ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީނިންމާލައިފައެވެ. ޕްލޭނިން މިނިސްޓްރީން އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.7 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 230 މީތަރުގެ ސަރަހަެއްގެ އެއްގަމު ތޮށި ލައ...
އަޙްމަދު ވަހީދު
ށ. ފޯކައިދޫ ހޯމް ކަރަންޓީނުގައި ތިބި ދެމީހެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، އެ ދެމީހުންނަކީ މިމަހުގެ 16 ވަނަ ދުވަހު މާލޭން ފޯކައިދުއަށް ގޮސް ހޯމް ކަރަންޓީންގައި އެއް ގޭގައި ތިބި ދެ މީހުންނެވެ. އެ ދެމީހުންގެ ކިބައިން ބަލީގެ އަލާމާތް ފެންނަން ފެށުމުން އެ މައުލޫމާތު ސިއްހީ މަރުކަޒާއި ހިއްސާ ކުރީ ވެސް އެ ދެމީހުންނެވެ. “ކޯވިޑްގެ ޢަލާމާތްތައް ފެންނަ ކަމަށް އެ ދެފަރާުތުން މަޢްލޫމާތު ދިނުމުން 19 […]
ޝިއުނާ އާދަމް
ހއ. ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް އެއް ވޯޓުގެ ތަފާތުންނެވެ. ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްދޭން އެދި އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގަައި […]
ތިލަދުން
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުޙްމަތުތަކަށް އިންކާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދީފި އެވެ. އީސަ އިސްތިއުފާދެއްވިކަން އިޢުލާންކޮށްފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. މަޖިލީހުގެ ރަސްމީ ލެޓަރ ހެޑްގައި ނެރުއްވި މި ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މު...
އަލީ އާދިލް
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަދުވަހުދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫން ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ. ލ.ގަން / ދުންފިނިއުފާ، އަހުމަދު ފާތިހު (23 އަހަރު) ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރުމަށްފަހު އޭނާ ވަނީ މިއަދު މާލެ ގެނެސްފައެވެ. ފާތިހުއަކީ ރައީސް މުހައްމަދު ނަޝީދަށް އަވަހ...
ތިލަދުން
އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު އެ ގައުމުގައި ދިމާވެފައިވާ އޮކްސިޖަންގެ މައްސަލައަށް ހައްލު ހޯދުމަށް ޕާކިސްތާނުގެ އެހީ ހޯދަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެކޮޅު ހައްދަވައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އިންޑިއާއަށް ދިމާވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމަށް އޮކްސިޖަން ފޮނުވަން ނިންމާފައެވެ. އެގޮތަށް ނިންމީ މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުގައެވެ. ޕާކިސްތާނުގެ މި ނިންމުމާއެކު އިންޑިއާ ޕަންޖާބުގެ ޗީފް މިނިސްޓަރު ވަނީ އެ ސަރަހަ...
އަޙްމަދު ވަހީދު
ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަަސައްކަތުގެ 86 އިންސައްތަމަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކޮށް، 331 މީޓަރު...
އަޙްމަދު ވަހީދު
ހއ. ދިއްދޫއިން އިތުރު 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު 114 އަށް އަރައިފިއެވެ. އެރަށުން މިހާތަނަށް 63 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ. ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި […]
ޙުސައިން ޝަހުދީ
އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަދުވަހުގެ ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބު ކުރުމާއިއެކު ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތިން ޓީމްގެ މެދުގައި ވާދަވެރިކަން ބޮޑުވެއްޖެއެވެ. މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިވަގުތު ގަދަ ހަތަރެއްގެ ޖާގަ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށާއި އަދި ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކަށަވަރު ވެފައިވާއިރު ފަހު ދެ ޖާގައަށް ޗެލްސީ އަދި ލިވަޕޫލްގެ […]
އިބްރާހިމް ޚަލީލް
އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ނިންމާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ، އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށެވެ. “އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނާކަން އަޅުގަނޑު ބޭނ...
ޝިއުނާ އާދަމް
ކޯވިޑް-19 ބަލީގެ ހާލަތާއި ގުޅިގެން “ކޮންޓްރޯލް ގެއްލި” ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިހެން ބުނެފައިވަނީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެކަން އޮޅުން ފިލުވައިދެއްވުމުގެ ގޮތުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯ ވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރ...
