މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1685 ވަނަ ޞަފްޙާ

ކޭއާރުއެޗްއިން "އިންސްޓަގްރާމް" ބޭނުންކުރަން ފަށައިފި

ކޭއާރުއެޗްއިން "އިންސްޓަގްރާމް" ބޭނުންކުރަން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، އެ ހޮސްޕިޓަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓެއްހަދައި ބޭނުންކުރަން ފަށައިފިއެވެ. ޒަމާނީ ފަހުގެ ގިނަ ބަދަލުތަކާއިއެކު ހިންގަމުން އަންނަ އުތުރުގެ މައި ހޮސްޕިޓަލުން އިންސްޓަގްރާމް ބޭނުންކުރަންފެށިއިރު، މިހާތަނަށް 107 މީހަކު ވަނީ އެ އެކައުންޓް ފްލޯކޮށްފަ އެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފޭސްބުކް، ޓުއިޓާ އަދި ވައިބަރ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެމުންނެވެ. މިގޮތުން އެ ހޮސްޕިޓަލުން އިންސްޓަގްރާމް ޕްލެޓްފޯމާއި ގުޅުމުން،...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ. މިވަގުތު ރާއްޖޭގައި […]

ޝިއުނާ އާދަމް
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް

ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް

ހއ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެމީހާ ފްލޫ ކްލިނިކަށް ދެއްކީ ބަލީގެ އަލާމާތް ފެނިގެންނެވެ. އެމީހާގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިރޭގެ އިރާކޮޅު އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް މައުލޫމާތު ހިއްސާކުރަށް...

ޙުސައިން ޝަހުދީ
ޕާޓާގެ އެގްޒެކެޓުވް ބޯޑަށް ޑރ. މައުސޫމް

ޕާޓާގެ އެގްޒެކެޓުވް ބޯޑަށް ޑރ. މައުސޫމް

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯޑަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިންތިހާބު ވެވަޑައިގެންފިއެވެ. ޕާޓާއަކީ ޓޫރިޒަމް ދާއިރާފެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ އޭޝިއާ ޕެސިފިކުގެ ފަރުތުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަންމަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓު ކާމިޔާބު ކުރައްވައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑަށް މައުސޫމު އިން...

އަޙްމަދު ވަހީދު
މެހީގެ ޒަރީއާއިން ކޮވިޑް ފެތުރިދާނެކަމަށް ދިރާސާއަކުން ދައްކައިފި

މެހީގެ ޒަރީއާއިން ކޮވިޑް ފެތުރިދާނެކަމަށް ދިރާސާއަކުން ދައްކައިފި

މެހީގެ ޒަރީއާއިން ކޮވިޑް-19 ފެތުރިދާނެކަމަށް ކެންސަސް ސިޓީ ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. އެ ދިރާސާއިން ދައްކާގޮތުގައި ކޮވިޑް ޖެހިފައިވާ މީހަކާ ކައިރީގައި މެއްސެއް އުޅޭނަމަ 24 ގަޑިއިރު ތެރޭގައި އެ މެއްސަށް ބަލި ފެތުރިދާނެއެވެ. އަދި މެއްސަކީ މިގޮތަށް މި ބަލިފަތުރާ ފުރަތަ ސޫފިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ. މި ދިރާސާ ހެދުމަށް ކެންސަސް ސްޓޭޓް ޔުނިވާސިޓީގެ ސައިންޓިސްޓުން ވަނީ ލެބުގައި މެހިތަކެއް ބައްޔަށް ހުށަހަޅައިފައެވެ. އަދި އެެއަށްފަހު މެހިތަކަށް [...

އަޙްމަދު ވަހީދު
ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް!

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް!

ށ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 21 ގެއެއް ކަރަންޓީނުކޮށްފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ “ތިލަދުން”އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ. ހޯމްކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުން ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީ...

ޙުސައިން ޝަހުދީ
ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ މަސައްކަތްތެރިން: އެމްއެލްއެސްޑީޕީ

ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ މަސައްކަތްތެރިން: އެމްއެލްއެސްޑީޕީ

ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ ރާއްޖޭގަައި ބުރަކޮށް މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގެއްކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް އެހައްގު ފޯރުކޮށްދޭން ޖެހޭނެކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ރޭ އެމްއެލްއެސްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރާ އިންވެސްޓްތަކުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯއާއި އެކަމުގެ ސަބަބުން ދިވެހި...

އައިޝަތު އިލްމާ އަދުނާން
މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުން: ރައީސް

މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުން: ރައީސް

މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މީގެ އިތުރުން މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ރައީސް ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ...

އާއިޝަތު ރަފާހް ޢަލީ
މިފަހަރު މިޑްލް ސްޕޯޓްސް ކްލަބުން ރޯދަވީއްލުމެއް ދިނީ ދިއްދޫގައި އުޅޭ ބިދޭސީންނަށް!

