އިނގިރޭސި ވިލާތުގެ މިފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގަން ނިންމައިފިއެވެ. ކޯވިޑް-19ގެ ސަބަބުން އެ ގައުމުން އެކި ގައުނުތަށް ވަނީ ކެޓަގަރީތަކަށް ލައިފައެވެ. ރޭގެ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓަށް ލާބެ ކަމަށް ގިނަ ބަޔަކު ތިބީއުއްމީދުކޮށްގެންނެވެ. ރެޑް ލިސްޓުން މިފަހަރުވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކ...
އަޙްމަދު ވަހީދު
ތަކްބީރަތުލް އިންތިޤާލަކީ ނަމާދުގައި އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާއިރު ކިޔާ ތަކުބީރެވެ. ނަމާދު ފަށަމުން ކިޔާ ފުރަތަމަ ތަކުބީރަށް ކިޔަނީ ތަކުބީރަތުލް އިޙްރާމެވެ. ނުވަތަ ދިވެހިން އާންމުކޮށް ކިޔާފަދައިން ހަށަންބަން ތަކުބީރެވެ. ފުރަތަމަ މައްސަލަ: ތަކްބީރަތުލް އިންތިޤާލް ކިޔުމުގެ ޙުކުމަކީ ކޮބާ؟ މި މައްސަލާގައި ޢިލްމުވެރިން ދެ ރަޢުޔަކަށް އިޚްތިލާފުވެފައިވެ. ފުރަތަކަ ރައުޔު: މި ރައުޔުގެ ޢިލްމުވެރިންގެ ތެރޭގައިވާ އިމާމް އަޙްމަދާއި ސަލަފުއް ޞާލިހުންގެ އެތައް ބަޔަކު ބަޔާން ކުރައްވާފައި ވާ ފަދ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޮންޓެއިނާ ކްލިއާ ކުރަން ރިކުއެސްޓް ކުރުމަށް އެމްޕީއެލުން އަމަލު ކުރަމުން އައި އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ. އެމްޕީއެލް އިން ނެރުނު ނޯޓިސް އެއްގައި ބުނީ ކުރިން ރިކުއެސްޓު ކުރަން ޖެހޭނީ ތިން ދުވަސް ކުރިން ކަމަށެވެ. ނަމަވެސް މި ގެނައި ބަދަލާއެކު ތިން ދުވަސް ކުރިންރިކުއެސްޓު ކުރަން ނޯޓު ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކެންސަލޭޝަން ޓައިމަށް ކުރިން އޮތް 24 ގަޑިއިރު މިހާރު 48 ގަޑިއިރަށް ބަދަލު […]
އަޙްމަދު ވަހީދު
ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 245 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދުއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިޔަރު އުރަހަ ހުރި 14 ފޮށި އަތުލައިގަތް ކަމަށް އެއިދާރާއިން ބުންޏެވެ. މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި […]
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. މިގޮތުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިއަދު ނައްތާލާފައިވަނީ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގ...
ޔުމްނާ ޢަލީ
ށ. ފީވަކުން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވުމާއެކު އެރަށު ރައްޔިތުން އިތުރަށް ސަމާލުވުމަށް ފީވަކު ކައުންސިލުން އެދެފިއެވެ. ފީވަކު ކައުންސިލުން ވިދާޅުވީ، މިމަހު 24 ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކުން އަލަށް 2 މީހަކު ޕޮޒިޓިވްވެފައިވާތީ، ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ. “ސަބަބަކީ މި 2 މީހުންގެ ތެރޭގައި ބިދޭސީއެއް ހިމެނޭތީއެވެ. ބިދޭސީންނަކީ ގޭގެއަށް ގޮސް މަސައްކަތުގައި އުޅޭ ފަރާތްތަކަކަށްވާތީ، ރައްޔިތުން ސަމާލުވުމަށް ދަންނަވަން” ފީވަކު ކައުންސިލުން ވިދާޅުވެފ...