ޔުމްނާ ޢަލީ
ށ. ޅައިމަގުގައި މިވަގުތު ތިބި އެކްޓިވްކޭސްތަކުގެ ޢަދަދު 34 އަށް އަރައިފިއެވެ. ޅައިމަގުގައި ހޯމްކަރަންޓީނުގައި ތިބި ދެ ގެއެއްގެ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން އޭގެ ތެރެއިން 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެކަކު ކަރަންޓީނުގައި ހުރީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފަހުން ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެރަށަށް ގޮސްހުރި އޭނާގެ ފިރިމީހާއާއިއެކު އެއްގެއެއްގައެވެ. އޭނާގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވުމުން، އޭނާގެ ފިރިމީހާ ވެސް […]
ޙުސައިން ޝަހުދީ
އިޓާލިއަން ކަޕްގެ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދައިފިއެވެ. މި މެޗު ކުޅެފައިވަނީ ބުދަދުހުގެ ރޭ ސަސުއޯލޯގެ މެޕޭއީ ސްޓޭޑިއަމްގައެވެ. މި މެޗު ބެލުމަށް 4300 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. މިއީ މީގެ އަހަރު ދުވަސްކުރިން ކޯވިޑް ބަލިމަޑު ކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން ހުއްޓާލިފަހުން އިޓަލީގެ މަތީފަންތީގެ ފުޓްބޯޅަ މެޗެއް ބެލުމަށް ދަނޑަސް ސަޕޯޓަރުން ވެއްދި ފުރަތަމަ ފަހަރެވެ. މި މެޗުގައި ފުރަތަމަ […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ މައްސަލާގައި، އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާތަނަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި، “އާޚިރުގައި ކަތިވަޅިވެސް، މަރިޔަނބުވެސް ގެއްލިއްޖެ”ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ހޯރަފުށީ ދާއިރާ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ. މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި”މޯލްޑިވްސް...
އަލީ އާދިލް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ 7 މީހަކު ނިޔާވެ، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 112 އަރާފައެވެ. މިއަދު އެންމެފަހުން ކޮވިޑް ޖެހިގެން ނިޔާވީ މިއަދު މެންދުރު 12:16 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެނެއްކަމަށް ހެލްތު ޕްރޮޓްކެޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މަޢުލޫމާތުދެއެވެ. މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން […]
އަލީ އާދިލް
އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށާއި އުރުދުން ކޯރާއި ދެމެދުގައިވާ ފަލަސްތީނަކީ ދިގު ތާރީޚެއް އޮތް ޤަދީމީ ސަރަހައްދެކެވެ. އަސީރިއަނުންނާއާއި، ބާބިލޯނިއަނުންނާއާއި، ރޯމަނުން އަދި އުޘްމާނީ ޚިލާފަތް ފަދަ ގިނަ ހަޟާރާތްތަކެއްގެ އަތްދަށުވެފައިވާ މި ސަރަހައްދަކީ ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ޚިލާފުވުންތަކެއް އެކުލެވިގެންވާ ސަރަހައްދެކެވެ. އަޅުގަނޑުގެ އަމާޒަކީ މި ލިޔުމުން ތިޔަ އެންމެހާ ކިޔުންތެރިންނަށް ފަލަސްތީނާއިމެދު ކުރިން އެނގިފައިނުވާ ބައެއް ވާހަކަތައް ތިލަކުރުމެވެ. ހާއްސަކޮށް...
އިބްރާހިމް ޚަލީލް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވަނީ މިއަދު އެވެ. އީސީއިން ބުނެފައިވަނ...
އިބްރާހިމް އަސްވާޤް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލާއި ޚިލާފްވި ށ. މިލަންދޫ މީހަކު 10 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުކޮށްފައި ހުރި އެރަށު މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އަަމަލުކޮށްފައިވާތީ، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފަ ވާކަމަށެވެ. “މިރަށުގައި ކަރަންޓީނުގައި މީހުން ކަރަންޓީނު އުސޫލާއެއްގޮތަށް އަމަލުތައް ބަހައްޓާތޯ ފުލުހުން ބައްލަވަމުން ގެންދަވާ، މިގޮތަށް ރަށުތެރެ ޕެޓްރޯ...
ޙުސައިން ޝަހުދީ