެއްޖެ ނަމަ، މާލޭ ސިޓީގެ ރައްޔ...

އަލީ އާދިލް
ޑި ބްރޭނާ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ޑި ބްރޭނާ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑި ބްރޭނާ އެ ޓީމާއިއެކު ހަދާފައުވާ އެއްބަސްވުން އައުކޮށްފިއެވެ. 2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފްސްބާގްއިން ސިޓީއަށް ބަދަލުވެ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާގެ ކުރިން ސިޓީއާއިއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ނަމަވެސް ޑި ބްރޭނާ މިވަނީ އިތުރު ދެ އަހަރު ސިޓީގައި މަޑުކުރަން ނިންމައި އައު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ވުމާއިއެކު ޑި […]

އިބްރާހިމް ޚަލީލް
ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް

ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފިއެވެ. އެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ސައިޓް މޮބިލައިޒްކުރުމުގެ ގޮތުން ހާއްސަރަސްމިއްޔާތެއް ދިއްދޫގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދ...

އަޙްމަދު ވަހީދު
ހިޔާ ފްލެޓްތައް ހޮވުމަށް ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް

ހިޔާ ފްލެޓްތައް ހޮވުމަށް ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ މެދުގައި ފްލެޓްތައް ހޮވުމަށް ކުރިއަށްގެންދާ ގުރުއަތުލުމުގެ މަސައްކަތް ފަށައިފި އެވެ. އެންމެ ފުރަތަމަ ފަންގިފިލައިން ފެށިގެން ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މިއަދު ގުރުއަތުލަނީ އެޗް10ގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ ފްލެޓްތަކެވެ. ގުރުއަތު ނަގާނީ އެ ކެޓަގަރީން ފްލެޓު ލިބުނުކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކު...

އާއިޝަތު ރަފާހް ޢަލީ
ޕޮއިންޓް ތާވަލުގެ އެއްވަނާގައި އިންޓައަށް އެގާރަ ޕޮއިންޓްގެ ލީޑެއް

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އިންޓައަށް އެގާރަ ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ސީރިއާ އޭގައި އިންޓަ މިލާނާއި ސަސޫލޯ ބައްދަލުކުރި މެޗު، އިންޓައިން ކާމިޔާބު ކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އިންޓަ މިލާނުން ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ވަނީ މޮޅުވެފައެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު މި މޮޅާއިއެކު ލީގު ހޯދުމުގައި އެ ޓީމަށް ވަނީ ބޮޑު އިތުބާރެއް ލިބިގެން ގޮސްފައެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ […]

އިބްރާހިމް ޚަލީލް
ބޯހިޔާވަހިކަމުގެ އައު މަޝްރޫޢު: ފޯމާއި މާކްސް ދޭނެ އުސޫލު އާންމުކޮށް، ކުރިމަތިލުމަށް ހުޅުވާލުން އަންނަ މަހު

ބޯހިޔާވަހިކަމުގެ އައު މަޝްރޫޢު: ފޯމާއި މާކްސް ދޭނެ އުސޫލު އާންމުކޮށް، ކުރިމަތިލުމަށް ހުޅުވާލުން އަންނަ މަހު

ސަރުކާރުން މާލޭގެ ރައްވެހިންނަށް އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތަކަށް ކުރިތަމަތިލުމުގެ ފުރުޞަތު އަންނަ މަހުތެރޭ ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ. އެމިނިސްޓްރީއިން އިއްޔެކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަލަށް ހުޅުވާލާ މި ފުރުޞަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާއާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު އެ އިޢުލާނާއެކު ހި...

އަލީ އާދިލް
ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި

ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މ...

