ސެޓްލައިޓުން ނަގާފައިވާ ތިލަދުންމަތީގެ ފޮޓޯއަކާއެކު ބައެއް ތަންތަނުގެ ފޮޓޯ ހިމެނޭހެން ވަރުގަދަ މެސެޖެއް ނާސާއިން ދީފިއެވެ.

ދުނިޔޭގެ ޖައްވާ ބެހޭ ޖަމިއްޔާ ނާސާއިން މިއަހަރުގެ އާރތްޑޭ ގައި ކުރި ޓްވީޓެއްގައި ފެންނަނީ އަލްސްކާގެ އިތުރުން ރާއްޖޭގެ މަންޒަރުތަކެކެވެ. މިއާއެކު ބުނެފައިވަނީ ދުނިޔެ އެއްބަޔަކާ އަނެއްބަޔަކު ގުޅިފައި އޮތުމުގެ ސަބަބުން އެއް ސަރަހައްދެއްގައި ވާ ކަމެއްގެ ސަބަބުން އަނެއް ސަރަހައްދަށްވެސް އަސަރުވާ ކަމަށެވެ.

Ad
rt

މީގައި އިޝާރާތް ކޮށްފައިވަނީ ގަނޑުފެން ވިރުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑުވުމަށެވެ. ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ އިތުރުން މުރަކަތައް މަރުވުމުގެ ސަބަބުންނާއި ތޫފާންތަކުގެ ސަބަބުން ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ.

ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރަށް ގިރުމަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް ބިން ހިއްކައި، ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން ބައެއް ރަށްރަށުގެ މި މައްސަލައަށް ވަނީ ހައްލު ލިބިފައެވެ.

މިފޮޓޯ އިން ފެންނަނީ ހދ. އަތޮޅުގެ ބަޔަކާއި ށ. އަތޮޅުން ބަޔެކެވެ. އެގޮތުން މިފޮޓޯގައި ހިމެނިފައިވަނީ އުތުރުން ނޮޅިވަރަމުގެ ބަޔެކެވެ. ދެކުނުން މީހުން އުޅޭ ރަށަކަށަ ފެންނަނީ ބިލެއްފައްސެވެ. މިއީ ތަންކޮޅެއް ކުރީގެ ފޮޓޯއެކެވެ. މިފޮޓޯއިން ފެންނަ ގޮތުގައި ކުޅުދުއްފުށި ސިޓީގައި އެއިރު އެއަރޕޯޓްވެސް ގާއިމްނުކުރެއެވެ.

މިފޮޓޯއިން ތިލަދުންމަތި އުފެދިފައިވާގޮތް ވަރަށް ރީތިކޮން ފެނިގެންދެއެވެ. ނާސާއިން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ސެޓްލައިޓް ފޮޓޯތައް ދޭތެރެ ދޭތެރެއިން އާންމު ކުރަމުންނެވެ.