މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1498 ވަނަ ޞަފްޙާ

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރޯވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ “މެސްކޮޓް ގަރާޖް” ގައެވެ. އެ ގަރާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ނިއްވާލާފައެވެ. މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 02:48 ހާއިރުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު [...

ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ވަގުތީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުުކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މަޢުލޫމާތު ދެއްވަ އެވެ. މި މިސްކިތުގައި ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެ...

އަލީ އާދިލް
ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާ ބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  މި އެއްބަސްވުމުގެ ދަށުން ޤިރާތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ޤިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ޤުރުއާނާ ބެހޭ މަރުކަޒާ އެފިލިއޭޓްވެގެން އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކޯސްތައް ހިންގާނެއެވެ. އިލްމު އިންސްޓިޓިއުޓްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުމެވެ....

އަލީ އާދިލް
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ހއ. މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށަްިފިއެވެ. މިއަދު މާރަންދޫގެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފެށުން އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫންއެވެ. މި މަޝްރޫގައި ހިމެނޭ ފެނާއި ނަރުދަމާ […]

އަޙްމަދު ވަހީދު
ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

ހއ. ކެލާ ކަނޑޫ ފަލުން ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ނަގާ އަލުން ކަނޑޫ ގަސްތައް އިންދުމަށްޓަކައި މިހާރު ހުރި ހިކި ކަނޑޫގަސްތައް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ކަނޑޫ ގަސްތައް ވިއްކުމަށް ނިންމާފައިވަނީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ “ކަނޑޫފާތަ...

އައިޝަތު ނަސާޔާ
ލިޔުންތެރިންގެ ޖަމުއްޔާގެ، ޅެން ހެދުމުގެ މުބާރާތް އަލުން ފަށަނީ

ލިޔުންތެރިންގެ ޖަމުއްޔާގެ، ޅެން ހެދުމުގެ މުބާރާތް އަލުން ފަށަނީ

ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމުއްޔާ އިން ކުރިއަށް ގެންދިޔަ ޅެންހެދުމުގެ މުބާރާތް، އަލުން ފެށުމަށް ނިންމައިފި އެވެ. އެ ޖަމުއްޔާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިމުބާރާތް އަލުން ފަށަނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. މި މުބާރާތް އަލުން ފެށިގެން ދާއިރު ކުރީ 2 އަހަރާއި ޚިލާފަށް މިއަހަރު ވަަނަ ތަކަށް ދާ ފަރާތްތަކެއް ލިބިގެންދާ އިނާމު ބޮޑު ވާނެ ކަމަށް އެ ޖަމުއްޔާ އިން ވަނީ […]

އައިޝަތު ނަސާޔާ
އޮމިކްރޯންގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެ

އޮމިކްރޯންގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެއެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ މިއަދު މިކަން ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ދެ ކޭސވެސް ފެނުނީ ކަރްނާޓަކާއިންނެވެ. އޮމިކްރޯން ފެނުނު ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެ ގައުމުން ބުނެއެވެ. ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 24 ގައި ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ. އޮމިކްރޯން […]

އަޙްމަދު ވަހީދު
އިސްރާއީލުގެ ބޮޑުވަޒީރު ރާއްޖޭގައި

އިސްރާއީލުގެ ބޮޑުވަޒީރު ރާއްޖޭގައި

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ އަތުވެއްޖެއެވެ. ނަފްތަލީ ރާއްޖެ އައީ ނުރަސްމީ ދަތުރެއްގައި ރޭގެ ވަގުތެއްގަ އެވެ. އޭނާ އައީ ޗުއްޓީ ހޭދަ ކުރުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އިސްރާއީލުގެ މީޑިއާތަކުގައި ހާމަ ކޮށްފައިވާ ގޮތުގައި ނަފްތަލީ އައީ އާއިލާއާއެކުގައެވެ. އެގޮތުން އޭނާ ފުރަތަމަ ރޭވީ މޮރިޝަސްއަށް ދާން ކަމަށާއި ނަމަވެސް ކޯވިޑުގެ އާ ވެރިއަންޓާއެކު އިސްރާއިލުން އެ ގައުމަށް ދަތުރު ކުރުން މަނާ ކުރުމުން ދަތުރު ރާއްޖެއަށް ދަތުރު ބަދަލު ކުރީ ކަމަށް […]

އަޙްމަދު ވަހީދު
ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ. ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހއ. އަތޮޅު ކައުންސިލް ރައީސް މުސާ ޝަފީގު އާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމް ކުރަން ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެން […]

އަޙްމަދު ވަހީދު
ދިވެހި މުދައްރިސުން ހޯދަން، ހައްލު ހޯދަންޖެހޭ ތިން ޝަކުވާ!

ދިވެހި މުދައްރިސުން ހޯދަން، ހައްލު ހޯދަންޖެހޭ ތިން ޝަކުވާ!

ތައުލީމީ ދާއިރާގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރާ ދިރާސާއާއެކު ޓީޗަރުންގެ މުސާރަތައް ރަނގަޅުކުރަންވީ ގޮތް ދެނެގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ މި ދަނޑިވަޅުގައި، މިކަމާގުޅޭގޮތުން މި މައުލޫގައި ލިޔަން ގަލަން ނަގަން ނުހަނު ބޭނުންވީތީ ކުރިއަށް ދާނީ މުދައްރިސެއްގެ ޝަކުވާއެއް ކޮމާކޯޅީގައި ލިޔެލަމުންނެވެ. “ރަސްމީ ގަޑި ނިމިގެންވެސް ސްކޫލަކުން ނުނިކުމެވޭ. ކޮންމެ ހަފުތާ ބަންދެއްގައި ކޮންމެވެސް އެކްޓިވިޓީއެއް އެބައޮވޭ. މިކުރާ މަސައްކ...

