މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,425 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1548 ވަނަ ޞަފްޙާ

ފަރެސްމާތޮޑާ އެއާޕޯޓު އޭބީސީ ފަށަލަ އަޅަން ތަކެތި ގެންގޮސްފި

ފަރެސްމާތޮޑާ އެއާޕޯޓު އޭބީސީ ފަށަލަ އަޅަން ތަކެތި ގެންގޮސްފި

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި

ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ” އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް […]

ޙުސައިން ޝަހުދީ
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ސޯބެ

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ސޯބެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤު (ސޯބެ) މިއަދު ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލުކުރައްވާފައެވެ. ‎ސޯބެ ވަނީ އޮސް...

ޙުސައިން ޝަހުދީ
ކޯވިޑް-19 އިން ދިފާއުވުމަށް މާކްގެ ބޭހުން އިތުރު އުންމީދެއް

ކޯވިޑް-19 އިން ދިފާއުވުމަށް މާކްގެ ބޭހުން އިތުރު އުންމީދެއް

މާކް އެން ކޯ (އެމް.އާރް.އެން.ކޯ)އިން އުފައްދާފައިވާ ބޭހުގެ ސަބަބުން ކޯވިޑް-19 ގައި މަރުވާ މީހުންނާއި ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންނަށް ބަލިން ރަގަޅުވުމަށް އޮތް ފުރުސަތު ބޮޑުވެ އައު އުންމީދެއް ލިބިއްޖެއެވެ. މިގޮތުން އެކުންފުނިން އުފައްދާފައިވާ އެމޮލްނުޕިރާވިރް ބޭހަށް ހުއްދަ ލިބިއްޖެ ނަމަ، ކޯވިޑް ބަލިން ދިފާއުވުމަށް ބޭނުން ކުރެވޭނެ އެންމެ ފުރަތަމަ ބޭހަށް މިބޭސްވެގެންދާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މޮލްނުޕިރާވަރު ބޭސް މިހާތަނަށް ތަޙުލީލް މަރުހަލާގައި އިންސާނުންނާއި ޖަނަވާރުންނަށ...

އަޒްފާ ރަޝީދު
"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ދީފި

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ދީފި

“އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ “ކަރިޝްމާ ޕާޓީ”ގެ ނަމުގައެވެ. […]

އަލީ އާދިލް
ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް

ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް

ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރު...

ޙުސައިން ޝަހުދީ
އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް

އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް

އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ މި ބިން ހެލުން ރެކޯޑް ކުރެވިފައި ވަނީ މިރޭ މެންދަމު 01:43 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ މިޑް އިންޑިއަން ރިޖު ސަރަހައްދަށް، 10 ކިލޯ މީޓަރު ފުނުންނެވެ. މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ […]

ތިލަދުން
ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި

ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި

ކޯވިޑް-19ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފްރަންޓްލައިން އެލަވަންސް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދޫކޮށްފަ ވެއެވެ. އެ ފަރާތްތަކަށް ޖުމްލަ 177.3 މިލިއަން ރުފިޔާ ދޫކޮށްފަވެއެވެ. ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާއެވެ. އެ ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަ...

ޔުމްނާ ޢަލީ
ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ނިންމާފައިވާ ނިންމުމުގެ ދަށުން ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިރޭ ހުޅުވާލައިފި އެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ދިފާޢުވުމަށްޓަކައި 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ ތެރެއިން ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ބޫސްޓާ ޑޯޒްއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށް...

އަޒްފާ ރަޝީދު
ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި

ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި އެވެ. ނައިވާދޫގައި ދިރިއުޅޭ ސްކޫލް ކުދިންްނަށް ހާއްސަކޮށް ފަށާފައިވާ މި އެކަޑަމީ އަލަށް އިފްތިތާހުކުރުމާއި އެކު އެކަޑަމީގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ފުޓްބޯޅަކުޅޭ ޖާޒީ އާއި، ބޫޓު އަދި އިސްޓާކީނު ހަދިޔާކޮށްފައެވެ. ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޓްރެއިނާސް ކްލަބް ރަޖިސްޓްރީކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެކުލަބުގެ މި އެކަޑަމީގައި 6 ކޯޗުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗުކަން ކޮށްދިނުމަށް...

އަލީ އާދިލް
އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި

އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ. މިގޮތުން އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ. އެމްއާރުއެމްގެ ނައިބު ރައީސުންނަށް...

ޔުމްނާ ޢަލީ
އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މި މަހުގެ 21ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން ހަފުތާއަކުނ 3 ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ. އޮްސްޓްރިއަން އިން ރާއްޖެއަށް ދަތުރު ފަށަނީ އެ ގައުމުގެ ފިނިމޫސުމާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީހޭދަ ކުރަން ބޭނުންވާތީއެވެ. ރާއްޖެއަކީ ހޫނު ގައުމަކަށްވެފައި މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފަތުރުވެރިންވެސް އަންނަ ދުވަސްވަރެކެވެ...

