އިންޑިއާގެ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) ސްކޮޕަލިޝަޕަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އައިސީސީއާރުގެ ފަރާތުން ދެއްވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް އެފަރާތުން އަންގާފައިވާ ކަމަށެވެ. އައިސީސީއާރުން ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ސްކީމެއްގެ ދަށުންނެނެވެ. އެއީ އެއިޑް ޓު މޯލްޑިވްސް ސްކީމްގެ ދަށުން 20 ފުރުސަތާއި،...
އަލީ އާދިލް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕްރިންޓެންޑެންޓް މަގާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހަކު އައްޔަންކޮށްފިއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ. މީގެތެރެއިން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ކުރިން ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 25 [...
ޖަލްވާން ޖާދުﷲ
މިދުވަސްވަރު ގިނައިން ދެކެވޭނީ އަޅުކަމުގެ ވާހަކައެވެ. އޭގައި މުހިންމު ސަބަބެއްވެސް ވެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އަޅުކަމުގެ ބަހާރު މޫސުމެކެވެ. ރަމަޟާން މަހެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާކަށް މާގިނަ ދުވަސްތަކެއް ނެތެވެ. މި ރަމަޟާން މަހުގައި ސިއްޙަތު ރަނގަޅު، ހެޔޮ ޙާލުގައިވާ ފަރާތްތަކޭ އެއްގޮތަށް ބަލި މީހުންނާއި ބަލިކަށި މީހުންވެސް އަޅުކަން ކުރެވެން އޮތް ގޮތަކަށް އަޅުކަން ކުރަން ބޭނުންވާނެއެވެ. އެގޮތުން ނަމާދަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. މިލިޔުމުގައި އަޅުގަނޑުމ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނިތައް އުފައްދައި ވިޔަފާރި ކުރުމުގެ ހުއްދަ ދީ ގަވާއިދު އާއްމުކޮށްފި އެވެ. އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރި ގަވާއިދުގައި ބުނެފައިވާގޮތުގައި ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލަށް އަމިއްލައަށް ނުވަތަ ބަޔަކާ ގުޅިގެން ކުންފުނި އުފެއްދުމުގެ ހުއްދަ ލިބޭނެއެވެ. މިގޮތަށް ކުންފުނި އުފައްދަން އެދެވޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެން ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އާއްމު ފަރުދުންނާއެކ...
އަޙްމަދު ވަހީދު
މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީސީއީއޯ ރުގިއްޔާ މުހައްމަދު އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމްއެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑަބްލިއުއެސްސީނ...
އަޙްމަދު ވަހީދު
ޖޯޑަންގެ ޝާހީ އާއިލާގެ ތެރޭގައި ކޯޅުންގަނޑެއް އުފެދި ކުރީގެ ވަލީ އަހުދު ހަމްޒާ ބިން ހުސައިން ގޭބަންދުކޮށްފިއެވެ. ހަމްޒާ މިކަން ހާމަ ކުރެއްވީ ވީޑިއޯ މެސެޖެއް އާއްމު ކުރައްވައެވެ. އެ މެސެޖުގައި އޭނާ ވަނީ ގައުމުގެ ވެރިންގެ ކޮރަޕްޝަނާއި ނާގާބިލްކަމުގެ ވާހަކަ ދައްކަވައިފައެވެ. ޕްރިންސްހަމްޒާ އެ އިޝާރާތް ކުރައްވާފައި ވަނީ އޭނާއާ އެއްބަފާ ބޭބެ އަބްދުﷲ ގެ ރަސްކަމަށެވެ. ހަމްޒާ ވިދާޅުވީ އޭނާ ބޭރަށް ދިއުން މަނާ ކަމަށާއި މީހުންނާއި ވާހަކަ ދެއްކުމާއި ބައްދަލު ކުރުން ވެސް […]
އަޙްމަދު ވަހީދު
އެޕަލް އިން އެންމެ ފަހުން ނެރުނު އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީއޯޑަރަށް އުރީދޫ އިން ހުޅުވާލައިފިއެވެ. އުރީދޫގެ މޫލީ މެދުވެރިކޮށް މި ތަކެތި ޕްރީއޯޑަރަށް ހުޅުވާލިއިރު މި ތަކެތި ގަތުމަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޕޭމަންޓު ހެދޭނެ ކަމަށް ވެސް އުރީދޫންބުންޏެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިތަކެއްޗަށް ޕްރީއޯޑާ […]
އަޙްމަދު ވަހީދު
މިހިނގާ އަހަރުގެ އެޕްރީލް 11 އަދި 12 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރަށްވާފައި ވަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި އެވެ. އެ ދެންނެވުމުގައި، މިހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޞާލިޙް ކަނޑައެޅުއްވި ސަބަބެއްކަމަށް ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއް...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލް އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. “މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ޑީއެންއާރް އިން ޢިއުލާން ކޮށްފައިވާތީ، ވޯޓު ލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފަ...
