ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އޭޕްރަން އަދި ފަޔާ ޕެޑް އާއި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިންމާލާފައި ވާކަމަށެވެ.
އަދި އެއާޕޯޓް ފަޔާ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ނިމިފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ އެެއާޕޯޓުގެ ޓާމިނަލް ބިލްޑިންގްގެ ކޮލަމް މަސައްކަތެވެ.
ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.
We have completed the sub-base and subgrade works of airport runway, taxi way, apron, fire pad and fire road of Gdh. Faresmathoda Airport Development Project. Currently terminal building column works are ongoing. The project is valued at MVR 144.88 million. #MTCCProjects pic.twitter.com/3kVkk93mCu
— MTCC Plc (@MTCCPlc) September 9, 2021
މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!