މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މައްޗަންގޯޅި މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައިކަމަށެވެ. މި ހާދިސާ ހިނގިކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:00 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ. އެމްއެންޑީއެފްގެ ފަޔާ ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. #Update. Ma.Morning view ge 3 vana fangifilaagai roavefai vaa alifaan nivvaalumah MNDF Fire a...
ތިލަދުން
ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދަައްކަވަމުންނެވެ. ޓޫރިޒަމް...
ޝިއުނާ އާދަމް
އިންޓަރނެޓު އަގުތައް ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު މއިަދު ހެނދުނު 10:00 ގައި އޮންނާނެކަމަށް ސަރުކާރުން އިޢުލާންކޮށްފި އެވެ. މިރަސްމިއްޔާތު އެތައް ފަހަރަކު ތާވަލްކޮށް އެކިފަހަރުމަތިން ވަނީ ފަސްކުރެވިފައެވެ. މިނިސްޓްރީ އެފް އެންވަރަމަންޓް އެންޑް ކުލައިމެޓްޗޭންޗް އެންޑް ޓެކްނޮލިޖީގެ މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ “ނެޓް ހެޔޮކުރުން” ނަމުގައި ބާއްވާ ރަސްމިއްޔާތު އެމިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ހުރިހާ ޓީވީ ޗެނަލަކުން ދައްކާނެ ކަމަށެވެ. މިރަސްމިއްޔާތު ފުރަތަމަ ތާވަލް ކުރީ މިދި...
ޖަލްވާން ޖާދުﷲ
“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ކަނޑައަޅައި، އެކަން ހާމަކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީ...
ޔުމްނާ ޢަލީ
ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ވަޤުތީގޮތުން ބަންދުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހުގެ 19 ވަނަ ދ...
ތިލަދުން
މާލޭ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 22:00 ގައި ކަމަށެވެ. އެ ހާދިސާގައި ހިނގީ، ދުއްވާފައި ދިޔަ ސައިލެއް މާލޭ ސިޓީގެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ. ”މި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.” ފުލުހުން ވިދާޅުވެފަ ވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިއެކްސިޑެންޓްވީއިރު ސައިކަލު ދުއްވަން […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރިދަތިތައް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ގޮވައިލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެ...
އަލީ އާދިލް
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށްލަފާ ކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ. މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އަދި އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ […]
އަލީ އާދިލް
ނައިބް ރައީސް ފައިޞަލް ނަޞީމް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީދު ދާދިދެންމެއަކު ކުރެއްވި ޓުވިޓެއްގައި މިކަންވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މަބުރޫކް ވިދާޅުވީ ނައިބް ރައީސް ޕޮޒިޓީވް ވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މަބުރޫކު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. VP @FaisalNasym has today tested positive for #COVID19 He is in good health, and in […]
އިބްރާހިމް އަސްވާޤް
އުރީދޫއިން ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސްކޫލް ކުދިން ކިޔެވުމަސް ބޭނުންވާ ޑޭޓާ ހޯދަން އުރީދޫއާއެކު ކުރެވުނު މަޝްވަރާތައް ކާނިޔާބު ކަމަށެވެ. އަދި އެ ކުދިންނަށް ހާއްސަ ބްރޯޑްބޭންޑް ޕެކޭޖެއް ކަނޑައަޅައި އެކަން މިއަދު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެ މިނިސްޓްރީން ބުނީ މި ޕެކޭޖު މެދުވެރިކޮށް ޑޭޓާ ފޯރުކޮށްދެނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނާ...
އަޙްމަދު ވަހީދު
އަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ޤައުމުގެ މަސްލަހަތުގެއްލުވާލައި، ރައްޔިތުން މާޔޫސްވާގޮތަށް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، “ކޯވިޑް ބަލީގެ ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަބަޔަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ނިޔާވާތީ، އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރި ދަތިތައް ބަލައި، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ” ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހ...
އަލީ އާދިލް
2018 ވަނަ އަހަރު ފެށުނުއިރު އިޒްރޭލުގެ ޖަލުތަކުގައި 7000 ހާ ފަލަސްޠީނު ރައްޔިތުން ހައްޔަރުވެފައި ތިބި އިރު އޭގެތެރެއިން 591 މީހުންނަކީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެވިފައި ތިބި މީހުންނެވެ. ކަންބޮޑުވާން ޖެހޭކަމަކީ މީގެ ތެރޭގައި 300 ކުޑަކުދިންވެސް ހިމެނޭކަމެވެ. އެއީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ތިބި މީހުންގެ ދެބައިކޮޅެއެއްބައެއް ވުރެ އިތުރު ޢަދަދެކެވެ. 2017 ވަނަ އަހަރު ކުއްޖެއްގެ މައްޗަށް 10000 – 15000 ޝެކެލްސް (3000-4000 ޑޮލަރު) ދޭ މަތިން، 14 އަހަރާއި […]
ތިލަދުން
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދުވަސްވީ މީހަކަށް އަނިޔާކުރި ބަންގުލަދޭސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިއަދުގެ 16:30 ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވަ އެވެ. މީސްމީޑިއާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ބަލި މީހާއާ ހަވާލުވެ ހުރި ބިދޭސީ ފިރިހެނަކު، ބަލި މީހާގެ މޫނުމަތީގައި ޖަހައި މަން...
އަލީ އާދިލް
މި މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިސް އިބްރާހިމް މުހައްދަ ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ބިލާއިން ފެން ބިލުންޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ. މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެއެވެ. […]
އަޙްމަދު ވަހީދު
ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]
ޝިއުނާ އާދަމް
ހިޔާ މަޝްއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން، އެ ފްލައިޓްތަކުގެ ފިނިޝިން މަސައްކަތަށް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ހަރަދު ކުރުމުގެ އިހުތުޔާރު ދޭން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޕެންޝަން އޮފީހާއި. އެޗްޑީސީ ޓެގްކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ޑރ.މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް...
ޔުމްނާ ޢަލީ
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. “ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެއެވ...
ޔުމްނާ ޢަލީ
ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ކޯވިޑް-19 ވެކްސިން އުކާލަން ޖެހިދާނެ ކަމަށް ހޮންކޮންގ އިން ބުނެފިއެވެ. ހޮންކޮންގގެ އޮފިޝަލަކު މިހެން ބުނެފައިވަނީ މިވަގުތު އެގައުމުގައި ހުރި ވެކްސިންގެ މުއްދަތު ހަމަވާއިރު އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ. ހޮންކޮންގ އަކީ މުޅި އާބާދިއަށް ޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަުގެ ތެރެއިން ގައުމެކެވެ. އެ ގައުނުގައި 7.5 މިލިއަން މީހުން ދިރިއުޅެއެވެ. އެ ގައުނުގެ އޮފިޝަލް ބުނީ ވެކްސިންގެ މުއްދަތު […]
އަޙްމަދު ވަހީދު