އިނގިރޭސި ޕްރިމިއާ ލީގުގައ ވެސްޓްހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ވެސްޓްހޭމްއިން ކާމިޔާބު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ބޮޑުބައެއް ލެސްޓާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެފައިވާއިރު ވެސްޓްހޭމްއިން ވަނީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސް ވެސްޓްހޭމްއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންރަހްމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޕަބްލޯ ފޯނަލްސްއެވެ. މެޗުގައި ލެސްޓާގެ އަޔީޒޭ ޕެރޭޒްއަށް މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ރަތްކާޑު ދެއްކުމުން ލެސްޓާއިން މެޗު ފުރިހަމަ ކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގައި 56 ވަނަ މިނެޓުގައި ވެސްޓްހަމްގެ ބެންރަހްމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ލެސްޓާގެ ޓިއެލެމަންސް ވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. ލެސްޓާއިން ފަރަގު ކުޑަކުރި ނަމަވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި މައިކަލް އެންޓޯނިއޯ ވަނީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.

އެންޓޯނިއޯ މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު އޭނާ ވެގެން ގޮސްފައި ވަނީ ވެސްޓްހޭމްއަށް ލީގުގައި އެންމެގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާއަށެވެ.