މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1523 ވަނަ ޞަފްޙާ

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން “ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ. އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ […]

އައިޝަތު ނަސާޔާ
ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ

ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ

ހއ. ވަށަފަރު، ސޭވް، ހަމްދާ ހަސަންއަކީ ކައިވެނި ހަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ހަމްދާ އުމުރުން ވަރަށް ހަގުއިރު ވެސް މޭކަޕް ކުރުމަށް ވަރަށް ފޯރިހުރެއެވެ. އޭރުވެސް ލިބެން ހުންނަ މަދުސާމާނާއި އެކު އަމިއްލައަށް މޭކަޕްކޮށް އަދި ދައްތަމެން މޭކަޕްކޮށްދީ އުޅެނީ، އެއްވެސް ހާލެއްގައި މޭކަޕް ކޮށްދީގެން އާމްދަނީއެއް ހޯދަން ވިސްނައިގެނެއް ނޫނެވެ. މޭކަޕް ކުރުމަކީ މާބޮޑު ޝަޢުޤެއް ހިތުގައި އޮންނަކަމަކަށް ވުމުން ހިތްހަމަ ޖައްސާލުމަށެވެ. ވިސްނުން...

އިބްރާހިމް ޚަލީލް
ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކުރުމުން މީސްމީޑިއާގައި ޖޯކު ޖަހަނީ

ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކުރުމުން މީސްމީޑިއާގައި ޖޯކު ޖަހަނީ

އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކް ހިންގާ ކުންފުނީގެ ނަން “މެޓަ” އަށް ބަދަލުކޮށް ރިބްރޭންޑް ކުރުމުން މީސް މީޑިއާގައި އެކަމަށް ޖޯކުޖަހައި، މަލާމާތްކޮށްފިއެވެ. ފޭސްބުކް ހިންގާ ކުންފުނީގެ ނަން “މެޓަ”އަށް ބަދަލްކޮށް އެކަން އިޢުލާންކޮށްފައި ވަނީ އެކުންފުނިން ވާޗުއަލްކޮށް ބޭއްވި ކުންފުނީގެ އާންމު ޖަލްސާއެއްގައި ފޭސްބުކް ކުންފުނީގެ ބާނީ މާކް ޒަކަބާގް އެވެ. ކުންފުނީގެ ނަން ބަދަލު ކުރި ނަމަވެސް ފޭސްބުކް އާއި އިންސްޓާގްރާމް، މެސެންޖަރާއި، ވަޓްސްއަޕް، އޮކިއުލަސް އާއި ވޯކްޕްލޭސް...

އަޒްފާ ރަޝީދު
އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި

ހއ. އުތީމު ދޫނިތުނޑި ސަރަހައްދުން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އާސާރީ ކަމަށް ބެލެވޭ ވަޅާ ގުޅޭ ސާވޭއެއް ފަށައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ މި ވަޅާއި ބެހޭގޮތުން ދިރާސާ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖްގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިިވަމުން ދާ ކަމަށެވެ. މި ޓީމްގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެވަޅަކީ އާސާރީ ވަޅެއް ކަމަށް އެބޭފުޅުން އިއްތިފާގުވެ ލައްވާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ވަޅުގެ ފ...

އައިޝަތު ނަސާޔާ
ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ. އިއްޔެ ފައިނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް އިފުތިތާހު ކޮށްދެއްވާފައިވަނީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފް އަދި ފައިނުގެ ކައުންސިލުގެ ރައީސް މޫސާ އުމަރުމަނިކެވެ. އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި ފައިނުގެ ފެނާއި ނ...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި

ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުވައްޒަފުން ވެގެން 67،202 ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިއީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެރަށުގެ އެކިތަންތަނަށް ދޫކޮށްލާފައި ހުރި ޕްލާސްޓިކް ފުޅިއެވެ. މި ފުޅިތައް ރިސައިކަލް ކުރުމަށް ހަވާލުކުރާނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާ އެވެ. މިއީ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ”ގެ ދަށުން އެ ސްކޫލުން މިޒާތުގެ ޕްލާސްޓިކްފުޅި އެއްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބުރުގައި ވަނީ 1.26 ޓަނު ޕްލާސްޓިކް އެއްކޮށްފަ...

ޙުސައިން ޝަހުދީ
އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި

އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި

ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ. މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަން...

އިބްރާހިމް ޚަލީލް
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ތަމުސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މި ގޮތުން އެ މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިޝަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން މިހާރު ހޮވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި އޮޑިޝަންގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ އަތޮޅުގެ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިޝަންގައި […]

ޙުސައިން ޝަހުދީ
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ އާއި އެމްއެމްޕީއާރުސީ އާއި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް […]

އަޙްމަދު ވަހީދު
އުތުރު ކޮރެއާގެ ލީޑަރު ކިމް 20 ކިލޯ ލުއިކޮށްލީ ހަމްދަރުދީ ހޯދަން: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް 20 ކިލޯ ލުއިކޮށްލީ ހަމްދަރުދީ ހޯދަން: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ގައިން ކުއްލިއަކަށް 20 ކިލޯ ލުއިކޮށްލީ އުތުރު ކޮރެއާ ރައްޔިތުންގެ ހަމްދަރުދީ ހޯދުމުގެ އުކުޅެއްގެ ގޮތުންކަމަށް ދެކުނު ކޮރެއާއިން ތުހުމަތު ކޮށްފިއެވެ. މިގޮތުން ދެކުނު ކޮރެއާގެ ފާރަވެރިން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލައި ދިރާސާކޮށްފައެވެ. އެ ވީޑިއޯ އަދި ފޮޓޯތަކުން ކިމް ހިކި ކަމަށް ދައްކާތީ އޭނާގެ ފިޔަވަޅުތައް ވަރަށް ކައިރިން ބަލާ ފާރަވެރިވަމުން އަންނަ ކަަމަށް ދެކުނު ކޮރެއާއިން […]

އަޒްފާ ރަޝީދު
ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...

