މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1690 ވަނަ ޞަފްޙާ

އާސެނަލް ބަލިކޮށް އެވަޓަން އުންމީދު އައުކޮށްފި

އާސެނަލް ބަލިކޮށް އެވަޓަން އުންމީދު އައުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެވަޓަންއިން ގަދަ ހަތަރެއްގެ އުންމީދު އައު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނތީޖާއިންނެވެ. އެވަޓަންއިން މި މެޗަށް ނުކުތްއިރު ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ނަމަވެސް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު އެ ޓީމަށް ވަނީ ގަދަ […]

އިބްރާހިމް ޚަލީލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ކޮންޓްރެކްޓަރާ ބިން ހަވާލުކޮށްފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަންގ، (އެޗް.ޑީ.ސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކޮންޓްރެކްޓަރާ ބިން ހަވާލުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅު...

އައިޝަތު އިލްމާ އަދުނާން
އޭދަފުށިން ޕޮޒިޓިވްވި ޢަދަދު 48އަށް!

އޭދަފުށިން ޕޮޒިޓިވްވި ޢަދަދު 48އަށް!

ބ. އޭދަފުށިން ކޯވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ރޭ ހާމަކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މި 11 މީހުންނާއެކު އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 48އަށް އަރައިފައެވެ. އޭގެ ތެރެއިން އެރަށު ކޯވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ. އެރަށުގައި މިވަގުތު 26 ގެއެއްގައި މީހުން ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މިހާތަނަށް ކޯވިޑްއަށް ޓެސްޓް ކުރުމަށް 469 ސާމްޕަލް ނަގައިފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭދަފުށިން ޕޮޒިޓިވްވި...

އައިޝަތު އިލްމާ އަދުނާން
ހިޔާ އެގްރިމެންޓްތައް ވެބްސައިޓަށް

ހިޔާ އެގްރިމެންޓްތައް ވެބްސައިޓަށް

އެންމެންނަށް ފެންނާނެހެން ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްތައް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ)ގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާ މަޝްރޫޢޫގެ އެ އެގްރިމެންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް ގެންދާކަމަށާއި، އެ އެގްރިމެންޓް އެޗް.ޑީ.ސީގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރަށް ސުހައިލު ވިދާޅުވި ގ...

އައިޝަތު އިލްމާ އަދުނާން
ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 20 މީހުންގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެމައިން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުނ...

ޔުމްނާ ޢަލީ
ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅާ ނިންމާލައިފި އެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން, ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފުރިހަމަ ކަމާއެކު ނިމިފައިވާކަމަށެވެ. ނެއްލައިދޫގެ ތަރައްޤީއަށް އަދުގެ ސަރުކާރުން ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް ރައްޔިތުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ. ހއ.ދިއްދޫ އާއި ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕް...

އިބްރާހިމް އަސްވާޤް
399.5 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު އަރަބި ކަނޑުން ބޯޓެއް ހިފަހައްޓައިފި

399.5 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު އަރަބި ކަނޑުން ބޯޓެއް ހިފަހައްޓައިފި

އިންޑިއާ ނޭވީން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރު ކުރަމުން އައި މަސްބޯޓެއް އަރަބި ކަނޑުން ހިފަހައްޓައިފިއެވެ. މި ބޯޓު ހިފަހައްޓައި ބެލިބެލުމުން 399.5 މިލިއަން ޑޮލަރުގެ ޑްރަގްސް ވަނީ ފެނިފައެވެ. ބެލެވޭގޮތުގައި މިބޯޓު ދަތުރު ކުރަމުން އައި އިންޑިއާ އާއި ސްރީލަންކާ އަދި ރާއްޖެއަށް އައުމަށެވެ. އިންޑިއާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މި ބޯޓުން ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހުން ނިސްބަތްވަނީ ލަންކާއަށެވެ. އަދި އެމީހުން ޑްރަގް ހިފައިގެން އައީ ޕާކިސްތާނުން […]

އަޙްމަދު ވަހީދު
މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ!

މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ!

ހދ. މަކުނުދޫ، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ އިޙްޔާ ފޯރަމް މާދަމާރޭ އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. މަކުނުދޫ ހުޅަނގު ފަރާތު ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި ފޯރަމް ފެށޭނީ މާދަމާރޭ 21:00 ގައިކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ. މި ފޯރަމްއަށް ޚާއްޞަކުރެވިފައިވާ މައުލޫއަކީ “ގެއްލުންނުވާނެ ވިޔަފާރި”އެވެ. މި ފޯރަމްގައި ދަރުސް ދެއްވާނީ އައްސައިޚް އާޒިމް ޚާލިދު އެވެ. މި އިޙްޔާ ފޯރަމާއި ގުޅޭގޮތުން އެމްވައިއެމްގެ ރައީސް އަ...

ޙުސައިން ޝަހުދީ
އެމްޓީސީސީން ތެރަޕިއުޓިކް ދާއިރާއިން ކިޔަވާ 2 ދަރިވަރުން ސްޕޮންސާކޮށްފި

އެމްޓީސީސީން ތެރަޕިއުޓިކް ދާއިރާއިން ކިޔަވާ 2 ދަރިވަރުން ސްޕޮންސާކޮށްފި

ތެރަޕިއުޓިކް ދާއިރާ އިން މީހުން ބިނާ ކުރުމަށް އެމްޓީސީސީ އިން ދެ ދަރިވަރަކު ސްޕޮންސާ ކޮށްފިއެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެޑިރެކްޓަރު އިބްރާހިމް ނަސީމްއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ތެރަޕިއުޓިކް ދާއިރާ އިން ތައުލީމި ހާސިލުކުރާ ދަރިވަރުން އެމްޓީސީސީ އިން ސްޕޮންސާ ކޮށްފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމ...

