ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ 98އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރުހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 34.42 މިލިއަން ރުފިޔާއަށެވެ.