މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,425 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1545 ވަނަ ޞަފްޙާ

ޤައުމީ އިނާމް ދިނުމުގެ ރަސްމިއްޔާތު މިރޭ، ރައީސް ޤައުމާ މުޚާޠަބު ކުރައްވާނެ

ޤައުމީ އިނާމް ދިނުމުގެ ރަސްމިއްޔާތު މިރޭ، ރައީސް ޤައުމާ މުޚާޠަބު ކުރައްވާނެ

ޤައުމީ އިނާމް ދިނުމުގެ ރަސްމިއްޔާތު މި ރޭ އޮންނާނެ ކަމަށާއި، އެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެ ރައީސް އޮފީހުން ހާމަކޮށްފިއެވެ. ޤައުމީދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނީ މި ރޭ 8:45ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ރައީސް ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާގޮތައް ހަމަޖެހިފައިވާއިރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން ވެސް އެ ރަސްމިއްޔާތުގައި އޮންނާނެއެވެ. މިއަހަރު ޝަރަފު...

އަޒްފާ ރަޝީދު
އިހަވަންދޫ އިމަގުން މުޖުތަމައުގައި ޤާނޫނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތެއް ފަށައިފި

އިހަވަންދޫ އިމަގުން މުޖުތަމައުގައި ޤާނޫނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތެއް ފަށައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިސްނަގައިގެން ރާއްޖޭގައި ހިންގާ ތިން ލޯފާމަކާއި ގުޅިގެން މުޖުތަމަޢުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް “އިމަގު އުންސިލަ” ނަމުގައި ހަރަކާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ހަރަކާތަކީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކަށް މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމާއި އިހަވަންދޫގެ މުޖުތަމައުގައި ތިބި ކޮންމެހެން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަކި ދާއިރާތަކަކުން ޤާނޫނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ޤާނޫނީ ކަންކަމުގައި ރައްޔިތުންނަށް...

އިބްރާހިމް ޚަލީލް
މިނިމަމް ވޭޖަކަށް 5،700ރ. ކަނޑައަޅަން ހުށަހަޅައިފި

މިނިމަމް ވޭޖަކަށް 5،700ރ. ކަނޑައަޅަން ހުށަހަޅައިފި

ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރަ ނުވަތަ މިނިމަމް ވޭޖުގެގޮތުގައި މަހަކު 5،700ރ. ދޭން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް ހުށަހަޅައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިމަމް ވޭޖު ބޯޑުގެ ނިންމުން އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. “ތިލަދުން”އަށް އެނގިފައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުން ރޭ ނިންމީ ސިވިލް ސާވިސް މުޗައްޒަފުންގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކޮށްގެން މަހަކު 7،000ރ. ކަމަށެވެ. އަދި ކުދި […]

އަޙްމަދު ވަހީދު
އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު، ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ފޮރިން މިނިސްޓްރީ ބައެއް އިސްވެރިންނެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް،...

ޔުމްނާ ޢަލީ
މޭވާއާއި ތަރުކާރީ ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ދަނީ

މޭވާއާއި ތަރުކާރީ ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ދަނީ

މޭވާއާއި ތަރުކާރީ ހިފައިގެން ރާއްޖެއަށް ދަތުރު ކުރަމުންދާ ބޯޓެއް އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަޑިއަށް ދަނީ އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ “އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ” ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެ […...

ޝިއުނާ އާދަމް
އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި

އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޒަރުންނަށް އެސްޓީއޯ އިން ހަދިޔާ ބަހައިފިއެވެ. އެ ކުންފުނިން ހަދިޔާ ބަހާފައިވަނީ ޓީޗަރުންގެ ދުވަހާ ގުުޅުވއިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ 16 ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ކޮންމެ ޓީޗަރަކަށް 250ރ. ގެ ވައުޗަރަކާއި މާބޮނޑިއެއް ވަނީ ދީފައެވެ. މި ވައުޗާ ބޭނުންކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެއެވެ. https://twitter.com/stoplc/status/1445317617045028872?s=20 ހުޅުމާލެ ރެހެންދި ސްކޫލްގެ ޓީޗަރުންނާ ހަދިޔާ ހަވާލ...