އަޙްމަދު ވަހީދު
2 ކެންވަސް ކުރެހުމަށް ދިނީ 84،000 ޑޮލަރު، އެކަމަކު ފޮނުވީ ހުސް ދެ ކެންވަސް!

2 ކެންވަސް ކުރެހުމަށް ދިނީ 84،000 ޑޮލަރު، އެކަމަކު ފޮނުވީ ހުސް ދެ ކެންވަސް!

ޑެންމާކުގެ ކުރެހުންތެރިއަކު 2 ކެންވަސް ކުރެހުމުގެ އަގެއްގެ ގޮތުގައި 84،000 އެމެރިކާ ޑޮލަރު ނެގުމަށްފަހު، ކުރެހުމުގެ ބަދަލުގައި ހުސް ދެ ކެންވަސް މިއުޒިއަމްއަށް ފޮނުވައިފިއެވެ. ޑެންމާކުގެ މަޝްޙޫރު ކުރެހުންތެރިޔާ ޖެންސް ހާނިންގ މިއުޒިއަމްއަށް ފޮނުވި ދެ ކެންވަސްއާއި އެކު އޭނާ ވަނީ މިއުޒިއަމްއަށް ނޯޓެއް ފޮނުވާފައެވެ. މި ނޯޓްގައި ބުނަނީ ” ޓޭކް ދަ މަނީ އެންޑް ރަން” އެވެ. ޑެންމާކްގެ އާލްބޯރގްގައި ހުންނަ ކަންސްޓަން މިއުޒިއަމް އޮފް މޮޑާރން އާރޓްސްއިން ޖެންސްއަށް ފައިސާ ދީފައިވަނީ މޮޑާރން […]

އަޒްފާ ރަޝީދު
އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް […]

ޔުމްނާ ޢަލީ
އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް

އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލް އަޤުވާމީ މުބާރާތެއްގައި ނޭޕާލަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 37 އަހަރުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ޖުމަލް 16 ފަހަރު ބައްދަލު ކޮށްފައިވާއިރު އެ މެޗުތަކުން ނޭޕާލަށް މޮޅެއް ހޯދިފައި ނުވެއެވެ. […]

އިބްރާހިމް ޚަލީލް
ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް ކުރެއްދޫ ރިސޯޓަށް ގެންގޮސްފި

ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް ކުރެއްދޫ ރިސޯޓަށް ގެންގޮސްފި

ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފިއެވެ. ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވުމުން ފަރުވާއަށް އެމީހާ ފުރަތަމަ ގެނެވުނީ މާލޭ ސިޓީގެ އޭޑީކޭ ހޮސްޕިޓަލަށެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފަތުރުވެރިޔާއަކީ ސައުތު އެފްރިކާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. މި މީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ...

ޔުމްނާ ޢަލީ
ޚަލީލްގެ ކޮލަމް: ޔޫސުފު، ޔޫސުބެވެ. މަރިޔަމް މަރިޔަނބެވެ.

ޚަލީލްގެ ކޮލަމް: ޔޫސުފު، ޔޫސުބެވެ. މަރިޔަމް މަރިޔަނބެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބަދަލުވަމުން އަންނަ ގޮތާއިމެދު ވިސްނައި ފިކުރުކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ދިވެހިން އެ މީހުންގެ ދަރިންނަށް ކިޔަމުން އައިސްފައިވާ ނަންތަކުގެ ތެރެއިން އެއް ނަމެއް، އެކި ދުވަސްވަރު ބޭނުުން ކުރެވެމުން އަންނަ ގޮތުގައި ބޮޑެތި ތަފާތުތަކެއްވެއެވެ. އާއިލާާތެރޭ ބޭނުންކުރެވޭ މަންމަ، ބައްޕަ ފަދަ ނަންތަކުން ވެސް މި ތަފާތު ފާހަގަވެއެވެ. އެއީ ދިވެހި ބަހުގެ ތަނަވަސްކަން ކަމުގައި ވެސް ބުނެވިދާނެއެވެ. ނުވަތަ އެކަންކަން ބަދަލު ކުރުުމަށް މަޖުބޫރު ކުރުވަނީ ޒ...

އިބްރާހިމް ޚަލީލް
ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ: ނައިބު ރައީސް

ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ: ނައިބު ރައީސް

ވަރަށް ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ ކަމަށާއި، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި “އެކުވެރި އެމް.ޑަބްލިއު.އެސް.ސީ” ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައ...

އަޒްފާ ރަޝީދު