ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އޭނާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރައްވާ ދާއިރާގެ ދެ ރަށް ކަމުގައިވާ ކުމުންދޫއާއި، ނޭކުރެންދޫގައި، ދެ ޓިއުޝަން ސެންޓަރު ހުޅުވައިފިއެވެ. މިގޮތުން ކުމުންދޫގައި “މީޒާން ޓިއުޝަން ސެންޓަރ” ގެ ނަމުގައި ހުޅުވު ޓިއުޝަން ސެންޓަރާއި، ނޭކުރެންދޫގައި ” ރާސްތާ ޓިއުޝަން ސެންޓަރ” ގެ ނަމުގައި ހުޅުވި ޓިއުޝަން ސެންޓަރ ރަސްމީކޮށް 09 ސެޕްޓެމްބަރ 2021 ވީ ބުރާސްފަތި ދުވަހު ހުޅުވައި ދެއްވާފައި ވަނީ ރާޢީއެވެ. މި ދެ ސެންޓަރުން […]
އިބްރާހިމް ޚަލީލް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މޮނިޓަރިން ހާލަތުން ވީއްލާފައި ވީނަމަވެސް އަދިވެސް ރައްޔިތުންތިބީ ގޭގައި ކަމަށާއި، މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގީ އިއްޔެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ...
އަލީ އާދިލް
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އިދިކޮޅުން މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ “އިންސާފު ހޯދަން” ނަމުގައި އެއްވުންތަކެއް ބާއްވާފައެވެ. މިގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ ބައިވެ...
އަޒްފާ ރަޝީދު
ވުލްފްފިޝް ނަމަކަށް ކިޔާ މިމަސް ބިރުވެރި ސިފައެއްޖެހި ނަމަވެސް މިއީ އިންސާނުންނާއި ރަށްޓެހި މަހެއްކަމަށް ޑައިވަރުން ބުނެއެވެ. އާންމުކޮށް ހުޅަނގާއި އިރުމަތީ ކަނޑުގެ ސަރަޚައްދުތަކުގެ އަޑީން ފެންނަ ބިރުވެރި ސިފައެއް ޖަހާ މިމަހާއި ގަޔާވެ ރުހޭނީ ހަމައެކަނި އޭތީގެ މަންމަ ކަމަށްވެސް ބުނެއުޅެއެވެ. އާންމުކޮށް ކަނޑުގެ 2000 ފޫޓް އަޑިން ފެންނަ މިމަހަކީ ހޮރު ކޮނެގެން އަޑީގައި ދިރިއުޅޭ މަހެކެވެ. ނަމަވެސް އެހާ އަޑީގައި އެހާ ފިނީގައި ގަނޑުނުވެ އުޅުމުގެ ޤާބިލްކަން މިމަހަށް ލިބިގެންވެއެވެ. ކަނޑުގެ އަޑީގެ […]
އަޒްފާ ރަޝީދު
ޅ. ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ އެ ބޭންކުގެ ފަރާތުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާއެއް ގާއިމުކުރާނެ […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ. “އިންސާފު ހޯދަން” ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވަނީ ގޭގައި ހުންނަވައިގެން ބައިވެރިވެވަޑައިގެންފަ އެވެ. ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއް...
އަލީ އާދިލް
ސަޖިދައަކީ ޝައްކެއް ނެތްގޮތުގައި ނަމާދުގެ އެންމެ މުހިންމު މަޙައްލެވެ. އަޅާ އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް ނިކަމެތިކަމާއި ތަވާޟުޢުވެރިކަމާއެކު އޭނާގެ ހަށިގަނޑުގެ އެންމެ މަތީގައިވާ ބައި ބިންމަތީގައި ޖައްސައި ތިރިވެ ކުރާ ވަރަށް މަތިވެރި ޙަރަކާތެކެވެ. އަޅާއަށް އެއަޅުގެ ވެރި ރައްބާ އެންމެ ރަނގަޅަށް ކުއްދަންވެވޭ މަޤާމެވެ. ފަހެ ރަސޫލުﷲ ޞައްލައްﷲ ޢަލްއިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވެއެވެ. أقرب ما يكون العبد من ربه وهو ساجدا މާނަ: “އަޅާ، އޭނާގެ ވެރި ރައްބާ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...
