ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި […]
ޔުމްނާ ޢަލީ
ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ. 100 ފޫޓަށް ވުރެ ދިގު […]
ތިލަދުން
ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު މުބާރާތްތައް ބެލުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި އެވެ. މިރޭ 00:00 ގައި “ޔޫރޯ2020” ފެށުމަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ފުލުހުން ކުރި ޓުވިޓެއްގައި ބުނެފައިވަނީ، ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ކޮވިޑް 19 ގެ ސަބަބުން...
އަލީ އާދިލް
ރައްޔިތުން ގެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ، ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޮންޑޭ މިހެން ވިދާޅުވީ “މަޖިލީހާއި ސަރުކާރާ ދެމެދު މައްސަލަ ޖެހި، އެމްޑީޕީގެ މަސައްކަތް ދެބައިވެދާނެ: ބިގޭ” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޓުވީޓު ކުރައްވަމުންނެވެ. މިޓުވިޓުގައި ބޮންޑޭ ވިދާޅުވެފައިވަނީ، އެންމެޙާ ހަމްދު ސަނާ ހުރީ ހެއްދެވި ފަރާތައް ކަމަށް ބުނެ ވާހަކަދައްކަން ފަށާ ސިޔާސީމީހާ އޭނ...
އަލީ އާދިލް
ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާނުގައި އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އުލިގަމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިފަންޑަށް އެހީ ހޯދުމުގެ ގޮތުން އެ ރަށުގައި ތަފާތުހަރަކާތް ތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ކައުންސިލުން އިސްނަގައިގެން ރަށުގެ ބައެއް ސަރަހައްދު ތަކުގައި ފަންޑު ފޮށި ބެހެއްޓުމާއި އެރަށުގައި ހިންގާ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޯ ސޯޝަލ...
އަޙްމަދު އަރުޝަމް
އިސްލާހީ މަސައްކަތުގެ ތެރެއިން އެތައް އަނިޔާއެއް ތަހައްމަލުކުރަން ޖެހުނު ކަމަށާއި، އަދި ވެސް ހުރީ ސާބިތުކަމާއެކު ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، ކިޔަވާވިދާޅުވެ، 1985 ވަނަ އަހަރު ސްކޫލް ނިންމާލީ ވެސް މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދަދު ޞާލިޙާއެކު އެއްބެޗެއްގައި ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރަމުންއައި މީހ...
ތިލަދުން
އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް ފަސޭހަކަމާ އެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިންއޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމުގައިވާ ސޮނީ ލިވްއާ ގުޅިއްޖެއެވެ. އުރީދޫ އިން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަނާއެކު މެޗުތައް ބަލާލުމަށް އެންމެ 250ރ. އަށް 20ޖީބީގެ ޑޭޓާ ލިބޭކަމަށެވެ. “ޔޫރޯ 2020 ޕެކް”ގެ ނަމުގައި ތައާރަފްކުރި ޕެކް ބޭނުންކުރެވޭނީ 30 ދުވަހަށެވެ. އުރީދޫ އިން ބުނީ […]
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަށްވާ ޑޮކްޓަރަކާއެކު އިތުރު ދެމީހަކު އެރަށުން ޕޮޒިޓިވްވެ، އެ ރަށަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން 32 ސާމްޕަލެއް ނަގައި، ހަމަ އެދުވަހު ކުޅުދުއްފުށީ […]
ޔުމްނާ ޢަލީ
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ އެ ކޮމެޓީން ބޭރުކޮށްލުމުން، އެމައްސަލައާއި ގުޅުވައި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އަމާޒުކުރި ބަހުގެ ހަމަލާތަކުގެ ސަބަބުން އަސަރުކުރާ ހިސާބަށް ކަންކަން ދިޔަ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކ...