އާއިޝަތު ރަފާހް ޢަލީ
މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ. މި ގެނެވުނު ހެޔޮ ބަދާލާއެކު، ޖީއެސްޓީ އާއެކު، ކުރިން 1،275ރ. އަށް ލިބުނު އައިސް ޓަނެއް މިހާރު 1،050ރ. އަށް ލިބޭނެއެވެ. އެމްޑަބްލިއުއެސްސީ އިން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް ހެޔޮ […]
އަޙްމަދު ވަހީދު
ފޭސްބުކް ބޭނުންކުރާ މީހުންގެ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުވެއްޖެއެވެ. މައުލޫމާތު ލީކުވި މީހުންގެ ތެރޭގައި ރާއްޖޭގެ 86،337 މީހުން ހިމެނެއެވެ. މި މައުލޫމާތު ލީކު ކޮށްފައިވަނީ ހެކިން ވެބްސައިޓެއްގައެވެ. ލީކުވި މައުލޫމާތުގެ ތެރޭގައި އެ މީހުންގެ ނަންބަރާއި ލޮކޭޝަން އަދި ފުރިހަމަ ނަމާއި އީމެއިލް އެޑްރެސް ހިމެނެއެވެ. މި މައުލޫމާތު ބޭނުންކޮށްގެން ހެކަރުންނަށް އޮންލައިން ޕްލެޓްފޯމުތަކުގައި އެ މީހުންނަށް ހެދިގެން އުޅެވޭނެއެވެ. ފޭސްބުކް ލީކުގެ މައުލޫމާތު ފަޅާ އަރުވާލި ގެއިލް އެންމެ ފުރަތަމަ މި...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ސަންފޯޑް ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ސަންފޯޑުގެ އުފެއްދުމަކަށް ހޭދަ ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާ ވަކިމުއްދަތެއް އެސްޓީއީއޯއިން ހާމަ ކޮށްފައި ނުވެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މާލޭގައި ހުންނަ އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ގައި އެކަންޏެވެ. މި ޕްރޮމޮޝަނުގައި އިނާމުގެ ގޮތުގައި ވެސް ދޭނީ ސަންފޯޑް ބްރޭންޑުގެ ބާވަތްތަކެވެ. SANFORD Scratch and W...
އަޙްމަދު ވަހީދު
ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށާއި، އަތަށް ވޯޓު ކަރުދާސް ކޮޅު ލިބުމުން އަރިމަތީގައި އޮންނަ ތިލަފަތް ވޯޓު ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަ...
އަލީ އާދިލް
އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 25 ގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެރަސްމިއްޔާތުގައި އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒު އަލީބައިވެރިވެވަޑައިންނެވިއެވެ. މި މަޝްރޫއުގެ ދަށުން 1،848 ކިއުބ...
އަޙްމަދު ވަހީދު
އައްޑޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ސ. ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އެ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އ...
އަޙްމަދު ވަހީދު
ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ މިޔަރުގެ ހިމާޔަތުގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެއް ކަމުގައިވާ “ޝާކް ޕްރޮޖެކްޓް” އިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ. އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ވަނީ، މާކަނޑުގައި މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ގެންގުޅޭކ...
އާއިޝަތު ރަފާހް ޢަލީ
މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ. ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސ...
އިބްރާހިމް ޚަލީލް
ހދ. ކުމުންދޫގެ ތާރީޚްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދާނެކަމީ މުޖައްރިބުކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، ތާރީޚްގައި ލިޔެވޭނެ ބޮޑު ދުވަހެއް ކަމަށެވެ. ރާޢީ ވިދާޅުވީ، ވެރިކަމެއް ބަދަލުވެ އާ ވެރިއެއް ބަދަލުވާ ކޮންމެ ފަހަރަކ...
އަލީ އާދިލް