ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެސްޓީއޯގެ އީވޯޓީން މެދުވެރިކޮށް ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާބަހަން ފާސްކޮށްފައިވަނީ ހާޒިރުވި 682 ހިއްސާދާރުންގެ އައުލަބިއްޔަތުންނެވެ. މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަދުގެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަ...
އަޙްމަދު ވަހީދު
ހއ. ތުރާކުނުގައި ތަރައްގީކޮށްފައިވާ ޓާފް ދަނޑާގުޅޭ ގޮތުން އެރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތުރާކުނުގައި ތަރައްގީކޮށްފައި ވަނީ ރީތި ޓާފް ދަނޑެއް ނަމަވެސް އެ ދަނޑުގައި ރަބަރު އަޅާފައި ހުރީ އެކަށޭނަ މިންވަރަށްވުރެ މަދުން ކަމަށާއި، އެކަމުގެ ސަބަބުން ކުޅެންދާ ޒުވާނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޒުވާނުން ބުންޏެވެ. “އެހާ ފަސޭހައިން އެ ދަނޑަށް ކުޅެންދާ ކުދިންނަށް އަނިޔާވާން ދިމާވަނީ ދަނޑުގައި އެކަށޭނަ މިންވަރަށްވުރެ މަދުން ރަބަރު އަޅާފައި ހުރުމުންކަމަށް އަޅުގަނޑު ގަބޫ...
ތިލަދުން
އައްޑޫ ސިޓީއަށްފަހު ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހދ. ހަނިމާދޫގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިންޑިއާއިން ރާއްޖެއަށް “އަތް ގަދަކުރަމުންދާ” ކަމަށް ވިދާޅުވެ، ފާޅުގައި އެކަމާއި ދެކޮޅަށް ވަކާލާތު ކުރަށްވަމުން ގެންދަވާ އުމަރު، އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އައްޑޫ ސިޓީއަށްފަހު، ދެން އިންޑިއާއިން ކޮންސިލއުލޭޓެއް ހެދުމަށް ދިމާކުރާނީ އުތުރުގެ ހދ. ހަނިމާދޫގައި ކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އުމ...
ތިލަދުން
ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ހަށިކޮޅަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި، އެ ހަމަލާގެ ފޯކަސް އަނބުރާލަަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ. ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެބަޔަކު ހޯދައި ތަހްގީގް ހިންގަން ޖެހޭ ކަމަށެވެ. “މިޖަރީމާގެ ފަހަތުގައި ތިބި ބަޔަކާ، މިކަން ކުރުވާ ބަޔަކާ ގުޅުންތަކެއް ވެދާނެކަމަށް ބެލެވޭ” ވައްޑޭ ވިދާޅުވެފައި ވެއެވެ. ވައްޑޭގެ މިގޮތަ...
އަލީ އާދިލް
އިޒްރޭލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ހަބަރުތައް ފެތުރެން ފެށުނީ އެ ގައުމުގެ ޔާމިނާ ޕާޓީގެ ލީޑަރު ނަފްތަލީ ބެނެޓް މިހާރުގެ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގަންނަންވަން ނިންމާފައިވާކަމަށް އިއުލާން ކުރުމުންނެވެ. އިދިކޮޅުން ސަރުކާރެއް އެކުލަވާލައިފިނަމަ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ. ބެނެޓް ބޭރުގެ މީޑިއާތަކަށް ވިދާޅުވެފައިވާގޮތުގައި އޭނާ އިދިކޮޅާ ގުޅެން ނިންމ...
އަޙްމަދު ވަހީދު
ޔޫތު މިނިސްޓްރީން ހިންގާ ކުދި މަޝްރޫޢުތައް ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގެ ރަށްތަކުގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ބާރުމިނާމެދު ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ޓްވީޓަކަށް ޚިޔާލް ފާޅު ކުރައްވަމުން ނެވެ. މެންބަރު ރާޢީ ވިދާޅުވެފައި ވަނީ، ކުމުންދޫ އަދ...
ތިލަދުން
އެމީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ފިކުރަކީ ހަމައެކަނި ހައްގު ކަމަށް ދެކިއްޖެނަމަ އެމީހަކު ވަނީ ހައްގުމަގުން އެއްކިބާވެފައިކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ތިމާ ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ފިކުރަކީ އެއީ ހަމައެކަނި...
ޔުމްނާ ޢަލީ
ސިގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުން ހެއްޔެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއިން ނުހަނު ގިނަ ގެއްލުންތަކެއް ވާކަމެއްކަންވެސް އެނގޭ ނޫންހެއްޔެވެ. އެކަން ކުރަނީ ސިއްހަތަށް ނުރައްކާތެރި ކަމެއްކަން އެނގި ތިބެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ދެވިހިފާފައިވާ ކަންކަމަކީ ދޫކޮށްލުމަށް ފަސޭހަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ގޮންޖެހުމެއް ދިމާވާ ހިނދު، އަދި އަލުން އެކަން ކުރާ ހިތްވާ ކޮންމެ ފަހަރަކު ހުއްޓާލަން ނިންމި ސަބަބު ހަނދާންކުރުން މުހިނ...
