ށ. ފޯކައިދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އެ އިންޖީނުގެއާއި އޮފީސް ބައްލަވާލެއްވީ ށ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ޒިޔާރަތް ކުރައްވައެވެ. އެމަނިކުފާނާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވެސް މި އިމާރާތަށް ޒިޔާރަތް ކުރެއްވިއެވެ.

Ad
rt

ރައީސްގެ ޒިޔާތަރުގައި އެމަނިކުފާނު ވަނީ އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ ހަތަރު ރަށަކާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތް ކުރައްވައެވެ. އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ ށ. އަތޮޅު ފުނަދޫ އަދި ޅައިމަގަށް ވެސް ވަޑައިގެންފައެވެ.