80 ގައުމުން ދިވެހިންނަށް “އޮން އެރައިވަލް ވިސާ” ލިބޭއިރު، އަވައްޓެރި އިންޑިޔާއިން ދިވެހި ރައްޔިތުންނަށް ނުދެނީ ކީއްވެތޯ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ސުވާލު ކުރައްވައިފި އެވެ.

އުޝާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.

Ad
rt

އަސްލަމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ކޮންސުލޭޓެއް އައްޑޫ ސިޓީގައި ހުޅުވުމުން ވިސާ ހޯދުން ފަދަ ކަންކަމުގައި އައްޑޫ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ޓުވީޓަށް ދައްދު ދެއްވަމުން އުޝާމް ވިދާޅުވީ ލަންކާ، މެލޭޝިޔާ، ސިންގަޕޫރުގެ އިތުރުން 80 ޤައުމަކަށް އެތެރެވާން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭކަމަށެވެ.

“މިހާރުގެ ސަރުކާރުން ބުނާގޮތުން އިންޑިއާ އަކީ ރާއްޖޭގެ ބޮޑު ބޭބެ، އިންޑިއާގެ ސިޔާސަތު ބަދަލުކޮށް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ނަހަދަނީ ކީއްވެ”

އުޝާމްގެ ޓުވީޓުގައި ސުވާލު ކުރައްވާފައިވެ އެވެ.

މިމަހުގެ 25 ވަނަ ދުވަހު ވަނީ އިންޑިއާ ކެބިނެޓުން އައްޑޫ ސިޓީގައި ކޮންސުލޭޓެއް ހުޅުވަން ނިންމާފަ އެވެ. އިދިކޮޅު ފަރާތްތަކުން މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުންދަނީ މިއީ އައްޑޫ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމެއް ކަމަށެވެ. އެގޮތުން ވިސާ ލިބުމުގައިވެސް ފަސޭހަތަކެއް ވާނެ ކަމަށާއި އައްޑޫ އިތުރަށް ތަރައްޤީ ވާނެ ކަމަށް ބުނެއެވެ.