ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ފަށައިފައިވަނީ މިއަދުއެވެ. ވަރަށް އަވަހަށް އަމަލީ މަސައްކަތް ވެސްފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއަކީ 36.82 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި, 294 މީޓަރުގެއެއްގަމުތޮށިލުމުގެ މަސައްކަތާއި 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ވެސް ހަދާނެއެވެ.
މީގެ އިތުރުން 1470 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓެއް ގާާއިމްކޮށް، ނެރުބައްތިއާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީންކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 408 ދުވަހުގެތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!