އަޙްމަދު ވަހީދު
އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅު: އޮކްސިޖަން ހުސްވުމުގެ ބިރު

އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅު: އޮކްސިޖަން ހުސްވުމުގެ ބިރު

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް މަދުވަމުން އައިސް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން އެ ގައުމުގައި އޮކްސިޖަން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ކޮވިޑްގެ ދެވަނަ ރާޅު އެ ގައުމުގައި ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އެއާއެކު މިހާތަނަށް އެ ގައުމުން ވަނީ 16 މިލިއަނެއްހާ މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިހާތަނަށް ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާ ގިނަ ކޭސްތައް ފެނުނު ދެވަނަ ގައުމެވެ. ދެވަނަ ރާޅާއެކު ހާލު ބޮޑުވެ އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް […]

އަޙްމަދު ވަހީދު
ވިންޓާ ތީމް ޕާކު ހިންގި ކުންފުނި ގެއްލިގެން ހޯދަނީ

ވިންޓާ ތީމް ޕާކު ހިންގި ކުންފުނި ގެއްލިގެން ހޯދަނީ

ސަލްޓަންޕާކުގައި ހަދާފައިވާ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން ހަވާލުކޮށްފައިވާ ކުންފުނި ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ. މި ޕާކު ހިންގަމުން އަންނަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންހަވާލުކޮށްފައިވާ ކުންފުނިން އެތަން އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމު...

އަޙްމަދު ވަހީދު
ސީޕްލޭން ދަތުރުތަކާއެކު ގްރީސް ޔޫރަޕުގެ "ރާއްޖެ"އަށް

ސީޕްލޭން ދަތުރުތަކާއެކު ގްރީސް ޔޫރަޕުގެ "ރާއްޖެ"އަށް

ގްރީސްގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. އެ ގައުމުގައި މި ހިދުމަތް ފަށާނީ ހޫނު މޫސުމާ ދިމާކޮށެވެ. މި ހިދުމަތާއެކު އެ ގައުމު ޔޫރަޕުގެ “ރާއްޖެ”އަށް ވެގެންދާނެ ކަމަށް އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭ ހެލެނިކް ސީޕްލޭންސް ގެ ސީއީއޯ ނިކޮލަސް ޗަރަލަމްބަސް ވިދާޅުވިއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ހެލެނިކް ސީޕްލޭންސް އިން ވނީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލު ކުރައްވައި ފްލައިޓުގެ ޝެޑިއުލްއާއި ރިޒަވޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. […]

އަޙްމަދު ވަހީދު
ވެސްޓްބްރޮމް ބަލިކޮށް ލެސްޓާއިން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

ވެސްޓްބްރޮމް ބަލިކޮށް ލެސްޓާއިން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗު، ލެސްޓާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިން ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. ޕޮއިންޓް ތާވަލުގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބިގެންދާއިރު މި މޮޅާއިއެކު އެ ޓީމަށް ވަނީ އުންމީދު އާވެގެން ގޮސްފައެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ލެސްޓާ ޕޮއިންޓް […]

އިބްރާހިމް ޚަލީލް
މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނަން: ޑރ. މުޢިއްޒު

މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނަން: ޑރ. މުޢިއްޒު

މާލޭގެ މަގުތަކަކީ އަމާން މަގުތަކަށް ހެދުމަށް، ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަންދޭ ކަމަކަށް ހައްދަވާނެ ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަންދެއް...

އަލީ އާދިލް
ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް!

ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް!

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 […]

ޔުމްނާ ޢަލީ
އެތުލެޓިކޯ އެއްވަނައަށް، ބާސާއަށް ފަސޭހަ މޮޅެއް

އެތުލެޓިކޯ އެއްވަނައަށް، ބާސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުން މެޗު އެ ޓީމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ބާސެލޯނާ ކުޅުނު މެޗު އެ ޓީމުން ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ހުއެސްކާއާއި ދެކޮޅަށް ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެތުލެޓިކޯގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ހުއެސްކާގެ ގޯލާއި އަމާޒުކޮށް ޖުމަލް 12 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. […]

އިބްރާހިމް ޚަލީލް
ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ކޭއާރުއެޗްގައި ގާއިމުކުރާނަން: ނައިބު ރައީސް

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ކޭއާރުއެޗްގައި ގާއިމުކުރާނަން: ނައިބު ރައީސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ “ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ” ފަދަ ސެންޓަރެއް ކުޅުދުއްފުށީގެ އިތުރުން ހުޅުމާލެ ގާއިމުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަ...

ޖަލްވާން ޖާދުﷲ
ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ކ. ކުޑަވިލިނގިލި ރިސޯޓް ކަައިރީގައި އޮތް ދޯންޏެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔާ ޓީމުން އެސަރަހައްދަށް ގޮސް ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތްފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްވިކަމަށް އެމްއެންޑީއެފްއިން މީޑިއާތަކަށް މައުލޫމާތުދެއްވީ ފަތިހު 5:15 ގައެވެ. “އަލިފާން ކޮންޓްރޯލްކޮށްފި، އަލިފާން ރޯވި ދޯނި މިހާރު އޮތީ ދެފެން...

ޙުސައިން ޝަހުދީ