އައިފޯން 12 ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް މޭލޭގެ ގިނަ ސަރަހައްދުތަކުގައި 5ޖީ ލިބޭގޮތް ހަދައިފިއެވެ. އުރީދޫން ބުނީ މި ހިދުމަތް ލިބޭނީ އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއާއަކަށް އަޕްގްރޭޑް ކުރުމުން ކަމަށެވެ. އަދި މި ހިދުމަތް އެ ކުންފުނީގެ ޕޯސްޓްޕެއިޑްއަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފަ އެވެ. […]
އަޙްމަދު ވަހީދު
ސެޓްލައިޓުން ނަގާފައިވާ ތިލަދުންމަތީގެ ފޮޓޯއަކާއެކު ބައެއް ތަންތަނުގެ ފޮޓޯ ހިމެނޭހެން ވަރުގަދަ މެސެޖެއް ނާސާއިން ދީފިއެވެ. ދުނިޔޭގެ ޖައްވާ ބެހޭ ޖަމިއްޔާ ނާސާއިން މިއަހަރުގެ އާރތްޑޭ ގައި ކުރި ޓްވީޓެއްގައި ފެންނަނީ އަލްސްކާގެ އިތުރުން ރާއްޖޭގެ މަންޒަރުތަކެކެވެ. މިއާއެކު ބުނެފައިވަނީ ދުނިޔެ އެއްބަޔަކާ އަނެއްބަޔަކު ގުޅިފައި އޮތުމުގެ ސަބަބުން އެއް ސަރަހައްދެއްގައި ވާ ކަމެއްގެ ސަބަބުން އަނެއް ސަރަހައްދަށްވެސް އަސަރުވާ ކަމަށެވެ. މީގައި އިޝާރާތް ކޮށްފައިވަނީ ގަނޑުފެން ވިރުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު...
އަޙްމަދު ވަހީދު
އާއްމު ތަންތަނުގައި އުޅޭއިރު މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާކުރުމަށް ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެރުހުން ދީފިއެވެ. ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަރ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަންކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށްވެސްއޭނާ ވިދާޅުވިއެވެ. އ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ޕޯލްސްޓާގެ 19 ވަނަ ގުރުއާން މުބާރާތް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިބެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ކްލަބުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ މެދުގައި ކީރިތި ޤުުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ގުރުއާން ކިޔެވުމުގެ ރޫޙު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤުރުއާން ކިޔެވުމުގެ ޤ...
އައިޝަތު އިލްމާ އަދުނާން
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށް ވެސްކްސިން ދިނުމަށް “އައި އެމް ވެކްސިނޭޓެޑް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރތޮއްޔިބު މުހައްމަދުއެވެ. އެމްއެމްއެމް ޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ “ފުލީ ވެކްސިނޭޓެޑް” މަންޒިލަށް ހަދަން މަސައްކަތްކުރެވޭނެ ކަމަ...
އަޙްމަދު ވަހީދު
މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އެ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށަކަށް ހަދައި، މަތީ ތައުލީމުގެ ބިލް އިސްލާހުކޮށް މިއަދު ފާސްކޮށްފި އެވެ. މިއަދުއޮތް މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި އެ ބިލް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލްގައިވާ ގޮތުން އަމިއްލައަަށް އަގު ހުށަހަޅައިގެން […]
އަލީ އާދިލް
ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އިތުރު 20 ރެންޑަމް ސާމްޕަލްއެއް ނަގައިފިއެވެ. އެރަށުން ވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ރެންޑަމް 20 ސާމްޕަލެއް ނަގާފަ އެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން […]
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އިން ރޭ ބޭއްވި މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ އެންމެން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެމީހުން ހައްޔަރުކުރީ ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ މީހުން އެއްވެ އުޅުމުންނެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި އިދިކޮޅު ލީޑަރު، […]
އަލީ އާދިލް
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ކޮޅު ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެލްސީގެ […]
އިބްރާހިމް ޚަލީލް
ބޮޑެތި މީހުންކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުއަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލުގެ ޒަރިއާއިން މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަން...
