ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީނިންމާލައިފައެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީން އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.7 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 230 މީތަރުގެ ސަރަހަެއްގެ އެއްގަމު ތޮށި ލައި، 208 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 98 މީތަރުގެ ސަަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 1،560 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ބަނދަރުގައި ބައްތި ހަރު ކުރުމުގެމަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.