އަޒްފާ ރަޝީދު
ކޯވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަންފަރު މޮނިޓަރިން އަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން އިލްތިމާސްކޮށްފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވް ކޭހެއް ފެނި ރަށް މޮނިޓަރިން އަށް ލުމަށް ފަހު މޮނިޓަރިން އިން ނެގީ އިއްޔެއެވެ. އެކަމަކު އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުނިމޭ ކަމަށް އެރަށު ސިއްހީ […]
ޝިއުނާ އާދަމް
ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަހުގެ ކޯހެއް ކިޔަވައި ދޭން ފަށައިފި އެވެ. މިއީ އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގާ ފުރަތަމަ ފަހަރެވެ. ދިވެހި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. އެގޮތުން އެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއ...
ޝިއުނާ އާދަމް
ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާތް ފޮތްތަކުން ކުށެއް ފެނިއްޖެ ނަމަ އެކަން އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގަން އެ މިނިސްޓްރީން އެދިއްޖެއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމަށް ރިވިއުކުރަމުންދާތީ އިސްލާހުކުރަން ޖެހޭ އެއްވެސް ކުށެއް ފާހަގަވެފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި، ސަފްހާ އެނގޭނެހެން ލިޔުމަށް ފަހު curriculum@nie.gov.mv އަށް ފޮނުވުމަށް އެދޭ ކަމަށެވެ. އިސްލާމް އަދި ގުރުއާން ފޮތްތަކުން ކުށް ފާހަގަވެގެން އެ...
ޝިއުނާ އާދަމް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ. މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅު ނިންމަލާޥލެއްވި އިއްޔެއެވެ. މި ފަތުރުފލޫގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި، އެކު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވީ ރޭއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ 4 ރަށަކަށް އަދި ރ. ަތޮޅުގެ 5 ރަށަކަށް އެމަނިކުފާނ...
ޝިއުނާ އާދަމް
ފީފާ ވޯލްޑް ކަޕަށް ކޮލިފަންގައި ދެކުނު އެމެރިކާ ބައްރުގައި ކުޅޭ ކޮލިފިކޭޝަނުގައި ބްރެޒިލްއާއި ޕެރޫ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މޮޅުވުމުގެ ރެކޯޑް ބްރެޒިލުން ދަމަހައްޓައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގައި ބްރެޒިލް މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު އެ ޓީމް ވަނީ އެ ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ. މި ނަތީޖާތަކާއިއެކު ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ބުރުގެ ޕޮއިންޓް ތާވަލުގެ […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޑުއްވަރީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި ހޯލު ހުޅުއްވާދެއްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، އެކު ށ. އަދި ރ. އަތޮޅުގެ ބައެއް ރައްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ މަޑުއްވަރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަޑުއްވަރީގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެމަނިކުފާނުގެ މި ދަތ...
ޝިއުނާ އާދަމް
ވޯލްޑް ކަޕް ދެކުނު އެމެރިކާގެ ކޮލިފުކޭޝަންގައި އާޖެންޓީނާއާއި ބޮލީވިއާ ބައްދަލުކުރި މެޗުގައި އާޖެންޓީނާގެ ތަރި ލައިނަލް މެސީ ހެޓްރިކްހަދައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ޤައުމީ ޓީމަށް ލަނޑު ޖަހައިގެން ހަދާފައިވާ ޒަމާންވީ ރެކޯޑެއް މުގުރާލައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ އާޖެންޓީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ޕެލޭ ބްރެޒިލްއަށް ކުޅެދިން 91 މެޗުގައި ކާމިޔާބު ކޮށްފައި ވަނީ 77 ލަނޑެވެ. މި ރެކޯޑް މެސީ މުގުރާލާފައި […]
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...
އަލީ އާދިލް
ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ހދ. ނޮޅިވަރަންފަރުން އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދަނިކޮށް އެރަށް މޮނިޓަރިން ހާލަތުންނެގިކަން އަންގައިފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތުން ނެގިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންގީ ކުއްލި އަކަށް މިއަދު 3 ޖަހާކަށްހާއިރު ކަމަށެވެ. އަދި އެ އެންގުން އެންގި އިރުވެސް ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންކަމަށެވެ. ރަށުން އި...
ޔުމްނާ ޢަލީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލް ބޭފުޅަކު އައްޔަންކޮށްފިއެވެ. އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިނިސްޓަރ އަބްދުﷲ ޝާހިދު ހުންނަވާ ދައުރުގައި، އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޮނިކާ ގްރޭލީއެވެ. މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ކުރައްވާފައެވެ. މި މަގާމާ ހަވާލުވުމަށް ފަހު […]
ޝިއުނާ އާދަމް