އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ބުނެފިއެވެ.
އެ ސާވިސްއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ހަވީރު، މާލެ ސަރަހައްދުން، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ބަލިވެ އިންކަން އެ ސާވިސް އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން
ދަށުގެ ކުއްޖެއްކަމަށް އެ ސާވިސަސްއިން ބުނެއެވެ.
"މި ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް މި ސަރވިސްއިން ދަނީ ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ދެކުދިންގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަން ދަންނަވަމެވެ." ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ބަޔާނުގައި ބުނެފަވެއެވެ.
މިކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ސާވިސްގެ އިޖްތިމާޢީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މި މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމަށްވާތީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް
އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަނުކުރުމަށް އެ ސާވިސަސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!