މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1585 ވަނަ ޞަފްޙާ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެ އިމާރާތުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 10 ޖަހާކަށް ހާއިރު ކަމަށް ވެސް ރައިޝަމް ލަފާ ކުރައްވައެވެ. “މިތަނުގައި މީހަކު ނޫނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ރޯވާނެ ގޮތެއް ނޯންނާނެ” ރައިޝަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ […]

ޙުސައިން ޝަހުދީ
ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި

ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ދަތުރު މިނިސްޓަރުގެ އަރިހުގައި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ފަންނީ އެހީތެރިކަން ފޯރުކޮށް ދެމުންއަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިފާޑްގެ ކަންޓްރީ ޑައިރެކްޓަރު މިސިޒް ޝީރީން ތަބައްސުމް ބައިވެރިވެ ވަޑައިގަތެވެ. މީގެއިތުރުން ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ނާޝިދުއާއި، އެގްރޯނެޓްގ...

އަލީ އާދިލް
އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް

އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް

ޔޫއެންޑީޕީގެ ޔޫއެންޑީޕީ ގެ އެސްޖީޕީ ޖެފްގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (މާ) އަށް ލިބިފައިވާ ޕްރޮޖެކްޓެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އޯޓިޒަމް އެސޯސިއޭޝަން އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން “އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް އޮފް ސޯލާރ” ގެ ނަމުގައި މަސް ދުވަހުގެ ކޯހެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. މިކޯހުގައި ތިއަރީ އަދި ޢަމަލީ ތަޖުރިބާގ...

ޝިއުނާ އާދަމް
ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު އަވަހަރާވުމުން ރައީސް ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ

ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު އަވަހަރާވުމުން ރައީސް ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރ، މަންގަލާ ސަމަރަވީރާ އަވަހާރަވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ. މިއަދުގެ ވަގުތެއްގައި މިިނިސްޓަރު މަންގަލާ އަވަހާރަވެފައިވަނީ ކޯވިޑް-19 އަށް ފަރުވާހޯއްދަވަނިކޮށް އެ ބަލީގައެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 65 އަހަރެވެ. މަންގަލާގެ އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންގަލާގެ އަވަހާރަވި ކަމުގެ ޚަބަރު އެހީ ފުން ހިތާމަޔާއެކުގާ ކަމަށެވެ. އަދި މަންގާލައަކީ ލަން...

އަޙްމަދު އަރުޝަމް
ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް

ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް

“އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު”ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މި އަހަރު ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށްއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ބައެއް ނޫސްތަކުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުން އަންނަ އަހަރަށް ލަސްވިކަމަަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ. މި ރަށްތަކުގައި ފެރީ […]

އަޙްމަދު ވަހީދު
ސިޔާސީ މަގުސަދެއްގައި އެއްވެސް މުވައްޒަފަކު ވަކި ނުކުރޭ: ފެނަކަ

ސިޔާސީ މަގުސަދެއްގައި އެއްވެސް މުވައްޒަފަކު ވަކި ނުކުރޭ: ފެނަކަ

ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެއްވެސް މުވައްޒަފެއް ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން އެހެން ބުނީ، ޕީޕީއެމުން މިހާރު ހުވަދު އަތޮޅަށް ކުރަމުންދާ ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނަށް މަރުހަބާ ކިޔަންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ފެނަކައިން ބުނީ، ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ހަތަރު މުވައްޒަފުންނަކީ ފެނ...

އަޙްމަދު ވަހީދު
އެވިޑުގެ އާޓްސް އެންޑް ލިޓަރޭޗަރ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް

އެވިޑުގެ އާޓްސް އެންޑް ލިޓަރޭޗަރ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް

އެވިޑް ކޮލެޖުން އާޓްސް އެންޑް ލިޓަރޭޗަރގެ ނަމުގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް އަލީ ހަމަޖައްސައިފިއެވެ. މިއަދު ހެނދުނު، އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ. އެކަމާ ގުޅިގެން އަޝްރަފް ވިދާޅުވީ އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަނެ، އެފަދަ މަގާމެއް ދެއްވިކަމަށްޓަކާ އުފާކުރައްވާ ކަމ...

ޝިއުނާ އާދަމް
ވެސްޓްހޭމްއިން ލެސްޓާ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

ވެސްޓްހޭމްއިން ލެސްޓާ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައ ވެސްޓްހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ވެސްޓްހޭމްއިން ކާމިޔާބު ކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައެއް ލެސްޓާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެފައިވާއިރު ވެސްޓްހޭމްއިން ވަނީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސް ވެސްޓްހޭމްއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް
ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ މަރާލާނެ ކަމަށް އިންޒާރުދިން މީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ. އެމީހާ ހައްޔަރުކުރީ އިއްޔެ ރ. މީދޫއިންނެވެ. ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މައްސަލާގައި 15 ދުވަހަށް ބަންދުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. “އިސްމާއިލް ޔާސިފް” ނަމަކަށް ކިޔާ އެކައުންޓަކުން ރައީސް […]

ޝިއުނާ އާދަމް
ސަމްޑޯރިއާ އަތުން މިލާނަށް ހަނި މޮޅެއް

ސަމްޑޯރިއާ އަތުން މިލާނަށް ހަނި މޮޅެއް

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުގައި ސަމްޑޯރިއާ އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް މެޗުގެ ވަރަށް ކުރީކޮޅު މިލާންގެ ރަފޭލް ލެއޯއަށް ވަނީ ލިބިފައެވެ. އޭނާ ސަމްޑޯރިއާގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލު ބާރު ހަމަލާ […]

އިބްރާހިމް ޚަލީލް
ލަންދޫ ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ލަންދޫ ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދިހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 89 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކ...

