މިލަންދޫ ނެގި 100 ރެންޑަމް ސާމްޕަލް ނެގެޓިވް
ށ. މިލަންދޫގައި ކޯވިޑް-19 ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. “މިވަގުތު ބަލި ޖެހިފައި ތިބި 26 މީހަކު މިރަށުގައި އެބަތިބި، އެމީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވި މީހަކު ނުހިމެނޭ،” އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ 26 މީހުންގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނު ނިންމާ […]