ހއ. އިހަވަންދޫ ޕޯލްސްޓާގެ 19 ވަނަ ގުރުއާން މުބާރާތް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިބެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެ ކްލަބުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ މެދުގައި ކީރިތި ޤުުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ގުރުއާން ކިޔެވުމުގެ ރޫޙު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަށް ބޭނުންވާ ބައިވެރިންގެ އާރެއް އިހަވަންދޫގައި އުފެއްދުން ވެސް މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Ad
rt

މި މުބާރާތް ބަހާލާފައި ވަނީ ދެބަޔަކަށެވެ. އެއީ ހާއްސަ ބަޔާއި، އާންމު ބަޔެވެ. ހާއްސަބައި ހާއްސަ ކޮށްފައި ވަނީ އުމުރުން7 އަހަރުން ދަށުގެ ކުދީންނަށެވެ. އާންމުބައި ބަޔަކީ ހުރިހާ އުމުރުފުރަޔަކަށް ވެސް ފުރުސަތު ދީފައިވާ ބަޔެކެވެ.

މި މުބާރާތުގައި ތިން ގޮތްޕަކަށް ކިޔެވުން ބަހާލާފަ ވެއެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފި، ފޮތުން ކިޔެވުމުގެ ގޮފި އަދި ޙާފިޡުންގެ ގޮތްޕެވެ.

މި މުބާރާތުގައި ބައިވެރިވާން ކްލަބް ޕޯލްސްޓާއިން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގްލް ފޯމް ފުރިހަމަ ކުރަންޖެހެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑި މާދަމާއަށް ހަމަވާނެއެވެ.

މި މުބާރާތް ބާއްވާނީ މި މަރަމަޟާން މަހުގެ ތެރޭގަ އެވެ. މި މުބާރާތް ބާއްވާނެ ތާރީޚެއް ފަހުން ޢިއުލާން ކުރާނެ ކަމަށް އެ ކްލަބުން ބުނެއެވެ.

ކްލަބް ޕޯލްސްޓާއިން މި ރޯދަމަހު އެރަށުގެ މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަމުން އަންނައިރު، ރޯދަ ވީއްލުމަށް ޚާއްޞަ އިފްތާރ ދަޅުބަރި ހަރަކާތެއް ވެސް އަންނަނީ ހިންގަމުންނެވެ.