އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ އަތުވެއްޖެއެވެ.
ނަފްތަލީ ރާއްޖެ އައީ ނުރަސްމީ ދަތުރެއްގައި ރޭގެ ވަގުތެއްގަ އެވެ. އޭނާ އައީ ޗުއްޓީ ހޭދަ ކުރުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އިސްރާއީލުގެ މީޑިއާތަކުގައި ހާމަ ކޮށްފައިވާ ގޮތުގައި ނަފްތަލީ އައީ އާއިލާއާއެކުގައެވެ. އެގޮތުން އޭނާ ފުރަތަމަ ރޭވީ މޮރިޝަސްއަށް ދާން ކަމަށާއި ނަމަވެސް ކޯވިޑުގެ އާ ވެރިއަންޓާއެކު އިސްރާއިލުން އެ ގައުމަށް ދަތުރު ކުރުން މަނާ ކުރުމުން ދަތުރު ރާއްޖެއަށް ދަތުރު ބަދަލު ކުރީ ކަމަށް ވަނީ ބުނެފައެވެ.
އޭނާ ރާއްޖޭގައި ހުރި ރިސޯޓެއް އަދި އެނގިފައެއް ނުވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ބިންތަކަށް ވެރިވާތީ ރާއްޖޭން އޮތީ އެ ގައުމާ ގުޅުން ކަނޑާލާފައެވެ. ނަމަވެސް އެ ގައުމުގެ ފަތުރުވެރިންނަށް އަދިވެސް ރާއްޖެ އޮތީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!