ހުއްޓުމެއްނެތި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް ބަލީގައި އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެފައި ވާކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ދެ މީހުން ވެސް ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. 47 އަހަރުގެ މީހާ ނިޔާވީ މިއަދުގެ ހެނދުނު 5:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވީ ރޭ މެންދަމު 2:15 ގައެވެ. […]
ޙުސައިން ޝަހުދީ
ވަޤުތަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތެކެވެ. ވަރަށް ފަސޭހައިން އެއާމެދު ޣާފިލު ވެވޭ ނިޢުމަތެކެވެ. ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީސް ފުޅެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ “ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު، މުޙައްމަދު ވަޙީދު އިބްރާޙީމް (ލޯޔަރު ވައްޑެ) ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، ވައްޑޭގެ ފާޑުކިޔުން ރައީސް ޞާލިޙަށް އަމާޒުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޞާލިޙްގެ މައްޗަށް، ރައީސް ޞާލިޙަށްވުރެ ބޮޑު މުސާރަ ދެއްވާފައި ބޭރުގައުމެއްގެ ރައީސްކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ނުލައްވާނަންތޯ ސުވާލުކުރައްވާ ވައްޑޭ ކުރެއްވި އެ ޓްވީޓްގައި ވަނީ، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް...
އަލީ އާދިލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ނިޔާވާ، ކުޅުއްފުށީ ސިޓީ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހެޔޮއެދޭ ފަރާތަކުން ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން އެ ފަރާތުން މިހާތަނަށް ނިޔާވި 6 މީހެއްގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ކޭއާރުއެޗްއިން މައުލޫމާތު ދެއްވައެވެ. މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ކޭއާރުއެޗްގެ މެނޭޖަރު އަހްމަދު ދާއޫދުއަށް ގުޅާލުމުން އޭނާ “ތިލަދުން”އަށް ވިދާޅުވީ، އާން...
ޔުމްނާ ޢަލީ
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ 3 ދުވަސް ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. މީގެ އިތުރުން ކޮޅިގަނޑުގައި 50 މޭލަށް...
ޖަލްވާން ޖާދުﷲ
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅަށް 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަ،ް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 01:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]
ޖަލްވާން ޖާދުﷲ
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެެ. އަދި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއް...
އަޙްމަދު ވަހީދު
ވެމްކޯއިން އަންގާފައިވާ މިންގަނޑުަތަކާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ އެ ކުންފުނީގެ ވެށި ފާރަވެރިންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް އެ ކުންފުނިންބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވެށި ފާރަވެރިއެއް ކަމަށްވާ އަފްރާހު މޫސާ ކުނި ނެގުމުގެ ތެރޭގައި އަތަށް މުށި ވަދެ ނާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ބައެއް ގެތަކުން ބިއްލޫރިއާއި ދަނގަޑާއި އެނޫންވެސް […]
އަޙްމަދު ވަހީދު
ކަނޑިތީމުން އިތުރު 22 މީހަކުއަށް ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 95 އަރާފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު މިހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 2:00އާއި ހަމައަށް އެރަށުން 895 ސާމްޕަލެއްވަނީ ނަގައިފައެވެ. އެންމެފަހުން ނެގި 81 ސާމްޕަލްގެ ތެރެއިން 58 ސާމަޕްލް ނެގަޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ އެއް ސާމްޕަލްވެއެވެ. ކަނޑިތީމުގައި މިވަގުތު 289 މީހެއް ހޯމް […]
އައިޝަތު އިލްމާ އަދުނާން
ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ބަލިން އިމިއުނިޓީ ލިބިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި 2 ދިރާސާއަކުން މިކަމުގެ ފުރުސަތު އޮތް ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެ ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ނުޖަހާމީހަކު ޕޮޒިޓިވް ވުމުން އެއް އަހަަރަށް އިމިއުނިޓީ ލިބޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކަށް އެ ބަލި ޖެހުމުން އުމުރަށް އިމިއުނިޓީ ލިބުމަކީ ވެދާނެ ކަމެއްކަމަށް ވެއެވެ. މިއާއި އެކު ކޯވިޑް...
އަޙްމަދު ވަހީދު
ށ. ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 4 އަރައިފިއެވެ. ފޯކައިދޫން އަލަށް ޕޮޒިިޓިވްވި 2 މީހުންނަނީ ހޯމްކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާ ދެމީހުން ކަމަށް ފޯކައިދޫ ހެލްތުސެންޓަރގެ މެނޭޖަރު އަހުމަދު އަންވަރު “ތިލަދުން”އަށް ވިދާޅުވިއެވެ. އެ މީހުން ކޯވިޑް-19 އަށް ޓެސްޓްކުރީ ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މި މީހުން ހޯމްކަރަންޓީނުގައި ތިބީ މީހުން އުޅޭ ގެއެއްގައި ވަކީން ނެވެ....
އައިޝަތު އިލްމާ އަދުނާން
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމި ގޮތަށް އެމް.ޑަބްލިއު.އެސްސީ އިން ހިދުމަތްދޭ ރަށްރަށުގެ މި މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރާއި ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެގޭބީސީތަކުގެ މި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި […]
އަޙްމަދު ވަހީދު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފިއެވެ. ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކްގެ އެކްޓިން ޗީފްގެ އިތުރުން ސީނިއާ ޑިރެކްޓާ ފޯ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަމީރު ވިދާޅުވީ، ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދިކޮވިޑްގެ މި ހާލަތުގައި ކަންކަން ނިންމުމުގައި އޭނާގެ އެހީތެރިކަން ހ...
އަޙްމަދު ވަހީދު
އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެއަށް އަމަލު ނުކުރާނަމަ ފިޔަަވަޅު އަޅާނަން ކަމަށް ކޮމިއުނިކޭޝަންއޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ. “ނެޓު ހެޔޮ” ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އަގަށް ގެނައި މި ހެޔޮ ބަދަލާއެކު އެކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނެ މިންވަރާމެދުބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދިނުމުގައި، ކުންފުނިތަކ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖ...
ޔުމްނާ ޢަލީ
ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 79 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުން އަދަދު މިވަނީ 150 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 77 އެވެ. މިބަލީގައި ނިޔާވި 149 ވަނަ މީހާ ނިޔާވީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެއީ 56 އަހަރުގެ ފިރިހެނެކެވެ. ހުޅުމާލެ […]
ޖަލްވާން ޖާދުﷲ
އިންޓަނެޓްގެ އަގަށް ގެންނަން ނިންމި ހެޔޮ ބަދަލުގެ މައުލޫމާތު ސަރުކާރުން އާންމުކޮށްފިއެވެ. “ނެޓްހެޔޮ” ގެ ނަމުގައި ސަރުކާރުން ގެނެސްދިން މި ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގަ އެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު މިބަދަލުތައް ގެންނަން ނިންމާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ. ވިޔަރެއާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މި ވަނީ ފައިނަލް މެޗުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހުއެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވުމާއި ގުޅިގެން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ވިޔަރެއާލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާގައިވަނީ 11-10 ގެ ނަތީޖާއަކުންނެވެ. ވިޔަރެއާލުން ޕެނަލްޓީ ޖެހި އެގާރަ ކުޅުނ...
އިބްރާހިމް ޚަލީލް