އަލީ އާދިލް
ނިމުނު ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ނިމުނު ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ތިންވަނަ ކުއާޓާގައު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭ އެސްޓީއޯއިން އާއްމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނިމުނު ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ އިތުރުވީ އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުމުން ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު […]

އަޙްމަދު ވަހީދު
ގައުމީ ރޫހެއްގައި، އެންމެން ގުޅިގެން ކުޅިވަރުތައް ކުޅޭ ތަނަކަށް މާލޭ ސިޓީ ހަދަން ބޭނުން: މޭޔަރު މުޢިއްޒު

ގައުމީ ރޫހެއްގައި، އެންމެން ގުޅިގެން ކުޅިވަރުތައް ކުޅޭ ތަނަކަށް މާލޭ ސިޓީ ހަދަން ބޭނުން: މޭޔަރު މުޢިއްޒު

މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެ، ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ގައުމީ ޓީމުން ކުރި ހިތްވަރު ފާހަގަ ކޮށް ސާބަސް ދެއްވުމުގެ ގޮތުން ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒަމާނުއްސުރެ މާލެ ސިޓިގައި އޮންނަ އަވަށު ފޯރިއާއި ރޫހު ދިރުވުމަށް މާލެ ސިޓީގައި އެކި އެކި ކުޅިވަރު މުބާރާތްތައް […]

އައިޝަތު ނަސާޔާ
ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި

ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި

ހއ. ދިއްދޫގެ ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތަށް ހަދަން އެރަށު ކައުންސިލުން އަންގައިފިއެވެ. އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެން ހޮޅިތައް 28 ނޮވެމްބަރ 2021 ގެ ކުރިން ބިމުގެ އަޑިއަށް ފެން ހިނދޭގޮތަށް ރަނގަޅުކުރުމަށް އަންގާ ކަމަށެވެ، އެ އުސޫލުގެ ދަށުން އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްގެ ތެރެއިންވެސް މަގުމައްޗަށް ހުންނަ ފެންހޮޅިތައް ރަނގަޅު ކުރ...

އައިޝަތު ނަސާޔާ
100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓުން ފަށަނީ

100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓުން ފަށަނީ

ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު”ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މަޝްރޫޢުއެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން ޢިލްމް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒ...

އައިޝަތު ނަސާޔާ
ފަތުރުވެރިކަން ރަނގަޅުވެ، ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ފަތުރުވެރިކަން ރަނގަޅުވެ، ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުމާ ގުޅިގެން ފިޗުން ރާއްޖޭއަށް ދިން ރޭޓިން މަތިކޮށްފިއެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ ރޭޓިން ބީ މައިނަސްއަށް ބަދަލުކޮށްފައެވެ. މިދިޔަ އަހަރު ފިޗުން ދިނީ “ސީސީސީ” ރޭޓިންއެކެވެ. މިއީ ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނެ ދިން ރޭޓިންއެކެވެ. ފިޗުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ހޯދަން ދަތިވިނަމަވެސް މިއަހަރު […]

އަޙްމަދު ވަހީދު
އުރީދޫ ވާކް ގްރޫޕުގެ ހިދުމަތް މިޔުޒިޝަން ޔޫނިއަނަށް

އުރީދޫ ވާކް ގްރޫޕުގެ ހިދުމަތް މިޔުޒިޝަން ޔޫނިއަނަށް

ރާއްޖޭގެ މިއުޒިޝަންސް ޔޫނިއަން (އެމްޔޫއެމް) އަށް “އުރީދޫ ވާކް ގްރޫޕް” ޕެކޭޖްގެ ހިދުމަތް ދޭން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް ގެ މެންބަރުންނަށް “އުރީދޫ ވާކް ގްރޫޕް” ގެ ގިނަ ހިދުމަތްތަކެއް ލިމިޓެއް ނެތި ލިބޭނެއެވެ. މީގެ ތެރޭގައި ހިލޭ ގުޅުމާއި އެސްއެމްއެސް ގެ ހިދުމަތާއި ހަތަރު ޑިޖިޓުން ގުޅަން ބޭނުންކުރާ “ޝޯޓްކޯޑް” ގެ ހިދުމަތާއި “ވާކް ގްރޫޕް” ގެ ބޭރުން ހިލޭ ގުޅޭ ނަންބަރުތަކެއް ހުރުން ފަދަ ހިދުމަތްްތައް ހިމެނެއެވެ. މީގެ އިތުރުން “ވާކް […]

އަޙްމަދު ވަހީދު
މަދަނީ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: އިހަވަންދޫ ރައީސް

މަދަނީ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: އިހަވަންދޫ ރައީސް

މަދަނީ ޖަމިއްޔާތައް ހިންގުމަށް، ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ. ޞަބާޙް މިހެން ވިދާޅުވީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޞަބާޙްގެ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މަދަނީ ޖަމިއްޔާތައް ހިންގުމަށް ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހެއެވެ. އަދި މަދަނީ ޖަމިއްޔާތަކު...

އަޙްމަދު އަރުޝަމް