އިންޑިއާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިގޮތުން އިންޑިއާއިން ފާއިތުވި 4 އަހަރުގެ ތެރޭގައި އެޤައުމުގެ ސަރުކާރަށް ނިސްބަތްވާ 6 ޓްރިލިއަން ރުޕީސް ނުވަތަ 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.
އެޤައުމުން މިކަން ނިންމާފައިވަނީ ފާއިތުވި 4 އަހަރުގައި ސަރުކާރަށް ލިބިފައިވާ އެސެޓްތައް ވިއްކައިގެން 2020 އަދި 2021 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައި ޤައުމުގެ މާލިއްޔަތު ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.
އިންޑިއާގެ ގަވަރމަންޓް ތިންކް ޓޭންކް، އެންއައިޓީއައި އާޔޮގްސް ޗީފް އެގްޒެކެޓިވް އަމިތް ކާންޓް ވިދާޅުވެފައިވާ ގޮތުގައި އެޤައުމުގެ ބައެއް އެސެޓްތައްކަމަށްވާ ޕެޓްރޯލް ޝެޑްތަކާއި، ރޭލްވޭތަކާއި، މަގުތަކުގެ އިތުރުން ފެކްޓްރީތަކާއި އެހެނިހެން ބައެއް އެސެޓްތައް ވިއްކުމަށް ވަނީ ނިންމާފައެވެ.
އިންޑިއާއަކީ އޭސިއާގެ ތިންވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮންނަ ގައުމެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވި ކޯވިޑް ބަލި މަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމެނިފައި ވުމުން، އެހެން ގައުމުތަކެކޭ އެއްގޮތަށް އެ ގައުމަށް ވެސް ވަނީ ވަރަށް ބޮޑު މާލީ އަނދަވަޅަކަށް ވެއްޓިފައެވެ.
އިންޑިއާއަކީ ދުނިޔޭން މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ދެ ވަނަ ގައުމެވެ. އެ ގައުމުން 32 މިލިއަން މީހުންނަށް މި ބަލި ޖެހުނުއިރު 4 ލައްކައަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!