މިފަހަރު މިޑްލް ސްޕޯޓްސް ކްލަބުން ރޯދަވީއްލުމެއް ދިނީ ދިއްދޫގައި އުޅޭ ބިދޭސީންނަށް!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހއ. ދިއްދޫ ގައި ތިބި ބިދޭސީންނަށް ރޯދަ ވީއްލުމެއް އިއްޔެ ދީފިއެވެ. އެ ކްލަބުން ވަނީ އެ ރޯދަވީއްލުން އިންތިޒާމް ކުރުމަށްފަހު އެރަށުގައި އުޅޭ ބިދޭސީން، އެ ރޯދަވީއްލުމުގައި ބައިވެރިވުމަށް އެދި އާންމު ދައުވަތެއް ދީފައެވެ. އެ ދައުވަތާއި ގުޅިގެން ދިއްދޫގައި އުޅޭ 150 ވަރަކަށް ބިދޭސީން ވަނީ އެ ރޯދަ ވީއްލުމުގައި ބައިވެރިވެފަ އެވެ. މި ރޯދަވީއްލުން އިންތިޒާމްކޮށް، އެހާ ފުރިހަމަކޮށް އެކަން ގެންގޮސްދީފައި ވާތީ މިޑްލް ސްޕޯޓްސް […]

ޙުސައިން ޝަހުދީ
އެމްއެމްސީއަށް އިޤްނާޛު އިންތިޙާބު ވެއްޖެ

އެމްއެމްސީއަށް އިޤްނާޛު އިންތިޙާބު ވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މުޙައްމަދު އިޤްނާޛު ޢަލީ އިންތިޚާބު ވެއްޖެ އެވެ. ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، އެމްއެމްސީގެ ހުސްވެފައިވާ ގޮނޑިއަށް އިޤްނާޛު އިންތިހާބުވެފައިވަނީ “ފެށުން” ގެ ފަރާތުންނެވެ. އިޤްނާޛު އާއި ވާދަކުރީ “އެޓޯލް ނިއުސް”ގެ އިބްރާހީމް ރަމީޒުއެވެ. އިޤްނާޛުއަށް 36 ވޯޓްލިބިފައިވެ އެވެ. އިބްރާހީމް ރަމީޒުއަށް ލިބިފައިވަނީ 1 ވޯޓެވެ. މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮނ...

އިބްރާހިމް އަސްވާޤް
ރޯދަ ވީއްލުމަށްޓަކައި ސިފައިން ޖަހާ "ނާބަ ބަޑި"

ރޯދަ ވީއްލުމަށްޓަކައި ސިފައިން ޖަހާ "ނާބަ ބަޑި"

ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ. ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. […]

ޢަބްދުﷲ ސަޢީދު
ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި

ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާ ކޮށްފި އެވެ. މިރޭ ދިއްދޫގައި ކުރިޔަށް ދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ ދިއްދޫގައި ހުރި ސިއްޙީ ކަންކަމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހެލްތް މިނިސްޓަރަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތަށް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ އަޑުއުފުލާފައެވެ. ރާއްޖޭގެ ސިއްޙީ ނޒާާމް ފެއިލް ވެފައިވާކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވަނީ ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމް މަގާމުން...

ޖަލްވާން ޖާދުﷲ
ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާގެ ފައިދާއެއް

ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 109 މިލިއަން ރުފިޔާ ފައިދާ ވެއްޖެއެވެ. އެސްޓީއޯ އިން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން, ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއްލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާ އިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާގެއާމްދަނީއެކެވެ. އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 109...

އަޙްމަދު ވަހީދު
ސިޔާސީ އަޑެއް ކިޔައިފި، ރެނދެއްލާނެތަ؟

ސިޔާސީ އަޑެއް ކިޔައިފި، ރެނދެއްލާނެތަ؟

އިއްޔެއަކީ މި ސަރުކާރު ހިނގަގަތްފަހުން ސިޔާސީ އެންމެ ބޮޑު އެއް އަޑުކީ އެއް ދުވަހަށްވާނެއެވެ. އިވިގެން ދިޔައީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމުގެ އަމަލީ މަސައްކަތް ފައްްޓަވާފައިވާ ކަމުގެ އަޑެވެ. ރައީސް ޞާލިޙްގެ އެ ނިންމުން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް އެންގެވިކަމުގެ އަޑެވެ. އެ އަޑާއެކު އޭގެފަހަތުން ހަގީގަތްތަކެއް ވެސް ކުލަވާކަން ޤަބޫލު ކުރެވެއެވެ. ސަބަބަކީ ރައީސް ޞާލިޙް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވަ...

Thiladhun
އެމްޓީސީސީން ރެކޯޑު ފައިދާއާއެކު އަހަރު ނިންމާލުމުން ހިއްސާގެ ފައިދާވެސް ބޮޑު

އެމްޓީސީސީން ރެކޯޑު ފައިދާއާއެކު އަހަރު ނިންމާލުމުން ހިއްސާގެ ފައިދާވެސް ބޮޑު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރު ލިބުނު ބޮޑު މާލީ ކުރިއެރުމާއެކު، ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއްދޭން ހުށަހަޅަން ނިންމައިފިއެވެ. އެމްޓީސީސީން ނެރުނު އަހަރީ ރިޕޯޓު ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އަހަރު ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.74 މިލިއަން ރުފިޔާލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާ އާއި އަޅާބަލާއިރު 253 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީއަކީ […]

އަޙްމަދު ވަހީދު
ނޭކުރެންދޫގައި ހާލުގައި އުޅެމުންދާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިވެއްޖެ

ނޭކުރެންދޫގައި ހާލުގައި އުޅެމުންދާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިވެއްޖެ

ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދަނިކޮށް، މިހާރު އެ ރަށު ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން އަން...

ޙުސައިން ޝަހުދީ
ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު

ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު

ފެނިގެން ދަނީ 7 ނޫނީ 8 އަހަރު ވަންދެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ވެންޓިލޭޓަރުގައި އޮތްތަން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި “ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވ...

އަލީ އާދިލް
ފަސޭހަކަމާއިއެކު ރޯމާ ބަލިކޮށް ޔުނައިޓެޑް ފައިނަލާ ގާތަށް

ފަސޭހަކަމާއިއެކު ރޯމާ ބަލިކޮށް ޔުނައިޓެޑް ފައިނަލާ ގާތަށް

ޔުއެފާ ޔޫރަޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮސް މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުޞަތު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުނައިޓެޑުންނެވެ. ނުވަވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ނަމަ...

އިބްރާހިމް ޚަލީލް