އިންޑިއާ ކުންފުންޏެއް މެދުވެރިކޮށް މުވައްޒަފުން ހޯދާކަމަށް ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އެމްޓީސީސީ
އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ “ދިޔަރެސް” ނޫހުގައި ޝާއިރު ކުރި ހަބަރަކާ ގުޅިގެންނެވެ. މިއީ އެ ކުންފުނި ބަދުނާމު ވާގޮތަށް ލިޔުނު ހަބަރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ. ދިޔަރެސް ނޫހުން އާއްމު ކޮށްފައިވާ ހަބަރުގައި ބުނެފައިވާ ގޮތުގައ...