ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ދެ މަންޒިލަކަށް ދަތުރުތަކެއް ރާވައިފިއެވެ. މޯލްޑިވިއަންއިން ބުނީ އެ ދަތުރުތައް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހު ކަމަށެވެ. އެގޮތުން ދަތުރު ކުރާ މަންޒިލްތަކަކީ އިންޑިއާގެ ޓްރިވެންޑްރަމްއާއިކޮޗިންއެވެ. މި ފްލައިޓުން ޓިކެޓް ނަގަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އީމެއިލް cc@iasl.aero އަށް މެއިލް ފޮނުވައިގެން ނުވަތަ ވައިބާ މޯލްޑިވިއަންގެ މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ. https://twitter.com/M...
އަޙްމަދު ވަހީދު
އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ނުރައްކާތެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހދ.ކުމުންދޫ ކައުންސިލުންނާއި ށ.ނަރުދޫ ކައުންސިލުން ވެސް ބަޔާން ނެރެފިއެވެ. މުޅި އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުނާއި މަސްޖިދުލް އަޤްޞާ ދިފާއުގައި ތެދުވުމަށް ދެ ކައުންސިލްގެ ބަޔާންގައި ގޮވާލައިފައިވެއެވެ. އަދި، ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެ...
އައިޝަތު އިލްމާ އަދުނާން
ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސިފައިންނާއި، ފުލުހުންގެ އިސްސަފުގައި ތިބި ބައެއް މީހުން ބުނާކަމަށް މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މެންބަރު ރަޝީދު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ...
އަލީ އާދިލް
ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި އެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 27 ވިީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ (ޤާނޫނު ނަންބަރު 8/2021) ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި […]
ތިލަދުން
ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ. ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ. ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ. ހއ. މާފައްސަކީ ޞަލާހް ޝިހާ...
އައިޝަތު އިލްމާ އަދުނާން
ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ. 2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ. އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ. އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނ...
އައިޝަތު އިލްމާ އަދުނާން
އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވ...
އައިޝަތު އިލްމާ އަދުނާން
ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފަލްސްޠީންގެ ދިދަ ހިމަނުއްވާ މިއަދު ކުރި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި ރައީސް ވަނީ ފަލަސްޠީން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްޠީން ރައްޔިތުންނާއި އެކުކަމަށް ވިދާޅުވެފައިވެއެވެ. The people of Maldives stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY — Ibrahim Mohamed Solih (@ibusolih) May […]
އިބްރާހިމް އަސްވާޤް
ކްލައިމެޓް އިމަރޖަންސީ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ކްލައިމެޓް އިމަރޖަންސީ ބިލަކީ މިދިޔަ މަހުގެ 29 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އެއާއިއެކު މި ޤާނޫނަށް ޢަމަލުކުރަން ފެށުނީއެވެ. ކްލައިމެޓް އިމަރޖަންސީ ޤާނޫނަކީ (ޤ...
އިބްރާހިމް އަސްވާޤް
ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ...
އައިޝަތު އިލްމާ އަދުނާން
ދިވެހިރާއްޖެ މިއަދު މިދެކޭ ނާންމާ ދުވަސްތައް އައީ ރާއްޖޭގައި އުފެދުނު ސަރުކާރުތަކުންނާއި، ރައްޔިތުންގެ މަޖިލިސްގެ ދައުރުތަކަށް އިންތިޚާބުވި މެންބަރުން އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައި އޮތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައ...
އަލީ އާދިލް
ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެ...
އައިޝަތު އިލްމާ އަދުނާން
ރައްޔިތުންގެ މަޖިލީހަށް ނުރަށްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވީ، އެ މައުލޫމާތު ލިބިފައި ވަނީ ރޭގައި ކަމަށެވެ. އެކަން ހާމަކުރަށްވައި، އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. މި ވަގުތުގެ ހާލަތު ބަލާ...
ޝިއުނާ އާދަމް
ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ އުުރުން 73 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:10 ގައެވެ. މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 104 އަށް އަރާފަ އެވެ. އިއްޔެ ވެސް ރާއްޖެއިން އިތުރު 1،433 މީހުން މިބަށްޔަށް […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 11 އަށް އެރީއެވެ. މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި 2 މީހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވް...
އައިޝަތު އިލްމާ އަދުނާން
މިއީ ރާއްޖެއިން ކޯވިޑް-19 އިން މިންޖުވާ އިހުނަށްވުރެ ބޮޑަށް، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހިފައިވާ ވަގުތެެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19 ހާލަތު ގޯސްވެ ބަލިޖެހެމުންދާ މިންވަރު އިތުރުވެފައިވެ، އެހާލަތާމެދު ވިސްނާ އެކަން ވަޒަންކުރާއިރު އިހްސާސްކުރެވިގެންދަނީ ވަރަަށް ހިތްދަތި މަންޒަރެއް ކަމަށް އުގައިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. މިހާތަަނަށް ރާއްޖެއިން ކޯވިޑް ޖެހިންގެން 103 މީހަކު ނިޔާވެފައިވާއިރު، 45،956 މީހުންވަނީ ޕްޒިޓިވްވެފައެވެ. ކޯވިޑް-19 އ...
އައިޝަތު އިލްމާ އަދުނާން
އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގައި ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހުމަދު ޞަބާހް ވިދާޅުވެއްޖެވެ. ޞަބާހް މިހެން ވިދާޅުވީ، އިއްޔެ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާ، އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ދެއްވި ހިތާބެއްގަ އެވެ. މި ހިތާބުގައި ޞަބާހް ވިދާޅުވީ، ރ...
އައިޝަތު އިލްމާ އަދުނާން
ހައްދުފަހަނައެޅި އިޒްރޭލުން މިހާރު ޢައްޒާއަށް ދެމުންދާ ހަމަލާތަކުގައި 1000 ގޭބީސީ ބިމާ ހަމަކޮށްލާފައިވާ ކަމަށާއި 6000 އަށްވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ދީފައިވާކަމަށް ޤުދުސް ނިއުސް ނެޓްވޯކް އިން ރިޕޯޓްކޮށްފިއެވެ. މާހިރުން ލަފާކުރާގޮތުގައި މިގެއްލުންތަކުގެ އަދަދު 48 މިލިއަން ޑޮލަރަށްވުރެއް އިތުރުވާނެކަމަށް ބުނެއެވެ. ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން...
ތިލަދުން