އަޙްމަދު ވަހީދު
ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. މި އެއްބަސްވުމުގެ ދަށުން ކުމުންދޫ ބަނދަރު ފުންކުރުމާއި ނެރު ފުން ކުރުމާއި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި ރިވެޓްމަންޓު...

އަޙްމަދު ވަހީދު
ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ނިންމައިފި

ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދިނުމަށް އެދިއެވެ. ނަމަވެސް ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓުތަކަށް ދީފައިވާ އިހްތިޔާރެއް ކަމަށާއި، އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ސްޕްރީމް ކޯޓުން މިއަދު އިއްވި އަމުރ...

އަޒްފާ ރަޝީދު
"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ދިން ހުއްދަ ބާޠިލް ކޮށްފި

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ދިން ހުއްދަ ބާޠިލް ކޮށްފި

“އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” އުފެއްދުމަށް ދިން ހުއްދަ ބާޠިލް ކޮށްފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުޙައްމަދު އިސްމާއިލަށް 3 އޮކްޓޯބަރ 2021 ގައި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާކަމަށެވެ. ހުއްދަ ބާތިލުކުރި ވަކި ސަބަބެއް އީސީއީން ހާމަކޮށްފަ އެއް ނުވެއެވެ. މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ “ކަރިޝްމާ ޕާޓީ”ގެ ނަމުގައެވެ. ނަން ބަދަލުކޮށް […]

އިބްރާހިމް އަސްވާޤް
ޅެން: އެދުރުންނަކީ.... "އަކުރާއި ފިލި ބުނެދިން ބައެއް، ތަކުރާރުކޮށް ބުނެދޭ ބައެއް"

ޅެން: އެދުރުންނަކީ.... "އަކުރާއި ފިލި ބުނެދިން ބައެއް، ތަކުރާރުކޮށް ބުނެދޭ ބައެއް"

އެދުރުންނަކީ އަގުހުރި ބައެއް ޚިދުމަތްތަކެއް ގިނަ ކުޅަ ބައެއް ތެދުވެރިވެ އިޚުލާޞްތެރި ބައެއް ޢަޒުމެއްގެވެރި ކެތްތެރި ބައެއް ފަތިހާ ނިކަން ތެދުވާ ބައެއް އިތުބާރު ވެސް ކުރެވޭ ބައެއް ދަތި ޙާލަތަށް ރުހިތިބި ބައެއް ހިތުގައި ރަހުމުވެސްހުރި ބައެއް ތަރުބިއްޔަތަށް ފައްކާ ބައެއް ކަރުވާ ހިޔަށް ނުގުޑާ ބައެއް ތަރުތީބުކޮށް ކަންކުރި ބައެއް ވަރުބަލިވިޔަސް ނުބުނާ ބައެއް ޤައުމަށް ވަފާތެރިވާ ބައެއް ފައުނަށް ވިޔަސް ނުވިކޭ ބައެއް ދައުރަށް ވަރަށް ތެދުވެރި ބައެއް ނިއުޅުން ނުވާ އެއްއުޅި […]

އަޙްމަދު މުނައްވަރު
އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްއަކަށް ޑރ. އަނާރާ

އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްއަކަށް ޑރ. އަނާރާ

ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސްއަކަށް ޑރ. އަނާރާ އިންތިޚާބު ވެއްޖެއެވެ. ރޭ އޮތް އެ ޖަމިއްޔާގެ ހިންގާ ކޮމެތީގެ އިންތިޚާބުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ބާ ކައުންސިލްގެ މެންބަރުކަން ވެސް ކުރަށްވަމުން ގެންދަވާ އަނާރާ އިންތިޚާބުވީ އެ ޖަމިއްޔާގެ ވައިސް ޕްރެޒިޑެންޓް ޖެންޑާ އެންޑް ސޯސަލް އެފެއާޒްގެެ […]

ޙުސައިން ޝަހުދީ
ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި

ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި

ސްޓެލްކޯއިން އިލެކްޓްރިކް ކާރު އެސެމްބަލް ކޮށް ވިއްކަން ނިންމައިފިއެވެ. ސްޓެލްކޯއިން މިކަން އިއުލާން ކުރީ އެ ކުންފުނީގެ “ސްޓެވޯ” ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ކާރު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ މިއީ ތިމ...

އަޙްމަދު ވަހީދު
މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި

މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހއ. މޮޅަދޫ އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓެއް ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ކުރިން ކުރި އިއުލާނެއް އެދެވޭ ތަރުހީބެއް ނުލިބުމުން ނީލަން ފެށޭއަގު ކުޑަކޮށް އަލުން އެ ބޯޓު ވިއްކާލުމަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް މޮޅަދޫ އެކައުންސިލުން ބުނެއެވެ. މީގެ ކުރިން ނީލަމުގައި […]

އަޙްމަދު އަރުޝަމް
ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ ކައުންސިލްގެ ހަތަރު ވަނަ “އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް 2021” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ކައުންސިލުން ދޫކުރާ މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި "ﷲ އަށް ޓަކައި މިސްކިތެއް" ބިނާކުރުމުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތެއް

ނޮޅިވަރަންފަރުގައި "ﷲ އަށް ޓަކައި މިސްކިތެއް" ބިނާކުރުމުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތެއް

މާތް ﷲ އަށް ޓަކާއި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާވެސް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ. މީގެ ކުރިންވެސް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށު ސިއްޙީ މަރުކަޒުގެ ދެކުނު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެރަށު ކައުންސިލުން ވިދާޅުވީ އެ ރަށުގައި މީހުން އަލަށް އާބާދުވެފައިވާ ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިސްކިތެއް ބިނާކުރުމަށް ބޭނުންވާވަރަށް ފައިސާ އެ ކައުންސ...

އަޙްމަދު އަރުޝަމް
މުދައްރިސުން ކުރާ މަސައްކަތަކީ މުދަލާއި ފައިސާއިން ވަޒަން ނުކުރެވޭނެ އަގު މާތް ޖިހާދެއް: ރައީސް

މުދައްރިސުން ކުރާ މަސައްކަތަކީ މުދަލާއި ފައިސާއިން ވަޒަން ނުކުރެވޭނެ އަގު މާތް ޖިހާދެއް: ރައީސް

ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ މުދަލާއި ފ...

ޝިއުނާ އާދަމް
ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ

ސްޓެލްކޯ އިން “ސްޓެވޯ”ގެ ނަމުގަައި ވޯކްޝޮޕެއް ހުޅުވައިފިއެވެ. ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. މި ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. އަދި، ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވި ވޮރެންޓީވެސް ލިބޭނެއެވެ. މީގެ އިތު...

އަޙްމަދު ވަހީދު
ދުނިޔޭގެ ބައެއް ލީޑަރުންގެ ސިއްރު ޑީލްތަކާއި، މާލިއްޔަތުގެ ހަގީގަތްތަކެއް ލީކްކޮށްލައިފި

ދުނިޔޭގެ ބައެއް ލީޑަރުންގެ ސިއްރު ޑީލްތަކާއި، މާލިއްޔަތުގެ ހަގީގަތްތަކެއް ލީކްކޮށްލައިފި

ދުނިޔޭގެ ބައެއް ލީޑަރުންގެ ފޮރުވިފައިވާ މާލިއްޔަތުގެ ހަޤީގަތާއި އެމީހުން ކޮށްފައިވާ ޑީލްތަކެއް ލީކުކޮށްލައިފިއެވެ. މިގޮތުން ޕެންޑޯރާ ޕޭޕާސް ތަކެއް ލީކުވެ، ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ބިލިއަނަރުންގެ އިތުރުން ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ މާލިއްޔަތާއި އެމީހުން ހިންގާފައިވާ ޖަރީމާތައް ހިމެނޭ ޑޮކިއުމަންޓްތަކެއް ވަނީ ލީކުވެފައެވެ. މި ޕެންޑޯރާ ޕޭޕަރުތަކުން 35 ލީޑަރަކާއި، ކުރީގެ ބައެއް ލީޑަރުންގެ އިތުރުން 300 އަށްވުރެ ގިނަ ޕަބްލިކް އޮފިސަރުންގެ ފައިލްތަކެއްވަނީ ލީކްވެފައެވެ. މީގެ ތެ...

އަޒްފާ ރަޝީދު