ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމުއްޔާ އިން ކުރިއަށް ގެންދިޔަ ޅެންހެދުމުގެ މުބާރާތް، އަލުން ފެށުމަށް ނިންމައިފި އެވެ.

އެ ޖަމުއްޔާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިމުބާރާތް އަލުން ފަށަނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

Ad
rt

މި މުބާރާތް އަލުން ފެށިގެން ދާއިރު ކުރީ 2 އަހަރާއި ޚިލާފަށް މިއަހަރު ވަަނަ ތަކަށް ދާ ފަރާތްތަކެއް ލިބިގެންދާ އިނާމު ބޮޑު ވާނެ ކަމަށް އެ ޖަމުއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން 2022 ވަނަ އަހަރު ބާއްވާ މުބާރާތުން 1 ވަނައަށް ދާ ފަރާތަށް -/3000 ރުފިޔާގެ ފައިސާގެ އިނާމަކާއި ހަނދާނީފިލައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތަށްވެސް ފައިސާގެ އިނާމާއި ސަނަދު ލިބިގެންދާނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދީފައިވާ ސުންގަނޑި އަކީ މިމަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ 10:00 އެވެ. އެ ޖަމުއްޔާ އިން ވިދާޅުވެފައިވާ ގޮތުގައި މި މިބާރާތުގައި ވަނަތަކަށް ދާ ފަރާތްތައް އިއުލާންކޮށް އިނާމު ދިނުން އޮންނާނީ 2022 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ.

"އަހަރުގެ ޅެންވެރިޔާ" ގެ ލަގަބު 2015 ވަނަ ހޯއްދެވީ އަލްފާޟިލް ހަތިފުށީ ޢަބްދުﷲ ޝާކިރެވެ. 2016 ވަނަ އަހަރު އެ ޝަރަފު ލިބިވަޑައިގެންނެވީ އަލްފާޟިލް ފަތުޙުﷲ ޞާލިހަށެވެ.

ލިޔުންތެރިންގެ ގުޅުމުން 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ވަނީ ކޮންމެ އަހަރެއްގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި "ޅެންވެރިޔާ" ގެ ނަމުގައި ފޮތެއް ޝާޢިއު ކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ލިޔުންތެރިކަމާއި އަދަބިއްޔާތުގެ އެކި ކަހަލަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރަވާފައިވާ ކަމަށް އެ ޖަމުއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

މި މުބާރާތުގެ ގަވައިދު: