ފެނަކަ ކޯޕަރޭޝަނަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިއްޖެއެވެ. އިންޓަނޭޝަނަލް ފައިނޭންސް ގެ ޔުޓިލިޓީ/ އެނާޖީ އެވޯޑްސްގައި ފެނަކައަށް ލިބިފައިވަނީ ބެސްޓް ގްރީން އެނާޖީ އިނީޝިއޭޓިވް އާއި ބެސްޓް ގްރީން ޕްރޮޖެކްޓުގެއެވޯޑެވެ. ބެސްޓް ގްރީން އެވޯޑު އެ ކުންފުންޏަށް ލިބުނީ ލ. ގަމުގެ އިންޓަ ކަނެކްޝަން ޕްރޮޖެކްޓަށެވެ. Honored and delighted to receive the awards for Best Green Project (L.Gan Interconnection Project) & Best Green Initiative under the Utility/Energy category […]
އަޙްމަދު ވަހީދު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ “އިސްތިއުނާފު ކޮމިޓީ” އެކުލަވާލައްވައި، އެ ކޮމިޓީއަށް 5 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ “އިސްތިއުނާފު ކޮމިޓީއަށް” ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސް ބޭފުޅުން އައްޔަނު ކުރަށްވައިފިކަން ހޯމް މިނިސްޓްރީއިން މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. އިސްތިއުނާފް ކޮމިޓީއަށް އައްޔަންކުރެއްވި 5 ބޭފުޅުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) މުހައްމަދު ސޯދިގު،...
އާއިޝަތު ރަފާހް ޢަލީ
ކިތަންމެ ފުރިހަމައަށް ގޭތެރޭގައާއި ގޯތި ތެރޭގައި ގަސް ހައްދާ ފަރާތެއް ނަމަވެސް، ފެން ދެވޭލެއް މަދުވެގެން ނުވަތަ ގިނަވެގެން ގަހެއް ދެ ގަހެއް ހަލާކުވުމުގެ ތަޖުރިބާ ނުކުރާ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެއެވެ. ރާއްޖޭގައި އާއްމުކޮށް ދިމާވެފައި ހުންނަނީ މާ ގިނައިން ފެންދެވުމުގެ މައްސަލައެވެ. ނަމަވެސް އޭގެ މާނައަކީ ގަސް މަރުވުމެއް ނޫނެވެ. އެފަދަ ގަސްވެސް ރަނގަޅުކުރެވޭނެ ގޮތްތައް ހުރެއެވެ. އެންމެ ފުރަތަމަ ގަސް ފެން ބޭނުންކުރާ ގޮތަށް ބަލައިލަމާހެއްޔެވެ؟ ސިއްހަތު ރަނގަޅު ގަހެއް ނަމަ އެގަހުގެ […]
ހުބާ ޕްލާންޓްސް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިރޭ ސޮއިކުރައްވައި ލ...
ޖަލްވާން ޖާދުﷲ
ކައުންސިލްތަކާއި ކުންފުނިތަކުގެ ބޯޑުތައް އާންމުގޮތެއްގައި އެކުލަވާލާފައިވަނީ ހައިރާކީ ތަކަކަށް ބަހާލެވިގެންނެވެ. ރައީސުންނާއި މެންބަރުން ހިމެނޭހެން އެކުލެވިފައިވާއިރު މިމަގާމްތަކުގައި މުސާރައިގެ ފަރަގު ހުރެއެވެ. މުސާރަތައް ތަރުތީބު ކުރެވިފައިވަނީ އެންމެ މަތިން ތިރިއަށް ބޮޑުކޮންނެވެ. އެހެންނަމަވެސް ހދ. އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތުން އެކައުންސިލްގެ ރިޔާސަތު ބަލަހައްޓާނެ އެކައުންސިލްގެ ރައީސްގެ މުސާރައަށްވުރެ ބޮޑު އެހެން މެންބަރަކު އެކައުންސިލްގައި ހިމެނެއެވެ. އެއީ ހދ. ކުޅުދުއްފުށި ސިޓީ އި...
އިބްރާހިމް އަސްވާޤް
ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި […]
ޙުސައިން ޝަހުދީ
1442 ވަނަ އަހަރު ރަމަޟާންމަހު ފަހު ދިހައިގައި މާލެ ސިޓީގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސިޓީގެ 23 މިސްކިތެއްގައި ޖަމާޢަތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ހަ މިސްކިތަކާއި، ވިލިމާލޭގެ ތިން މިސްކިތެއްގެ އިތުރުން މާލޭގެ ފަނަރަ މިސްކިތެކެވެ. އެ މިސްކިތްތަކަކީ: މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލ...
އިބްރާހިމް ޚަލީލް
ހދ. ނެއްލައިދޫގެ އައިރިސް، އިބްރާޙީމް އާދަމް އޭނާގެ ގޭގައި ހަދާފައި ހުންނަ ބޮޑު މަސްޓޭންކުގައި ހުންނަ މަސްތައް ބަލަހައްޓަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް އޭނާ އެހާ ބޮޑު ހޭދައެއް ކުރާ ކުރުން ވެސް އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގާއި ލޯބި ދައްކުވައި ދެއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު އޮފީސް ނިންމާފައި ގެއަށް އައިސް އިބްރާހީމް ފުރަތަމަ ދިޔައީ މަސްތައް ދެކިލުމަށް މަސްޓޭންކް ކައިރިއަށެވެ. އެވަގުތު އިބްރާޙީމްގެ ނޭފަތުގައި ޖެހުނީ ގަދަ ބްލީޗްގެ ވަހެވެ. […]
ޝިއުނާ އާދަމް
ވަޒީފާ އަށް އިހުމާލުވާކަމަށް ބުނެ، ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި ދެ މުވައްޒަފަކު ވަކިކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކުރުމުން، އެ މައްސަލަ ބަލައިދިނުމަށް އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. އޭގެތެރެއިން ދެ މުވައްޒަފެއްގެ މައްސަލަ ނިންމި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އެ ދެ...