ޝިއުނާ އާދަމް
މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ

މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވާ ހުށައެޅުމަށް ނެއްލައިދޫ ކައުންސިލުން ވަނީ އ...

އައިޝަތު ނަސާޔާ
ބިލްބާއޯ ބަލިކޮށް ރެއާލުން ޕޮއިންޓް ތާވަލުގައި ހަތް ޕޮއިންޓްގެ ލީޑެއް

ބިލްބާއޯ ބަލިކޮށް ރެއާލުން ޕޮއިންޓް ތާވަލުގައި ހަތް ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ އެތުލެޓިކް ބިލްބާއޯއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ބިލްބާއޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. […]

އިބްރާހިމް ޚަލީލް
ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް

ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް

ހދ. ނެއްލައިދޫގެ ބައެއް ފަރާތްތަކުން އެރަށު މަގުތައް މަތީ ޓިނާއި، ވެއްޔާއި ގައު ފަދަ ތަކެތި ބަހައްޓަމުން ދާތީ އެގޮތަށް އެކަން ނުކުރުމަށް ނެއްލައިދޫ ކައުންސިލުން އަންގައިފިއެވެ. އެރަށު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެރަށުގެ މަގުތައް މަތީ ތަކެތި ބަހައްޓަމުންދާ ކަމުގެ ޝަކުވާ އާއްމު ފަރާތްތަކުން ދަނީ އެ ކައުންސިލުންނަށް ހުށައަޅަމުންނެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކުގެ މަގުމަތީގައި ގަލާއި ވެއްޔާއި ޓިނާއި ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާ ކަމަށް އެފަރާތްތ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީ އުތުރު ބަނދަރު ދަތުރުހިޔާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ އުތުރު ބަނދަރު ދަތުރުހިޔާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ތަރައްޤީކޮށްފައިވާ ދަތުރު ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީކައުންސިލްގެ ފަރާތުން އެ ސިޓީގެ އުތުރު ބަނދަރުގައި ތަރައްގީކޮށްފައިވާ މި ދަތުރުހިޔާ ހުޅުވީ، މިއަދު ހެނދުނު 10:00ގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ކައުންސިލް 3 ވަނަ ދައުރުގެ ރައީސް ޢަބްދުލް ލަޠީފް ޙަސަނެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއާއި، ކައުންސިލަރުންނާއި،...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސްފަހަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމާލައިފި

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސްފަހަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމާލައިފި

ހދ.ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން، ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. 28 ނޮވެމްބަރ 2021 ވީ އާދީއްތަ ދުވަހު ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ފަށައިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ނިންމާލާފައި ވަނީ 30 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމުމުގެ ގޮތުން ރޭ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި […]

އިބްރާހިމް ޚަލީލް
މިދިޔަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި، ފަސްމިނެޓަކުން ކުއްޖަކު މަރުވޭ

މިދިޔަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި، ފަސްމިނެޓަކުން ކުއްޖަކު މަރުވޭ

ފާއިތުވި 2020 ވަނަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި ލައްކައަކަށްވުރެއް ގިނަ ކުދިން މަރުވިކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑު (ޔުނިސެފް) އިން ހާމަކޮށްފި އެވެ. އެ ޖަމިއްޔާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިއީ އެޗް.އައި.ވީއަށް މުޅިން އަލަށް ކޮންމެ ދެމިނެޓަކުން ކުއްޖެކެވެ. އަދި ކޮންމެ ފަސް މިނެޓަކުން ކުއްޖެއް މިބަލީގައި މަރުވެފައިވާކަމަށް ދައްކައެވެ. އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެޗް.އައި.ވީ ޖެހިފައިވާ ކުޑަކުދިންނާއި މާ ބަނޑުމީހުންނަށް ކޮވިޑް 19 ގެ ހާލަތުގައ...

އަޒްފާ ރަޝީދު
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބައިވެެރިވެއްޖެއެވެ. މިއަދު އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޑަބްލިްުއެސްސީއާ ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އި...

އަޙްމަދު ވަހީދު
އައިޖީއެމްއެޗް އެޕުން އެޕޮއިންޓްމަންޓް ހެއްދޭނެ

އައިޖީއެމްއެޗް އެޕުން އެޕޮއިންޓްމަންޓް ހެއްދޭނެ

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭ ގޮތް ހަދައިފިއެވެ. އެ އެޕް ޑައުންލޯޑް ކުރުމަށްފަހު އައިޑީ ކާޑު ނަންބަރު ނުވަތަ ޑޮކްޓަރު ދޭ މެޑިކަލް ރެކޯޑުގެ ނަންބަރު ޖަހައިގެން ލޮގިން ކުރެވޭނެއެވެ. ލޮގިން ވުމަށްފަހު އެޕޮއިންޓްމަންޓަށް ހާއްސަ ބައިން އެޕޮއިންޓަމަންޓަށް އެދެވޭނެއެވެ. އަދި ކުރިން ހައްދާފައި ހުރި އެޕޮއިންޓްމަންޓުތައް ވެސް ބަލާލެވޭނެއެވެ. މީގެ އިތުރުން މެޑިކަލް ރެކޯޑާއި ބިލުތަކާއި ރަސީދުތައްވެސް މި އެޕުން ބަލާލެވޭނެއެވެ...

އަޙްމަދު ވަހީދު