އޯރކާ މީޑިއާ ގްރޫޕުން "ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދު ނެރެފިއެވެ. އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މީޑިއާ އަދި މާކެޓިންގ ހަރަކާތްތަކުގައި ރާއްޖޭގެ މަސައްކަތްކުރާ ފުންނާބުއުސް ކުންފުންޏެކެވެ.

"ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދުގައި ރާއްޖޭގެ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްއާއި ގުޅުންހުރި ގިނަ ބައިތަކެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ރާއްޖޭގައި ލޯކަލް އައިލެންޑް ޓޫރިޒަމް ފެށިގެން އައިގޮތާއި، ރާއްޖޭގެ ތާރީހާއި، ސަޤާފަތާއި، އާދަކާދަތައް ވަނީ ހިމަނާފައެވެ.

Ad
rt

"ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދުގައި ވަކިން ޚާއްސަކޮށް ފުވައްމުލުގެ ވާހަކަތައް ވަނީ ގެނެސްދީފައެވެ. މި މެގަޒިންގެ ކަވަރ ފޮޓޯގައިވެސް ބޭނުންކޮށްފައިވަނީ ފުވައްމުލަކުގެ ފޮޓޯއެކެވެ. އަދި ލޯކަލް ޓޫރިޒަމްގައި މިހާރު ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ލިސްޓެއްވެސް މި މެގަޒިންގައި ވަނީ ހިމަނާފައެވެ. ރާއްޖޭގެ 100 އަށްވުރެ ގިނަ ގެސްޓްހައުސްގެ މައުލޫމާތުވެސް ހިލޭ މި މެގަޒިންގައިވަނީ ހިމަނާދީފައެވެ.

"ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ކުރިން ޝާއިއުކޮށްފައިވަނީ "ގެސްޓްހައުސް މޯލްޑިވްސް މެގަޒިން" ގެ ނަމުގައެވެ. މިއީ ރާއްޖޭގައި ލޯކަލް އައިލެންޑް ޓޫރިޒަމްއަށް ޚާއްސަކޮށްގެން ނެރޭ ހަމައެކަނި މެގަޒިންއެވެ. މި މެގަޒިން ޕަބްލިޝްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

މި މެގަޒިން ޕަބްލިޝް ކުރަނީ އަހަރަކު 1 ފަހަރުއެވެ. މެގަޒިންގެ އެންމެ ބޮޑު ބޭނުމަކީ ލޯކަލް އައިލެންޑް ޓޫރިޒަމް ކުރިއަރުވައި، ޕްރޮމޯޓްކޮށް، ގެސްޓްހައުސްތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. ރާއްޖޭގައި މިހާރުވެސް 600 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ރަޖިސްޓްރީކޮށްގެން ހިންގަމުންނެވެ.

މި މެގަޒިން ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އެންޑޯޒްވެސްކޮށްފައެވެ. އަދި ލޯކަލް އައިލެންޑް ޓޫރިޒަމް ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ބޭނުންކުރާނެ އޮފިޝިއަލް މެގަޒިންއަކީވެސް މިއީއެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ބޮޑެތި ފަތުރުވެރިކަމުގެ ފެއަރތަކުގައިވެސް މި މެގަޒިން ބަހާ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދަނީ ޕްރޮމޯޓްކުރަމުންނެވެ.

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 7 ވަނަ އަދަދު ކިޔުމަށް މި ލިންކައް ފިއްތާލާ:

IssuuLocal Island Tourism Magazine 2021 | Issue 7Local Island Tourism magazine is the only magazine in the Maldives focusing entirely on local island tourism in the Maldives which has been publishing since 2015. Local Island To...