އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގްގެ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ތްރީޑީ ހޯދައިފި އެވެ.

ފައިނަލް މެޗްގައި ހޯރަ އެއާރޕޯރޓް އާއި ބައްދަލް ކޮށް ޓީމް ތްރީޑީ ޗެންޕިއަންކަން ހޯދާފައިވަނީ ސީދާ 03 ސެޓުން މެޗްކާމިޔާބް ކޮށްގެންނެވެ.

Ad
rt

ފޯރިގަދަކުޅުމެއްފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ އަޙްމަދު މުހައްމަދު (ދޮނާ) އެވެ. މުބާރާތުގެ ޗެމްޕިއަންޓީމް އަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޞިލް ހުސައިން ނައީމް އަހްމަދު އެވެ.

މުބާރާތުގެ ރަނައަރޕް ޓީމްއަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ ހޯރަފުށި ކައުންސިލް ގެ ރައީސް އަލްފާޞިލް މުހައްމަދު ވަޙީދް އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯރަޔުނައިޓެޑް ގެ މޫސާ ޝިޔާމް އެވެ. ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ އަހްމަދް އަސްލަމް އެވެ.

މުބާރާތުގެ އެންމެމޮޅު 06 ކުޅުންތެރިންނަކީ:

އަޙްމަދު އީމާން ހޯރައެއަރޕޯރޓް
އަޙްމަދު މުހައްމަދު ޓީމް ތްރީޑީ
މުޙައްމަދު ލިއުސާދް ޓީމް ތްރީޑީ
އިބްރާހިމް އާމިރް ބަދަހި ސިކްސް
އަޙްމަދު ފަޔާޒް ހޯރަ އެއަރޕޯޓް
އަބްދުﷲ ރައުފާން މުހައްމަދު ހޯރަ އެއަރޕޯރޓް

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރިއެވެ. އެއީ ހޯރަ އެއާޕޯޓް، ހޯރަ ޔުނައިޓެޑް، ބަދަހި ސިކްސް އަދި ޓީމް ޓްރީޑީއެވެ. މުބާރާތުގެ އެހީތެރިވިފަރާތްތަކަށް ހަނދާނީ ފިލާ ހަވާލް ކޮށްދެއްވީ އާރް.ވީ.ސްޕޯރޓްސް އެކަޑެމީގެ ޗެއަރ ހާމިދް އާދަމް އެވެ. އެފަރާތް ތަކަކީ ހޯރަފުށި ކައުންސިލް އިދާރާ. ކޮމިއުނިޓީ ސެންޓަރ. ދަންމަރު ޔުނައިޓެޑް، އެފް.ސީ. ފްރިގޭޓަރ. 22 ސްޕޯރަޓްސް ކުލަބް. ޖީ.އެސް ޔުނައިޓެޑް އެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނައަރޕް ޓީމް އަށް ފައިސާގެ އިނާމް ހުޅައަޅާފައިވަނީ ޖީ.އެސް ޔުނައިޓެޑުންނެވެ.

މިނޫހަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިމުބާރާތަކީ ޒުވާނުންނާއި ހާއްސަކޮށް ވޮލީއަށް ލޯބިކުރާފަރާތްތަށް އަދި މުއައްސަސާތައް، ކުލަބްޖަމިއްޔާތަކުގެ އެއްބާރު ލުމާއެކު ކުރިއަށް ގެންދެވުނު މުބާރާތެކެވެ. އެގޮތުން ކައުންސިލް އިދާރާ، ކޮމިއުނިޓީ ސެންޓަރ، ދަންމަރު ޔުނައިޓެޑް، އެފް.ސީ ފްރިގޭޓަރ، 22 ސްޕޯރަޓްސް ކުލަބް. ޖީ.އެސް ޔުނައިޓެޑް ގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައި ވެއެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީން ބުނި ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް މުބާރާތްތަކެއް އެ އެކެޑަމީގެ ފަރާތުން ބާއްވާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ. އަދި ހޯރަފުށީ ދަނޑުތަކުގެ މަސައްކަތް ނިމުމާއެކު، އެކެޑަމީން ކުދިން ތަމްރީނުކުރުމަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

އާރްވީ ސްޕޯރޓްސް އެކަޑަމީ އަކީ 2020 އަހަރުން ފެށިގެން ހޯރަފުށީ މުޅީންއަލަށް ރެޖިސްޓްރީކޮށް ހޯރަފުށި ކުޅިވަރު އާލާކޮށް .ކުރިވަރުގެ ރަނގަޅު ޖީލެއް ބިނާކޮށް ހުނަރިވެރިން ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގުސަދުގައި އުފައްދާފައިވާ އެކަޑެމީއެކެވެ. އަދި އެކަޑެމީގެ ހަރަކާތްތަށް ކޮވިޑްގެ ހާލަތުން އަރައިގަނެވުނު އަވަހަކަށް އެކެޑެމީ ހަރަކާތްތަށް ފެށިގެން ކުރިއަށް ދާނެކަމަށެވެ.


.