ތެރަޕިއުޓިކް ދާއިރާ އިން މީހުން ބިނާ ކުރުމަށް އެމްޓީސީސީ އިން ދެ ދަރިވަރަކު ސްޕޮންސާ ކޮށްފިއެވެ.

މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެޑިރެކްޓަރު އިބްރާހިމް ނަސީމްއެވެ.

Ad
rt

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތެރަޕިއުޓިކް ދާއިރާ އިން ތައުލީމި ހާސިލުކުރާ ދަރިވަރުން އެމްޓީސީސީ އިން ސްޕޮންސާ ކޮށްފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕޮންސާ ކުރާ ދަރިވަރުން ތައުލީމް ހާސިލްކުރާނީ އިންޑިއާގެ އިންސްޓިޓިއުޝަން ތަކުންނެވެ.