ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ މަރާލާނެ ކަމަށް އިންޒާރުދިން މީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އެމީހާ ހައްޔަރުކުރީ އިއްޔެ ރ. މީދޫއިންނެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މައްސަލާގައި 15 ދުވަހަށް ބަންދުކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
"އިސްމާއިލް ޔާސިފް" ނަމަކަށް ކިޔާ އެކައުންޓަކުން ރައީސް ނަޝީދަށް އިންޒާރުދީ ކޮށްފައިވާ ކޮމެންޓުގައި ބުނެފައިވަނީ އެމަނިކުފާނު ރާއްޖެ އެނބުރި ވަޑައިގެންފި ނަމަ ބަދުރު ހަނގުރާމާގައި އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ ކަމަށެވެ.
ރައީސް ނަޝީދު މި ވަގުތުވެސް ގެންދަވަނީ މޭ 6ގައި އެމަނިކިފާނަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!