މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,425 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1547 ވަނަ ޞަފްޙާ

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހައްގު މިންވަރު ދިނުމަށް ފިނޭ ކައުންސިލުން ގޮވާލައިފި

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހައްގު މިންވަރު ދިނުމަށް ފިނޭ ކައުންސިލުން ގޮވާލައިފި

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސަވައިދެއްވުމަށް ހދ. ފިނޭ ކައުންސިލުން ގޮވާލައިފިއެވެ. ފިނޭ ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށް މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އެ ކައުންސިލް އުފެދުނުއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، އެ ކައުންސިލުގައި މަސައްކަތްކުރަން ތިބީ ސިވިލް ސަރވިސްގެ އެންމެ 5 މުވައްޒަފުން ކަމަށެވެ. 2011 ގައި ސިވިލް ސަރވިސް ކޮމިޝަނުން ފާސްކ...

އަލީ އާދިލް
އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އއެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 284 މީޓަރުގެ […]

އަޙްމަދު ވަހީދު
ލަ ޕާލްމާގައި އަލިފާން ފަރުބަދަ ގޮވައި ފެތުރުނު އަލިފާނުން ކަނޑުގައި 550 ޔާޑުގެ ޕިރަމިޑެއް އުފެދިއްޖެ

ލަ ޕާލްމާގައި އަލިފާން ފަރުބަދަ ގޮވައި ފެތުރުނު އަލިފާނުން ކަނޑުގައި 550 ޔާޑުގެ ޕިރަމިޑެއް އުފެދިއްޖެ

ކެނެރީ އައިލޭންޑްސްގެ ލަ ޕާލްމާގެ އަލިފާން ފަރުބަދައެއް ގޮވައި، ފެތުރުނު ދިޔާ އަލިފާންގަނޑު ކޯރެއްހެން ކަނޑުގައި ފެތުރި 550 ޔާޑުގެ ޕިރަމިޑެއް އުފެދިއްޖެއެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ދިޔާވި އަލިފާންތައް ކޯރެއްހެން ލަ ޕާލްމާގެ ތެރެއިން ކަނޑަށް ފެތުރި ވަނީ ގަލަށްވެފައެވެ. ސެޕްޓެމްބަރުމަހުގެ މެދު ތެރޭގައި ކުމްބްރެވީޖާ އަލިފާން ފަރުބަދަ ގޮވައި ލަ ޕާލްމާގެ މީހުން ދިރިއުޅޭ ހިސާބުތަކަށް އަލިފާންގަނޑުގެ ދިޔަ ފެތުރި 1،074 އަށްވުރެ ގިނަ އިމާރާތަކަށް ވަނީ ގެއްލުންލިބިފައެވެ. މި އަލިފާންގަނޑު ކ...

އަޒްފާ ރަޝީދު
ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް މެޑްރިޑް އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޕަނިޔޯލް އަތުން ބަލިވެ އެ ޓީމް މި ސީޒަންގެ ލީގުގައި ބަލިނުވެ އޮތްއޮތުމަށް ނިމުން އަތުވެއްޖެއެވެ. މި މެޗު އެސްޕަނިޔޯލް އިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑުޖަހާފައު ވަނީ އެސްޕަނިޔޯލުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޑްރީ އެމްބާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

އިބްރާހިމް ޚަލީލް
ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި

ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދަށުން ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑް ފެރީ ޓެސްޓު ކޮށްފިއެވެ. ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބެލީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ގުޅިގެން މިހާރު ދަނީ […]

އަޙްމަދު ވަހީދު
ގައުމީ ފަތުރުވެރިކަމުގެ ދުވަހަކަށް އޮކްޓޯބަރު 3 ކަނޑައަޅައިފި

ގައުމީ ފަތުރުވެރިކަމުގެ ދުވަހަކަށް އޮކްޓޯބަރު 3 ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކޯބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައި އިއުލާން ކުރައްވައިފިއެވެ. އެމަނިކުފާން މިކަން އިއުލާނުކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އޮކްޓޯބަރު 3 ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ އެއީ ރާއްޖޭގައި ފުރަތަމަ ރިޒޯޓް، ކުރުނބާ ވިލެޖް ހުޅ...

އަޙްމަދު ވަހީދު
ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ނަމަވެސް މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ސިޓީންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު މުޙައްމަދު […]

އިބްރާހިމް ޚަލީލް
ރެން އިން ޕީއެސްޖީ ބަލިކޮށްފި

ރެން އިން ޕީއެސްޖީ ބަލިކޮށްފި

ފްރާންސް ލީގުގައި އާދީއްތަ ދުވަހު ހަވީރު ޕީއެސްޖީއާއި ރެން ބައްދަލުކުރި މެޗު ރެން އިން ކާމިޔާބު ކޮށްފިއެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީގެ މައްޗަށް ރެން އިން ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި ނޭމާގެ އިތުރުން އެމްބާޕޭ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މި މެޗުގައި އެ ޓީމުން ޕޮޒިޝަން ހިފެހެއްޓި ނަމަވެސް ރެންގެ ގޯލާއި އަމާޒުކޮށް އެ ޓީމަށް އެންމެ ހަމަލާއެއް ވެސް […]

އިބްރާހިމް ޚަލީލް
ހިޔާ ފްލެޓުތަކުގުން ކުނި ނަގަން 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފި

ހިޔާ ފްލެޓުތަކުގުން ކުނި ނަގަން 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފި

ކުނިވާ ޒާތުގެ ކުނި އެޅުމަށް ހިޔާ ފްލެޓުތަކުގެ 6 ސަރަހައްދެއްގައި ވެމްކޯ އާއި އެޗްޑީސީ ގުޅިގެން ޑަސްޓްބިން ބަހައްޓައިފިއެވެ. އެޗްޑީސީން ބުނީ “ހިޔާ” ގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ ތެރެއިން މިހާރު މީހުން އުޅެމުން އަންނަ ފްލެޓްތަކުގައި އުފެދޭ ކުނި ވެމްކޯއަށް އުކާލެވޭނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންވެ ވެމްކޯ އިން އެ މަސައްކަތް ފަށަންދެން ކުނި އުކާލުމަށް ފްލެޓްތައް ސަރަހައްދުގައި ހަ ޑަސްޓްބިނެއް ބަހައްޓާފައި ހުރިއިރު އެ ފްލެޓަކާ […]

އަޙްމަދު ވަހީދު
އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް

އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް

އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ތެރެއަށާއި، އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. “އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މިހާތަަނަށް ބެލި ބެލުމުން އިނގިފައިވޭ” ފުލުހުން ވިދާޅުވިއެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަ...

ޔުމްނާ ޢަލީ
ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް

ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...

އަޙްމަދު ވަހީދު
އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...

އިބްރާހިމް ޚަލީލް
ކޮމަންވެލްތް ގޭމްސްގެ ދަންމަރު ރާއްޖެ ގެންނަނީ

ކޮމަންވެލްތް ގޭމްސްގެ ދަންމަރު ރާއްޖެ ގެންނަނީ

ބާމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ކުއީންސް ބެޓަން) މި ފެށޭ އާ އަހަރުގެ ފުރަތަމަ ދުވަސް ހޭދަކުރާނީ ރާއްޖޭގައިކަމަށް ބާމިންގހަމް ކޮމަންވެލްތް ގޭމްސް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ. އަންނަ 2022 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު، 90،000 މޭލުގެ ދަތުރެއް މުޅި ދުނިޔެ ވަށައި ޖެހުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިނގިރޭސި ރާނީގެ ގަނޑުވަރު “ބަކިންގހަމް ޕެލަސް”އިން ފެށިގެން ކޮމަންވެލްތްގެ 72 ޤައުމެއްގައި ދަންމަރު ހިފައިގެން ދަތ...

އަޒްފާ ރަޝީދު
ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޓަސް އިން ސައިކަލެއް

ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޓަސް އިން ސައިކަލެއް

ދަރިފުޅު ކޮނޑަށް ލައިގެން ދަނިކޮށް ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަ މަންމަ، ވަސީމާ މޫސާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް ހަދިޔާ ކޮށްފިއެވެ. މިދިޔަ ހަފުތާގައި އާއްމުވި މި ވީޑިއޯއިން ފެންނަނީ ވަސީމާ އޭނާގެ ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ހިޔާ ފްލެޓުތަކާ ހިސާބަށް ހިނގާފައި ގެންދާ މަންޒަރެވެ. މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ. ވަސީމާ އަށް […]

އަޙްމަދު ވަހީދު
އޭޑީކޭގައި ހުމާއި ރޯގާ ޖެހޭ މީހުން ހާއްސަ އޯޕީޑީއެއް

އޭޑީކޭގައި ހުމާއި ރޯގާ ޖެހޭ މީހުން ހާއްސަ އޯޕީޑީއެއް

ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ އޯ.ޕީ.ޑީ އެއް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކޮށްފިއެވެ. މިއަލާމާތްތައް ފެންނަ ފަރާތްތަކުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމުގައި މި ޖެނެރަލް އޯ.ޕީ.ޑީ ބޭނުން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ޖެނެރަލް އޯ.ޕީ.ޑީގެ ޙިދުމަތް ލިބޭނީ އެޑީކޭ ހެލްތް ސެންޓަރު ބިލްޑިންގއިންކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އޯ.ޕީ.ޑީގެ ޙިދުމަތް ދެމުންދާނ...

އަޒްފާ ރަޝީދު
ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް

ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް

ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ. މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި...

ޔުމްނާ ޢަލީ
ހިޔާ ފްލެޓަށް ޚާއްސަ: މުއްޓާއި ކެމިކަލް ސިމެންތި "ޑޭނައިޓް ހާޑްވެއާ" އިން ހެޔޮއަގުގައި، ޑެލިވެރީ ހިލޭ!

ހިޔާ ފްލެޓަށް ޚާއްސަ: މުއްޓާއި ކެމިކަލް ސިމެންތި "ޑޭނައިޓް ހާޑްވެއާ" އިން ހެޔޮއަގުގައި، ޑެލިވެރީ ހިލޭ!

ހިޔާފްލެޓްތަކުގައި ތަށިމުށި ޖަހަން ބޭނުންވާ ފަރާތްތަކަށް، މުއްޓާއި ކެމިކަލް ސިމެންތި ޑޭނައިޓް ހާޑްވެއާއިން ހެޔޮއަގުގައި ފޯރުކޮށްދޭން ފަށައިފިއެވެ. ޑޭނައިޓް ހާޑްވެއާއިން ވިއްކާ މުށްޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ސެންފޯޑް ބްރޭންޑުގެ މުށްޓެވެ. މި މުށި ޖަހާފައި ހުންނައިރު އެ ތަނެއްގެ ރީތިކަން އެތައް ގުނައެއް ފުރިހަމަކޮށްދޭނެއެވެ. ޑޭނައިޓް ހާޑްވެއާއި ހަތަރު ކުލައެއްގެ މުށި ލިބެން ހުންނާނެއެވެ. އެއީ އިޓާލިއާ ބިއާންކޯ އާއި ރަސްޓިކޯ ބެއިޖް އާއި ކޮންކްރީޓް އޭޝް އަދި ސްޓޯނިކް ކް...

އަޙްމަދު ވަހީދު