ދޯންޏެއްްގައި ރޯވެ އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ކ. ކުޑަވިލިނގިލި ރިސޯޓް ކަައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންއުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މެންދަމު 3:23 ގައި ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔާ ޓީމުން އެސަރަހައްދަށް ގޮސް ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތްފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅު...
ޙުސައިން ޝަހުދީ
ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ. އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ބުނެފަވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަމިއްލަ ހަރަދުގައި އެ ތަންތަން ހ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި 2 އެމް.އޯ.ޔޫ އަކީ “މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ސްޓޭޓް […]
އިބްރާހިމް އަސްވާޤް
އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހަނިމާދޫން ޕޮޒިޓިވްވީ އަންހެނަކާއި، ކުޑަކުއްޖެކެވެ. އެއީ ދެމައިންނެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޕޮޒިޓިވް 10 ކޭސް ފެނުމުން މަތިވެރި މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މަތިވެރިން އެރަށަށް ދަތުރުކުރި ތިން މީހެއްގެ ސާމްޕަލް ނެގީ...
ޔުމްނާ ޢަލީ
ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ޢާއިލާތަކުން އެ ކުދިންގެ ކުރިމަގަށްޓަކައި ދަނީ އެތައް ހޭދައެއްކުރަމުންކަމަށާއި، ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ ބިހޭވިއަރެލް ތެރަޕީ ފަދަ ދާއިރާތަކުން ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެދަށުން މީހުން ބިނާ ކުރުމުގެ މަސައްކަތް މިއަދު ފެށުމަކީ އެ ޢާއިލާތައް އުފުލާތަކުލީފަށް ލުއިކަންލިބިދޭނެ އުންމީދީ ފެށުމެއްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކ...
އަލީ އާދިލް
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ އުސޫލުގެ ތެރެއިން، ރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތަކުގެ ތެރެއިން ދަތުރުކުރާ ނަމަ އެކަމަށް ހައްދަންޖެހޭ ޕީސީއާރް ޓެސްޓް ފްލޫ ކްލިނިކްތަކުން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ. މިމަހުގެ 16 ވަނަ އެޗްޕީއޭއިން ވަނީ 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް […]
އަލީ އާދިލް
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ، އުމުރުން 34 އަހަރުގެ އެމް.ޑީ އިދްރީސް އެވެ. ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ. އޭނާ ހޯދަން ޢިއުލާންކުރީ،...
ޖަލްވާން ޖާދުﷲ
ހދ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއަދު މެންދުރުފަހު 13:15 ގައި ފެށި މި މުބާރާތް ކުރިއަށް ދަނީ ދިއްދޫގައި ހުންނަ “އަތޮޅު ގޭގެ” މީޓިން ރޫމްގަ އެވެ. މި މުބާތުގައި ޖުމްލަ 209 ދަރިވަރުން ކިޔަވަން ތާވަލުކޮށްފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިގައި 128 ދަރިވަރެއް ކިޔަވާނެއެވެ. 57 […]
ޝިއުނާ އާދަމް
އެންމެ 24 ދުވަހުގެ ތެރޭގައި ލ. ގަމުން 950 ޓަނުގެ ކުނި ވެމްކޯއިން ނަގައިފިއެވެ. އެ ކުންފުނިން ބުނީ މިހާތަނަށް ކުނި ނަގާފައިވަނީ އެ ރަށުގެ މުކުރި މަގާއި ތުޑީ އަވަށުން ކަމަށެވެ. އެ ޕްރޮޖެކްޓު ނިންމާނީ މުޅި ރަށުގައި އިތުރުވެފައި ހުރި ކުނި ސާފުކުރުމަށްފަހުއެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ މަތިމަރަދޫ އަވަށުގައެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި އެއްކޮށްފައި ހުރި ކުނި ނައްތާލައި އެ ރަށްތަކަކީ ސާފު ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެދަށުން މިހާރުވެސް […]
އަޙްމަދު ވަހީދު
ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، ކެލާއިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަ ވާކަމަށެވެ. އަދި އެމީހާއަކީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ، އޭނާ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑްއަށް ޓެސްޓް ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]
ޔުމްނާ ޢަލީ
ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ ހަތަރު ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންސްޕޮންސާ ކުރި ދަރިވަރުންތަކެކެވެ. މި ދަރިވަރުންނަކީ މި ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރާ ދަރިވަރުންނެވެ. މިސްޕޮންސަރޝިޕާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ގޮތުން، މ...