ޔުމްނާ ޢަލީ
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ޕްރޮގްރާމްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް އޮތް ފުރުޞަތު ހަނި ވުމުގެ ސަބަބުން ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި ދިވެހީންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުން ކަމަށް އިސ...
އާއިޝަތު ރަފާހް ޢަލީ
ހއ. ހޯރަފުށީގެ އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަން މިފްކޯއިން އިއުލާން ކޮށްފިއެވެ. މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ހޯރަފުށި ކައުންސިލް އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. މު މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް...
އަޙްމަދު ވަހީދު
ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކު ކޮމެޓީއަށް އޮޅުވާލާފައިކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް ވިދާޅުވެ އޭނާ ދެއްކެވީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކޮމެޓީން ނިންމައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާއަށް ވަނީ އިމްތިޔާޒް އަދި ސްލޫކު ކޮމެޓީން އެ މަސައްލަ ދިރާސާކުރެއްވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވާފަ އެވެ. މަލީހް ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދައި...
އާއިޝަތު ރަފާހް ޢަލީ
އެސްޓީއޯއިން ފިޔާ ބަސްތާއެއް 100 ރުފިޔާއަށް ކުޑަކޮށްފިއެވެ. ރޯދަ މަސް ފެށުނުއިރު އެ ކުންފުނިން ފިޔާ ބަސްތާއެއް ވިއްކީ 200 ރުފިޔާ އަށެވެ. ފިޔާ ބަސްތާއެއްގެ އަގު ހެޔޮ ކުރި ނަމަވެސް އެސްޓީއޯއިން ވަކިން ފިޔާ ވިއްކާނީ ކުރިންވެސް ވިއްކަމުން އައި އަގުގަ އެވެ. އެއީ ކިލޯއެއް 9.50ރ. އަށެވެ. އެސްޓީއޯއިން ބުނެފައިވާގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެއެވެ. އެސްޓީއޯއިން ވަނީ ކޯވިޑްގެ ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާނޭ […]
އަޙްމަދު ވަހީދު
އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ސިޓީ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވާއިރު ފައިންލެ މެޗުގަ ސިޓީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށް ފަހުއެވެ. ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ޓޮޓެންހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް […]
އިބްރާހިމް ޚަލީލް
ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ. އެމަގާމަށް ކުރިމަތޮލުމަށް މިދިޔަ މަހުގެ 22 ގައި ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ތިން ބޭފުޅުންނަކީ އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު: 5،843، އަލްއުސްތާޒު އާހިދު ރަޝީދު، ހ. ގުރުވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާން އެވެ. މިލިސްޓްގެ ކުރީގައި އޮތް ޝިހާމް މުހައްމަދު ވަހީދުއަކީ […]
އާއިޝަތު ރަފާހް ޢަލީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮންލައިން ޕޭަމަންޓް ޕްލެޓްފޯމް “އަވަސްޕޭ” އަޕްގްރޭޑް ކޮށް އަލުން ތައާރަފުކޮށްފިއެވެ. އަލަށް ތައާރަފު ކުރި ވެބްސައިޓަކީ މޯބައިލް ފޯނާއި އެހެން ޑިވައިސްތަކުންވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ވެމްކޯއިންބުންޏެވެ. އަދި ބީއެމްއެލްގެ އިތުރުން އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ކާޑުތަކުންވެސް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ވެބްސައިޓު މެދުވެރިކޮށް މިހާތަނަަށް ދައްކާފައި ހުރި ބިލުތަކުގެ ތަފްސީލާ...
އަޙްމަދު ވަހީދު
މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެއެވެ. އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފައިވާގޮތުގައި ސަބްމެރިންގައި ތިބި 53 ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ. ކަނޑުގެ ސިފައިންގެ އޮފިޝަލުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނުގެ ސިގްނަލް އާދިއްތަ ދުވަހު ލިބެން ފެށި ކަމަށެވެ. އެއީ 800 މީޓަރު (2،600 ފޫޓު) ގެ އަޑިއެވެ. މި ސަބްމެރިން ފެތުނު ސަބަބެއް އަދި ނޭނގެ އެވެ. ސަބްމެރިންގައި ތިބި […]
އަޙްމަދު ވަހީދު
ހއ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާރަށެވެ. އެ އަތޮޅުގެ އާބާދީ ވެސް އެންމެ ބޮޑު ރަށެވެ. ދިއްދޫގެ ރައްޔިތުންނާއި ޒުވާނުން ފާހަގަވެފައިވަނީ ދިއްދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު އެކި ސިފަސިފާގައި އުފުލާ ބައެއްގެ ގޮތުގައެވެ. ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކޮށްގެންނެވެ. ނުވަތަ މީސްމީޑިޔާގެ އެކި މަންސަތަކުގެ އޮޅިތައް މެދުވެރިކޮށެވެ. ނުވަތަ އަމިއްލަ އެކައުންޓްތައް މެދުވެރިކޮށެވެ. މިފަދަ އަޑު އުފުލުން ތަކުގެ ސަބަބުން ދިއްދޫއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރާއި އަދި...
އިބްރާހިމް ޚަލީލް