3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު...