ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދާ އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ.
އެޗްއާރުސީއެމް އިން ވިދާޅުވީ، މި އެވެއަރނަސް ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކޮމިޝަނުންވަނީ މިއަދު ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކޮށްފައެވެ.
ސިޓީކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ހޭލުންތެރިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް އެ ކޮމިޓީން މަސައްކަތްތައް ރާވާފައިވާ ގޮތްތައް ބަލައި ކޮމިޝަނުގެ ހުށަހެޅުންތައް ކޮމިޓީއާ ވަނީ ޙިއްސާކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ކައުންސިލަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުމަކާއި، ހިއުމަންރައިޓްސް ޑިފެންޑަރުންނަށް އަމާޒުކޮށް އިންސާނީ ހައްޤުތަކުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ބޭއްވުމާއި، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމާއި، ކޮމިއުނިޓީ ނައިޓްއަކާއި ހިއުމަންރައިޓްސް ފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން #humanrightsintegratedprogram@kfcitycouncil pic.twitter.com/NTlg0DqvMM
— HRC of the Maldives (@hrcmv) September 7, 2021
މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކަތްކުރާ މުވައްޒަފުން ވިސްލްބްލޯވަރ ޤާނޫނަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ސެޝަންތަކާއި، އެކިއެކި ވިޔަފާރިތައް އަދި ކުންފުނިތައް ހިންގާ ފަރާތްތަކަށް ވިޔަފާރިއާއި އިންސާނީ ޙައްޤާއި ގުޅޭގޮތުން މަޢުލޫމާތުދިނުމާއި، އެންޓިޓޯޗަރ ޤާނޫނަށް އަހުލުވެރިކުރުވުމާއި، ކުޅުދުއްފުށި ސިޓީގެ ސަރަހައްދެއްގައި ކޮމިޝަންގެ އިންފޯމޭޝަން ޑެސްކެއް ބަހައްޓައި އިންސާނީ ޙައްޤުތަކާ ގުޅޭ އެކިއެކި މަޢުލޫމާތުދިނުން ހިމެނޭކަމަށް އެޗްއާރުސީއެމްއިން މަޢުލޫމާތު ދެއްވަ އެވެ.
ކޮމިޝަނުގެ މެންބަރުން ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރުން pic.twitter.com/7g1ZEmSEJz
— HRC of the Maldives (@hrcmv) September 7, 2021
މި ޕްރޮގްރާމްގެ މަޤްސަދަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކުރުން ކަމުގައި ހާމަކޮށްފައިވެއެވެ.
މިގޮތުން އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާޢީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!