އަޙްމަދު ވަހީދު
މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވައިލައިފިއެވެ. ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، އެންމު ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް އިނާމެއްގެ ގޮތުގައި 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު 22 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، އެ ލޯގޯއާއި ދިދަ ފުރުމާކުރުމުގައި ބަލަންޖެހޭ...

އިބްރާހިމް ޚަލީލް
އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ

އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ

އިންޑިއާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.  މިގޮތުން އިންޑިއާއިން ފާއިތުވި 4 އަހަރުގެ ތެރޭގައި އެޤައުމުގެ ސަރުކާރަށް ނިސްބަތްވާ 6 ޓްރިލިއަން ރުޕީސް ނުވަތަ 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ. އެޤައުމުން މިކަން ނިންމާފައިވަނީ ފާއިތުވި 4 އަހަރުގައި ސަރުކާރަށް ލިބިފައިވާ އެސެޓްތައް ވިއްކައިގ...

އަޒްފާ ރަޝީދު
އުމަރުގެ ގޯތި ގެދޮރުގެ ވިސްނުން: ކޮންމެ އާއިލާއަކަށް ވެސް ދެވަނަ ގެއެއް

އުމަރުގެ ގޯތި ގެދޮރުގެ ވިސްނުން: ކޮންމެ އާއިލާއަކަށް ވެސް ދެވަނަ ގެއެއް

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ޢާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަޙައްދަކުން ދެވަނަ ގެއެއް ދޭގޮތަށް ހިމަނައި، އުމަރުގެ ގޯތި ގެދޮރުގެ ވިސްނުން އާންމުކޮށްފިއެވެ. މިގޮތުން އުމަރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ބިން ހިއްކައިގެން މާލެ ސަރަހައްދުން 15 ހާސް ގޯތި ދިނުމަށް ވަނީ ހިމަނާފައެވެ. ތްރީޖީ ހައުސިން މަޝްރޫޢުއެއް ގޮތަށް […]

އަލީ އާދިލް
އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ ވެސް ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. އިތުރު 4 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 15 އަށް އަރާފައެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 356 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން  339 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ […]

ޙުސައިން ޝަހުދީ
އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި

އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި

އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް 1980 ގެ އަހަރުތަކުން ފެށިގެން އެކި މަސައްކަތްތައް ކުރެވެމުން އައިސްފައިވާއިރު، އަލްޓްރާ ވައިލެޓް ރޭސްގެ ސަބަބުން އިންސާނުންނާއި ގަސްގަހާގެއްސަށް ލިބޭ ގެއްލުންތައް ހައްލުކުރަންވަނީ މަސައްކަތްތަކެއްކޮށްފައެވެ. 1970ގެ އަހަރުތަކުގައި ސައިންސްވެރިންނަށް އޯޒޯން ފަށަލައަށް އެންމެ ގެއްލުން ހުރިކަމަށް ދިރާސާކުރެވިފައި ވަނީ ކްލޮރޯފްލޮރޯކާބޮންސް ގޭހުންކަމަށް ހާމަކޮށްފައިވެއެވެ. އަދި 1987 ވަނަ އަހަރު 197 ޤައުމަކުން ވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގައި ސޮއިކޮށް ސީ.އެފް.ސީ ގޭސް މަ...

އަޒްފާ ރަޝީދު
ހުޅުމާލެ ގެނބޭ ސަރަޙައްދު!

ހުޅުމާލެ ގެނބޭ ސަރަޙައްދު!

ހޮނިހިރު ދުވަހެކެވެ. ތާރީޚަކީ 22 އޮގަސްޓް 2021 އެވެ. ހުޅުމާލެ ފަތާ ޓްރެކް އޮންނަ ސަރަޙައްދަށް މޫދަށް އެރެން ދެވުނު އިރު ހަވީރު ހައެއް ޖަހަން އޮތީ ފަނަރަވަރަކަށް މިނިޓެވެ. ދިޔައީ އެއް ގޮތަކަށް ވެސް މޫދަށް އެރޭ ހިތަކުން ނޫނެވެ. އަޅުގަނޑުގެ ހަގު ދަރިފުޅު އީފާ ކައިރި އެ ދުވަހު މޫދަށް ގެންދާނަމޭ ބުނެވިފައި އޮތީމާ ދިޔައީއެވެ. އެ ދުވަހު ކަންތައްތައް ދިމާވިގޮތުން އެހެން ވަގުތެއް މޫދަށް އެރެން ހުސް ނުކުރެވުނީއެވެ. މޫދަށް އެރެން ދިޔައިރު […]

ޢަބްދުﷲ ސަޢީދު
15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް މާދަމާ ކަރަންޓު ދޭނެ

15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް މާދަމާ ކަރަންޓު ދޭނެ

ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމާފައިވާ ކަމަށާއި، މާދަމާ އެ ދެ ޓަވަރަށް ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އެ ދެޓަވަރަށް ކަރަންޓު ދޭނެ ކަމަަސް  އެ ކުންފުނިން ބުންޏެވެ. […]

އަޙްމަދު ވަހީދު