ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ.
މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ.
މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ.
މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނޑުތަކަކީ ހުރިހާ މޫސުމަކާ ގުޅޭ ހަރުގަނޑުތަކެކެވެ. އަދި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތްތައްވެސް އެ ޕާކުގައި ހުންނާނެއެވެ.
މީގެ އިތުރުން ޕާކު އިތުރަށް ފުރިހަމަ ކުރުމަށް ބެންޗާއި، އުނދޯލި އަދި ޖޯލިފަތި ވަނީ ބަހައްޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!