ތިލަދުން
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 193 ވަނަ މީހާއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ 56 އަހަރުގެ މީހެކެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 33 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު […]
ޔުމްނާ ޢަލީ
ޔޫރޯ 2020 އާ ދިމާކޮށް މޯލްޑިވް ގޭސް އިން ދެ ޗެލެންޖެއް ފަށައިފިއެވެ. މާދަމާ އިން ފެށިގެން އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މުޅި ރާއްޖެއަށް ހުޅުވާލާފައިވާ އިރު، ކޮންމެ މީހަކަށްވެސް މިޗެލެންޖުގައި ބައިވެރިވެވޭނެއެވެ. މޯލްޑިވް ގޭސް އިން ފަށާ ދެ ޗެލެންޖުގެ ތެރެއިން ފުރަތަމަ ޗެލެންޖަކީ މެޗުގެ ނަތީޖާ ދިމާކުރަންޖެހޭ ޗެލެންޖެކެވެ. މި ޗެލެންޖުގައި އެންމެ ގިނަ މެޗުގެ ނަތީޖާ ދިމާކުރާމީހުންގެ ތެރެއިން ގުރުއަތުން ހޮވޭ […]
އަޙްމަދު ވަހީދު
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެބިލާއި ދެކޮޅުކަމަށް ހއ. އުތީމު ކައުންސިލުން ބުނެފިއެވެ. އުތީމު ކައުންސިލުން މިހެން ބުނީ އުތީމުގެ ހުރިހާ ކައުންސިލަރުން ސޮއިކޮށް އިއްޔެ ނެރެފައިވާ ޤަރާރެއްގައެވެ. މި ޤަރާރުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނަކީ ޒަމާނުންސުރެ މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ޞުލްޙަވެރި...
އަޙްމަދު އަރުޝަމް
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 56 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވުމުން މިހާރު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 192 އަށް އަރާފައެވެ. މިބަލީގައި އިއްޔެ މީހަކު ނިޔާވެފައެއް ނުވެއެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 32 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން (ސީއެއްސީ)އިން އަންނަ ހަފްތާގައި އާންމުކޮށް ހުޅުވާލާނެކަން އިޢުލާންކޮށްފި އެވެ. ރޭ ޕީއެސްއެމްގެ “ރާއްޖެ މިއަދު“ ޕްރޮގުރާމްގައި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން މަގާމަށް މީހުން ހޮވާ، އައްޔަނު ކުރުމާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާޙީމް ރަޝީދު ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރު...
ޝިއުނާ އާދަމް
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިި ދެކޮޅަށް ހއ. އިހަވަންދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. މިކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކައުންސިލުން މިއަދު އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިހަވަންދޫގެ 7 ކައުންސިލަރުން ތެރެއިން 6 ކައުންސިލަރަކު ސޮއިކޮށް ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނީ، އިސްލާމ...
އަޙްމަދު އަރުޝަމް
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން މިނިސްޓްރީ އޮފް ފިނޭންސްއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި މިނިސްޓްރީ އޮފްހެލްތުގެ ފަރާތުން މިނިސްޓަރު އަޙްމަދު ނަސީމު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއ...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ހޯރަފުށީ އެއާޕޯޓު މަރާމާތް ކުރީ މިދިޔަ މަހު މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭއަށް އުދައެރުމާ ގުޅިގެން ރަންވޭއަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކ...
އަޙްމަދު ވަހީދު
ފުރަތަމަ ފަހަރަށް ގައުމެއްގެ ރަސްމީ ފައިސާގެ ގޮތުގައި ޑިޖިޓަލް ފައިސާ ކަމަށްވާ، ބިޓްކޮއިން ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖެއްސީ އެލް ސަލްވަޑޯއިންނެވެ. އެ ގައުމުގެ ކޮންގްރެސް އިން ވަނީ ބިޓްކޮއިންއަކީ ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި ކަނޑައަޅަންފާސްކޮށްފައެވެ. އެލް ސަލްވަޑޯގެ ރަސްމީ ފައިސާ ކަމަށްވާ ޔޫއެސް ޑޮލަރާ އެއްގޮތަށް ބިޓްކޮއިން ބޭނުން ކުރަން ހުއްދަ ދޭނެ ބިލެއް އެގައުމުގެ ކޮންގްރެސްއަށް ހުށަހެޅުއްވީ ރައީސް ނަޔީބު ބުކެލޭއެވެ. އަދި އެ ބިލު ފާސްކޮށްފައި ވަނީ 84 މެމްބަރުންގެ ތެ...
އަޙްމަދު ވަހީދު