ޔުމްނާ ޢަލީ
ރަށުތެރޭގައި ރޯގާ ބާރުވެ، ހދ. ނޮޅިވަރަމު ކައުންސިލުން ހިންގާ ޕްރީ ސްކޫލް ބަންދުކޮށްފި އެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އެރަށުގައި މިދުވަސްވަރު ހުން އައިސް ރޯގާ ޖެހި ކެއްސާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ މައުލޫމާތު ނޮޅިވަރަން ސިއްހީ މަރުކަޒުން އެ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ފަހަކަށް އައިސް ޕްރީ ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުން ވަރަށް ބޮޑު ތަނުން މަދުވެފައި ވުމާއެކު، މި މަހުގެ 29 […]
އަޙްމަދު އަރުޝަމް
ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ “ނުވަ އުފާ” ޕްރޮގްރާމްގެ ދަށުން މަންތުލީ ހަދިޔާ ޕެކް ބަހަން ފަށައިފިއެވެ. މި ޕްރޮގާމް އިފްތިތާޙް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޖުލައި މަހު އުފަންވި އެރަށުގެ ކުދިންނަށް ހަދިޔާ ޕެކް ދެވިފައިވާ ކަމަށެވެ. އަދި […]
ޙުސައިން ޝަހުދީ
ހއ. އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައިވާ ކުޑަހުވަދޫ ކްލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ […]
އަޙްމަދު އަރުޝަމް
އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިއީ އެމިރޭޓްސް އިން ދުބާއީ އާއި ކޮލަމްބޯއާދެމެދު ކުރާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ ދަތުރުތަކެއް ކަމަށެްވެސް އެ އެއާލައިނުން ބުންޏެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބޮއިން 777 މަރުކާގެ ބޯޓެވެ. އެ އެއާލައިނުން ނިންމާފައި […]
އަޙްމަދު ވަހީދު
ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގައި އޮތް ހދ. ނެއްލައިދޫ އެ ހާލަތުން ވީއްލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް އެހާލަތުން ވީއްލާފައިވަނީ، މޮނިޓަރިންނަށްލީތާ 10 ދުވަސްފަހުން، މިއަދު މެންދުރު 12:08 އެވެ. މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަ...
އަޙްމަދު އަރުޝަމް
މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ބްރިޖުގެ އަޅަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އެވެ. އެ ކުންފުންޏަކީ އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ހާއްސަކޮށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ގްރޭޓަރ މ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ. އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ. ހުޅުމާލޭ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެ...
ޔުމްނާ ޢަލީ
އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ބިޒްނަސް ވިސާގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ. އެ މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ދެން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަނަށެވެ. އަދި […]
އަޙްމަދު ވަހީދު
އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވއެއް ކަމަށްވާ “ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް” އިން ކުރި ސާވޭއަކުން ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓެލްގެ ލިސްޓުގައި ރާއްޖޭގެ ތިން ހޮޓަލެއް ހިމެނިއްޖެއެވެ. މި ސާވޭއަކީ ލީޑިން ބުކިންގްސް ވެބްސައިޓްތަކަށް ބަލައި، ޓީވީ ޝޯވ ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް އިން ހަދާފައިވާ ސާވޭ އެކެވެ. މިލިސްޓްގައި ހިމެނިފައިވާ ހޮޓާތަކުގެ ތެރޭގައި ލިސްޓްގެ 10 ވަނާގައި ރާއްޖޭގެ “ދި ނޯޓިލަސް” […]
އަޒްފާ ރަޝީދު
އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމުގައި އޭނާ ބުނެފިއެވެ. ޓޮޓެންހަމްގައި މަޑުކުރާނެ ކަން ކޭން ހާމަ ކޮށްފައި ވަނީ މިއަދު އޭނާ ޓްވިޓާގައި ޕޯސްޓްކުރި މެސެޖެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ކޭން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކުރާ ކަމަށެވެ. ކޭންގެ ޓްވީޓުގައި އިތުރަ ބުނެފައިވަނީ […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން “ސަވާދީއްތަ ދަތުރު”ގެ ނަމުގައި ބައިނަލްއަގުވާމީ ޔޮޓު ރެލީއެއް ބާއްވަން ނިންމައިފިއެވެ. މޯލްޑިވްސް އިންޓަގްރެޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މިއަދު މިކަން އިއުލާންކޮށްފައިވާއިރު، މި ޔޮޓް ރެލީ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ. މިގޮތުން “ސަވާދީއްތަ ދަތުރު”ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މި ރެލީ އަކީ ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކާޒާ ގުޅިގެން ބާއްވާ ހަރަކާތެއްކަމަށް...
ތިލަދުން
ތުރުކީގެ އިޒްމީރުން ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ޕްރޮވިންސުގެ އޮތޯރިޓީން ބުނެފިއެވެ. އިޒްމީރު މެޑިކަލް ޗެމްބާ އެނޑް އެސޯސިއޭޝަން ފޯ ކްލިނިކަލް މައިކްރޮބަޔޮލޮޖީން ބުނެފައިވާގޮތުގައި ގިނަ ވޭރިއަންޓުތަކެއް އެ ޕްރޮވިންސުން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް އެނގިފައިވާ އަލްފާ އާއި ބޭޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ދައްކާގޮތުގައި ޕީސީއާރު ކިޓުތައް ބޭނުންކޮށްގެން ސާމްޕަލްތައް މިހާރު ފެނިފައިވާ ވޭރިއަންޓުތަކަށް ވަނ...
އަޙްމަދު ވަހީދު