އާއިޝަތު ރަފާހް ޢަލީ
ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ އިތުރުން އަދި އެ ބޭފުޅާގެ މަސްލަގަތު އޮންނަ އިތުރު ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ހަ […]
އިބްރާހިމް ޚަލީލް
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އުފާކުރާށެވެ! އަޚުވަންތަ ކަމުގެ ލޯބީގައި ވެވޭ އެކުރެވި ކަމަކީ އެނޫން އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް ކުރިހޯދާ ލޯތްބެވެ. އަޚުވަންތަ ކަމަކީ މުއުމިނުންނަށް ޚާއްޞަ ސިފައެކެވެ. އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވަނީ ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (سورة التوبة الحجرات: 10) މާނައީ:- “مؤمنން ވާކަން ކަށަވަރީ، أخންތަކެއް ކަމުގައެވެ.” މިއެވެ. އިސްލާމްކަމުގެ ގުޅުމަކީ އިލާހީ ގުޅުމެކެވެ. އެއް އަމާޒަކަށް ކުރާ ދަތުރެކެވެ. އެއްކައުވަންތަ ފަރާތެއްގެ ރުހުން ހޯދުމެވ...
އައްޝައިޚް މުޙައްމަދު އަފްޟަލް
ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ފަށައިފައިވަނީ މިއަދުއެވެ. ވަރަށް އަވަހަށް އަމަލީ މަސައްކަތް ވެސްފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫއަކީ 36.82 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި, 294 މީޓަރ...
އަޙްމަދު ވަހީދު
މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާ ނުހޯދާ މާލޭގެ މަގުތަކަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް ކަންކަން ނުނިންމުމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއިނުލައި، އެއްވެސް ހިފެހެއްޓުމެއްނެތި މާލޭ ސިޓީގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް އެއްވެސް ޤާނޫނެއް، ޤަވާޢިދެއް އިސްލާޙް ނުކުރ...
އަލީ އާދިލް
އދ. ދަނގެތީގައި ތަރާވީހް ނަމާދު ކުރަމުން ދަނިކޮށް މިސްކިތުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ފަންޑުފޮށި އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮށްވާ ފެނިއްޖެއެވެ. ދަނގެތި މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ރޭ 21:15 ހައިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކުރަށްވާފަ އެވެ. ދަނގެތީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށްޓަކީ އެ ރަށު ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެން ފަގީރުންނަށް އެހީވުމަށާއި ސަދަ...
އަލީ އާދިލް
ބ. އޭދަފުށިން މިހާތަނަށް 109 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު، އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރަން މާދަމާ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްއިން ވިދާޅުވީ، އެރަށުގައި ޕޮޒިޓިވްކޭސްތައް އިތުރުވެ ރަށުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ، މާދާމާ އެ ހޮސްޕިޓަލްގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދަން ނިންމާފަވާ ކަމަށެވެ. ރެންޑަމް ސާމްޕަލް ނެގުން އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މާދާމާ ހެނދުނު 10:00 އިން މެންދުރު […]
ޔުމްނާ ޢަލީ
ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ކުކުޅު ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް ބުނެފައި ވަނީ ދިވެހިރާއްޖެއަށް ކުކުޅު ބިސް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކެއް ކަނޑައަޅާ މިއަދު ނެރުނު ޢިއުލާނެއްގަ އެވެ. މި ޢިއުލާންގައި އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ކޮށްފަ އެވެ. އެ އުސޫލުގައިވާ...
ޝިއުނާ އާދަމް
ދިއްދޫގައި ތާރުއަޅައިގެން ހަދާފައިވާ ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ މަގުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި އެއްގަމުގައި ދުއްވާ އެއްޗެހި އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަށްވަމުން ގެންދަވާ ކަމަށެވެ. ދިއްދޫގައި އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ހަމަޖައްސަން ނިންމާފައިވާ މަގުތައް ރަބީ ހިނގުން (މި މަގުގައ...
ޔުމްނާ ޢަލީ