އަޙްމަދު ވަހީދު
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އެމައްސަލައާއި ގުޅިގެން ފުލުހުން މިއަދު އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެ އިދާރާގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، މިމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. މިމައްސަލަ ހުށަހެޅުމާއި ގު...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް...
ޝިއުނާ އާދަމް
މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފަށައިފިއެވެ. މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. އަދި މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން އިންތިޚާބާބެހޭ ގާނޫނު ލާޒިމު ކުރެ އެވެ. […]
ޔުމްނާ ޢަލީ
ދިވެހިންގެތެރެއިން ބައެއް ފަރާތްތަކުގެ ކިބައިގައި ހަރުލާފައިވާ ވަރަށް ނުބައި އާދައެކެވެ. ވަރަށް ނޭދެވޭ ސިފައެކެވެ. ހެޔޮކަމުގެ މައްސަރެއް އަހަރެމެންނާ ކުރިމަތިވެ އަޅުކަމުގެ މޫސުމެއް އައިސް ވެށީގެ ތެރެއަށް ފެތުރިގަތް އިރުވެސް އޭގެ ބޭނުން ހިފަން ނޭނގޭ ކަހަލައެވެ. ކޮން ކަމެއްތޯއެވެ؟ ރަމަޟާން މަހުގެ ދުވާލުގެ ގިނަ ވަގުތު ތަކުގައި ނިދާފައި ތިބުމަށްފަހު ރޭގަނޑު ބޭކާރު ކަންކަމުގައި ހޭލާ ހުރުމެވެ. އަދި ގިނަފަރަށް ވާގޮތަކީ ރައްޓެހިންނާއެކީ “ރަމަޟާން ކަޕް” ވީޑިއޯ-ގޭމް މުބާރާތްތަކާއި އެހެނިގެންވެސް ކުޅިވަރާއ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރައްޔިތުންގެ މަޖިލިސް ރައީސްކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ ހުވަފެން އިދިކޮޅުން ނުދެކުމަށާއި، މަޖިލިސްގެ ތާއީދު ރައީސް ނަޝީދުއަށް އެބައޮތް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ. ޝަހީމް މިހެންވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެންފަށައިފިކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެފައި ވ...
އަލީ އާދިލް
ކޮންމެ ދުވަހެއް ފެށެނީވެސް، ނިމެނީވެސް ޤައުމުގެ ޙައްޤުގައި ދިވެހި ސިފައިން ކުރާން އޮތް މަސައްކަތުގައި ދެމިތިއްބައި ކަމަށް ވިދާޅުވެ، ދިވެހި އެ ސިފައިންގެ އެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މަރުޙަބާ ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް ދިވެހި ސިފައިންނަށް މަރުޙަބާ ވިދާޅުވީ، ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށް އަރިސްކުރައްވައި، ކުރެއްވި ޓްވީޓެއްގަ އެވެ. “ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށިނިމެނީ ޤައުމުގެ ޙައްޤުގައ...
އާއިޝަތު ރަފާހް ޢަލީ
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި، ނޫސްވެރިކަމުގެ މިނިވަންކަމުން ރާއްޖެއިން ހޯދަމުން އަންނަ ކާމިޔާބީއަށް ފިންލޭންޑުން މަރުހަބާ ކިޔައިފި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، އާރުއެސްއެފްއިން އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް 7ދަރަޖައިގެ ކުރިއެރު...
އާއިޝަތު ރަފާހް ޢަލީ