އަޙްމަދު ވަހީދު
ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި

ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި

ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން އަތުލައިގެންފައިވާ ބަނގުރާ ފުޅިތައް ފުލުހުން ނައްތާލައިފިއެވެ. ހަނިމާދޫ އެއާރޕޯޓަށް ފުރަން އަންނަ ފަތުރުވެރިންގެ އަތުން އަތުލައިގަނެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ފުޅިތައް ނައްތާލާފައި ވަނީ މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގަ އެވެ. ފުލުހުން މިއަދު ހަނިމާދޫ ޕޮލިސްޓޭޝަންގެ ގޯތިތެރޭގައި 294 ފުޅި ބަނގުރާ ނައްތާލާފައިވާއިރު، މި ތަކެތި ނައްތާލުން އެ ސްޓޭޝަނުން ކުރިއަށް ގެންގޮސްފައ...

އިބްރާހިމް ޚަލީލް
ކިޔެވެނި ޕޯޓަލްގެ ކުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔެވެނި ޕޯޓަލްގެ ކުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު މައުލޫމާތާއި ހުނަރު ދަސްކޮށްދިނުގެ ގޮތުން އާންމުނަނަށް އޮންލައިންކޮށް ލޯކަލް ކައުންސިލް އޮތޯރިޓީން (އެލްޖީއޭ) އިން ކުރު ކޯސްތަކެއް ހުޅުވާލާފިއެވެ. އެލްޖީއޭއިން ބުނީ މި ކޯސްތަކުގައި ބައިވެރިވެވޭނީ ކިޔެވި ޕޯޓަލް www.kiyeveni.mv ގައި ރެޖިސްޓްރީވުމަށްފަހުގައި ކަމަށެވެ. މި ޕޯޓަލުގެ މައިގަނޑު އެއް މަގުސަދަކ...

ޔުމްނާ ޢަލީ
އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އޭޖެންޓުން ހޯދަނީ

އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އޭޖެންޓުން ހޯދަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އެކުންފުނިން އިއުލާނު ކޮށްފި އެވެ. އެސް.ޓީ.އޯ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އ...

އިބްރާހިމް އަސްވާޤް
ޗައިނާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައި

ޗައިނާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އޮފީހުގައ ިމިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސްއާއި، ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގ...

ޔުމްނާ ޢަލީ
މާލެ ބަނގުރަލުގެ ހާއްޔަކަށް: އިއްޔެ އެކަނިވެސް 17 ފުޅި ފުލުހުން އަތުލައިގަން

މާލެ ބަނގުރަލުގެ ހާއްޔަކަށް: އިއްޔެ އެކަނިވެސް 17 ފުޅި ފުލުހުން އަތުލައިގަން

ބަނގުރަލުގެ ހާއްޔަކަށް ވެފައިވާ ގުރޭޓަރ މާލެެއިން އިއްޔެ އެކަނިވެސް 17 ބަނގުރާ ފުޅި އަތުލައިގަނެފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕ...

ތިލަދުން
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދުއީސާ ބައިވެރިވެވަޑައިގެންނެވިއެވެ. ސަތޭކަ ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު އެންމެ ހާއްސަކަމެއް ލިބޭ އެއް ދާއިރާއަކީ ކުޅުދުއްފުށީ ސިޓީ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށް ޖެހިފައިމިވަނީ އެސިޓީގެ ފުރަތަމަ މޭޔަރު ހޮވާށެވެ. އެބޮޑު ޒިންމާއަށް ކުޅުދުއްފުށީ ސިޓީ ތައްޔާރުވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް 6 ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެއެެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ...

ތިލަދުން
މަސްތުވާތަކެއްޗާއިއެކު ޅޮހިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ޅޮހިން މީހަކު ހައްޔަރުކޮށްފި

ނ. ޅޮހީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު އެރަށުން މީހަކު ހައްޔަކޮށްފި އެވެ. ފުލުހުންބުނީ އެއީ، ނ. އަތޮޅު މަނަދޫން ޅޮއްސަށް މަސްތުވާތަކެތި ގެންދާ ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން މަނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ޅޮހީ ބަނދަރުމަތިން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅެއް...

އަލީ އާދިލް