ތިލަދުން
މާލޭގެ އޮފީސްތައް ބަންދު ކުރުމާއިއެކު އަތޮޅު ތެރޭގައި އައިޑީކާޑު ހެއްދުން ހުއްޓިއްޖެ އެވެ. މާލެ ސަރަޙައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ، މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތައްވަނީ ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ. ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތަށް މެދުކަނޑާލެވިފައިވާތީ، ރަށްރަށުގެ ކައުންސިލް އިދާރާއިން ދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު ހެދުމުގެ ޚިދުމަތް ވަނީ އިއްޔެއިން ފެށިގެން މެދުކަނޑާލާފަ އެވެ. އަތޮޅު ތެރޭގައި މިޚިދުމަތް އަލުން ފެށިގެންދާނީ ޑިޕާރޓްމެންޓް އޮފ...
އަލީ އާދިލް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެގްރިސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ފަށައިފިއެވެ. އެސްޓީއޯ އެގްރިސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ފަސޭހަ ގޮތެއް ހޯދައި ދިނުމަށް އެކުންފުނިން ހުޅުވިތަނެކެވެ. މި ސެންޓަރު ހުންނާނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ ކައިރީގައެވެ. މި ސެންޓަރުން މިވަގުތު ވިއްކާ ތަކެތީގެ ތެރޭގައި މިރުހާއި ކައްޓަލަ ހިމެނެއެވެ. އެ ކުންފުނިން ބުނީ މިތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް...
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިންބުނެފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާ ފަސްކުރަން ޖެހުނީ މި މަހުގެ 16ވަނަ ދުވަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުންކަމަށެވެ. އެހެންކަމުން އެ ޖަލްސާ އަންނަ މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައި ބުނެފައިވާ […]
އަޙްމަދު ވަހީދު
ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ރާއްޖެ އިން ނިޔާވެ، މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު 87 އަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ މީހަކު ނިޔާވެފައިވަނީ މިއަދު ހެނދުނު 06:37 ގައި ކަމަށެވެ. މިއީ ދިވެހި އަންހެނެކެވެ. މި ނިޔާވި މީހާއާއި އެކު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 159 އަށް […]
ޖަލްވާން ޖާދުﷲ
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިލްތިމާސް ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކ...
އިބްރާހިމް އަސްވާޤް
މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮކަމަށާއި މިހާރު އޮންނަނީ އެފެރީން ޖާގަނުލިބިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. މެންބަރު ނިހާދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމުދު ފެށި ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށްބުނެ މީސްމީޑިޔާގައި ބަހުސްކުން ފެއްޓުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެބަހުސްއަށް ރައްދުދެއްވަމުން ނިހާދު ވިދާޅުވީ ދުވަސްކޮޅަކުން ބޯޓުތައްވެސް އިތުރުކުރަން ޖެހޭނެކަމ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި އެވެ. ދިއްދޫ ކައުންސިލް އިދާރާއިން މިއެންގުން އަންގާފައިވަނީ އިއްޔެ ނެރުނު އިޢުލާނެއްގައެވެ. މި އިޢުލާނުގައި ބުނެފައިވަނީ، ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވު...
އިބްރާހިމް އަސްވާޤް
މިފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ރާއްޖޭގެ މައި ފެން ކުންފުނިންް ބުނީ އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅުމަށް www.mwsc.com.mv/Career އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ވަޒީފާ އަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިގޮތައް އޮންލައިންކޮން ވަޒީފާ އަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެއްސި ސަބަބަކީ، އެކުންފުނީގެ އޮންލައިން ހިދުމަތްތަކާއި […]
އަލީ އާދިލް
ކޯވިޑް ބަލީގެ ސަބަބުން އަދިވެސް މޮނިޓަރިން ހާލަތުގައި އޮތް ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއިން އިއްޔެ 155 ރެންޑަމް ސާމްޕަލެއް ނަގައިފިއެވެ. އެރަށް މޮނިޓަރިން ހާލަތުގައި އޮންނަތާ މިއަދަށް އެއް މަސް ދުވަސް ހަމަވާނެއެވެ. ދިއްދޫއިން ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، މިހާލަތުން އަރައި ގަތުމަށް މުޅި ދިއްދޫ ގުޅިގެން ގިނަ […]
ޔުމްނާ ޢަލީ
މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޢީ ވިދާޅުވީ، ކުމުންދޫ އަދ...
އަލީ އާދިލް