ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ.

Ad
rt

މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި އަބާޔާ ހެދުމާއި އާދައިގެ ހެދުމާއި ޔުނިފޯމް ފަހަން ދަސްކޮށްދޭނެ ކަމަށް އެ ކޮމެޓީން ބުނެއެވެ. އަދި ކޯހުގެ ބައިވެރިން ފަހަން ދަސްކުރަން ބޭނުންވާ ތަކެތި ފަހާނެގޮތްތައް ވެސް ކިޔައިދޭނެ ކަމަށް އެ ކޮމެޓީން ބުނެއެވެ.

1 މަސް ދުވަހަށް ހިންގަން ނިންމާފައިވާ މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން 15 ބައިވެރިން ލިބޭނަމައެވެ. އަދި ކޯހުގައި ބައިވެރިވެރި ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ކަނބަލުންނަށް ކަމަށާއި، އެ ކަނަބަލުންނަކީ ފިއްލަދޫއަށް ނިސްބަތްވާ ކަނަބަލުންނަށް ނުވަތަ އެރަށުގައި ދިރިއުޅޭ ކަނބަލުންނަށް ވާންޖެހޭނެ ކަމަށް ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެއެވެ.

މި ކޯހުގެ ފީއަކީ 2000 ރުފިޔާއެވެ. ކޯހުގެ ބައިވެރިން ކޯހުގައި ބޭނުންކުރާނެ ފޮތި ފޯރުކޮށްދޭނީ ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންނެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، މާދަމާ މެންދަރު 14:00ގެ ކުރިން ނަން ނޯޓު ކުރަންޖެހެއެވެ. މިގޮތުން 9772526، 7684529، 7878505، 7553413، 7740893، 7835340، 7564417 ގުޅުމުން ނަންނޯޓު ކުރެވޭނެ ކަމަށް ފިއްލަދޫ ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނެއެވެ.